Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑީސަލް އަގު އުފުލުން

މިފްކޯ އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

ތެލުގެ އަގަށް އައި މި ބަދަލާއެކު މަސްވެރިންނަށް ޑީސަލް ލީޓަރެއް ލިބޭނީ 27.24 ރުފިޔާއަށް ކަމަށްވާއިރު، މިއީ މަސްވެރި އާއިލާތަކަށް ލިބޭނެ ބޮޑު ނިކަމެތިކަމެއް ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ވައުދުވެފައި ވަނިކޮށް ގެނައި މި ބަދަލުގެ ސަބަބުން މަސްދޯނިފަހަރުގެ ދަތުރުތައް ހުއްޓިދާނެ ކަމުގެ އިންޒާރު މަސްވެރިން ދޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 13:58
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅެއް

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅެއް | ސޯޝަލް މީޑިއާ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހޯމަ ދުވަހުން ފެށިގެން ވަރަށް ބޮޑަށް އުފުލައިފި އެވެ.

މިފްކޯ އިން ތެލުގެ އަގުތަކަށް ގެނައި މި ބަދަލާއެކު، މަސްވެރިންނަށް ޑީސަލް ލިބޭ އަގު ވަނީ ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ ބޮޑުވެފަ އެވެ.

މިފްކޯ އިން އަގުތަކަށް ގެނައި ބަދަލާއެކު، މަސްކިރާ މަސްވެރިންނަށް ދެން ޑީސަލް ލީޓަރެއް ވިއްކާނީ 27.24 ރުފިޔާ އަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާ އަގު ވަނީ 28.54 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ލިބެމުންދިޔައީ 13.90 ރުފިޔާ އަށެވެ. އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރާ މަސްވެރިންނަށް ލީޓަރެއް 13.72 ރުފިޔާ އަށް ލިބެމުންދިޔަ އިރު، އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 14.43 ރުފިޔާ އަށެވެ.

މި ބަދަލާއެކު މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރަކުން 13.34 ރުފިޔާ ވަނީ ބޮޑުވެފަ އެވެ. އަދި އާންމުންނަށް ވިއްކާ ޑީސަލް ލީޓަރަކުން 14.11 ރުފިޔާ ވަނީ އުފުލިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ތެލުގެ އަގަށް އައި މި ބޮޑު ބަދަލާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޔޫނިއަން އިން ބުނީ ޑީސަލް ލީޓަރެއްގެ އަގު 28 ރުފިޔާ އާ ގާތްކުރާ އަދަދަކަށް އުފުލިފައިވާއިރު، ކަންނެލި ކިލޯއަކަށް 55 ރުފިޔާ ލިބުމަކީ މަސްދޯނިފަހަރުގެ ދަތުރުތައް ހުއްޓި، މަސްވެރި އާއިލާތަކަށް ލިބޭނެ ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އަދި މަސްވެރިކަން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ އެވެ.

މިފްކޯ އިން މީގެ ކުރިން ތެލުގެ އަގު އެންމެ ބޮޑުކުރި އެއް ފަހަރަކީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭރު އަގު ބޮޑުކުރަން ޖެހުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުންނެވެ. އޭރު މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކީ 17.63 ރުފިޔާ އަށެވެ. ނަމަވެސް އޭގެ ފަހުން ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށްވުމުން މިފްކޯ އިން ވެސް އަގުތައް ދަށްކުރި އެވެ.

މިފަހަރު މިފްކޯ އިން ތެލުގެ އަގު ބޮޑުކުރި ސަބަބެއް އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. މި ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މިފްކޯތެލުގެ އަގުމަސްވެރިން-ސަރުކާރުބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026
ތެލުގެ އަގު ބޮޑު ކުރީ ސަރުކާރުގަ ފައިސާ ނެތިގެން އެއީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި: ޝަމްހީދު

ތެލުގެ އަގު ބޮޑު ކުރީ ސަރުކާރުގަ ފައިސާ ނެތިގެން އެއީ ފައިސާ ހޯދާނެ މަގެއްގެ ގޮތުގައި: ޝަމްހީދު

09 މާރިޗު 2026
ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟

ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟

06 މާރިޗު 2026
މަހުގެ ދަށް އަގުގެ ވައުދާ ގުޅޭގޮތުން ސަރުކާރުގެ ރާގު ބަދަލުވެއްޖެ، ވިދާޅުވީ ތެލުގެ އަގުކުޑަވީމާ ޙާސިލުވަނީ އެއްކަމެއް ކަމަށް!

މަހުގެ ދަށް އަގުގެ ވައުދާ ގުޅޭގޮތުން ސަރުކާރުގެ ރާގު ބަދަލުވެއްޖެ، ވިދާޅުވީ ތެލުގެ އަގުކުޑަވީމާ ޙާސިލުވަނީ އެއްކަމެއް ކަމަށް!

04 މާރިޗު 2026
މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު