Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟

6 މާރިޗު 2026 | ހުކުރު 13:50

ރާއްޖޭގައި ތެލުގެ ބޮޑު ސްޓޮކެއް ހުރުމުން އަގު ބޮޑުނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ. ރައީސްގެ ބަހާއި އަމަލު ދިމާނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ހިންގި އަމަލެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ. ތެލުގެ އަގަށް އައި މި ބަދަލާއެކު މުދަލާއި ޚިދުމަތުގެ އަގުތައް އުފުލި، އާންމު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 6 މާރިޗު 2026 | ހުކުރު 13:50
ތެލުގެ އަގު ބޮޑުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިތާ އެންމެ ދެ ދުވަސް ތެރޭގައި، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފަ

ތެލުގެ އަގު ބޮޑުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިތާ އެންމެ ދެ ދުވަސް ތެރޭގައި، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފަ | ރައީސް އޮފީސް

ތެލުގެ އަގު ބޮޑުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނަށް ދެއްވިތާ 48 ގަޑިއިރު ވެސް ނުވަނީސް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ތެލުގެ އަގު އިންތިހާއަށް ބޮޑުކުރުމާ ގުޅިގެން ސަރުކާރުގެ އިޚުލާސްތެރިކަމާ މެދު އާންމުންނާއި އިދިކޮޅު ފަރާތްތަކުން ބޮޑެތި ސުވާލުތަކެއް އުފައްދަން ފަށައިފިއެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ރާއްޖޭގައި ތެލުގެ ބޮޑު ސްޓޮކެއް ހުރި ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް މިފަދަ ބަދަލެއް ގެނައުމަކީ ރައްޔިތުންނަށް އޮޅުވާލައި، ހިންގި ބޮޑު ހިޔާނާތެކެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވެދާނެ ކަމަށް ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. ފެބްރުވަރީ 28 ވަނަ ދުވަހު އޮމާން އިން ތެޔޮ ޝިޕްމެންޓެއް ފުރާފައިވާ ކަމަށާއި، ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ އެންމެ މަތީ މިންވަރަށް މިހާރު ވެސް ސްޓޮކް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެ ޔަގީންކަން ދެއްވިތާ ދެ ދުވަސް ނުވަނީސް، އެސްޓީއޯ އިން ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 16.01 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 17.54 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައި ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވުމެވެ. ރައީސް ވިދާޅުވި ގޮތަށް އަގުހެޔޮކޮށް ކުރިން ގަނެސްފައި ހުރި ތެލުގެ ބޮޑު ސްޓޮކެއް ރާއްޖޭގައި ހުރި ނަމަ، ކުއްލިއަކަށް ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް އަގު ބޮޑުކުރަން ޖެހުނު ސަބަބެއް ސަރުކާރަށް ބުނެދެވިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ، އަގުހެޔޮކޮށް ލިބިފައި ހުރި ތެޔޮ ސްޓޮކް ބޮޑު އަގުގައި ވިއްކައިގެން ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް އިންތިހާބަށް ރިޝްވަތުގެ ގޮތުގައި ބަހާނެ ފައިސާ އެއްކުރުމަށް ކަމަށެވެ.

މި ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ދީނީ ކަންކަމާއި ގައުމީ ވަހުދަތުގެ ވާހަކަ ދައްކަވައިގެން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ރައްޔިތުންނަށް ވީ ވައުދުތަކާ ހިލާފުވެ، ކޮންމެ ކަމެއްގައި ވެސް ހަގީގަތް އޮޅުވާލަމުންދާ މަންޒަރު ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. ޚާއްޞަކޮށް، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 81 ޑޮލަރަށް އުފުލުމަކީ ކުރިން އަންދާޒާ ކުރެވެނު ކަމަކަށް ވާއިރު، ރައީސްގެ ޔަގީންކަމާ އެކު މި ފެނުނު "ސަޕްރައިޒް" އަކީ ރައްޔިތުންނަށް ވީ ބޮޑު ހިޔާނާތެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެސްޓީއޯގެ އިތުރުން އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޯކްސް އިން ވެސް މިހާރު ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. މި ބަދަލާއެކު މުދަލާއި ޚިދުމަތުގެ އަގުތައް އުފުލި، އާންމު ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ސަރުކާރުން ކިރިޔާ ވެސް ދޮގެއް ހެދެން އޮތް ކަމެއްގައި ތެދެއް ނުހަދާނެ ކަމަށް ބުނެ ރައްޔިތުން ކުރަމުންދާ ތުހުމަތުތަކަށް، ތެލުގެ އަގަށް އައި މި ބަދަލާއެކު އިތުރު ބާރެއް ވަނީ ލިބިފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއެސްޓީއޯތެލުގެ އަގު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2026

މައި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި އަޅައިދޭން ބުނި ސިންތަޓިކް ޓްރެކް ތޮޅިއަށް!

06 މާރިޗު 2026
މައި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި އަޅައިދޭން ބުނި ސިންތަޓިކް ޓްރެކް ތޮޅިއަށް!
06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
05 މާރިޗު 2026

ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު

05 މާރިޗު 2026
ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު
05 މާރިޗު 2026

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
05 މާރިޗު 2026

މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
05 މާރިޗު 2026

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

05 މާރިޗު 2026
ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން
05 މާރިޗު 2026

ތެލުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިތާ ދެ ދުވަސްތެރޭ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

05 މާރިޗު 2026
ތެލުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިތާ ދެ ދުވަސްތެރޭ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި
03 މާރިޗު 2026

2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް

03 މާރިޗު 2026
2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް
03 މާރިޗު 2026

އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު

03 މާރިޗު 2026
އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު
02 މާރިޗު 2026

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް