Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ މަސްތުވާތަކެތި އެތެރެކުރުން

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތަކު އުމުރަށް ޖަލަށް

10 މާރިޗު 2026 | އަންގާރަ 08:16

ލެޕްޓޮޕް ދަބަހެއްގައި ފޮރުވައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮބަހްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. މި ހުކުމާއެކު އޭނާ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފަ. 2024 ވަނަ އަހަރު ޔޫއެސް ބަންގްލާ ފްލައިޓުން ރާއްޖެ އައި މި މީހާ ހައްޔަރުކުރީ ކަސްޓަމްސް އިން އޭނާގެ ތަކެތި ފާސްކުރިއިރު މަސްތުވާތަކެތި ފެނުމާ ގުޅިގެން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 މާރިޗު 2026 | އަންގާރަ 08:16
ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ ރައްޔިތަކު އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ.

ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ ރައްޔިތަކު އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ. | ރާއްޖެއެމްވީ

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ސާބިތުވެ، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރު ދުވަހަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް އިއްވީ ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި މައްސަލައިގައި ދައުވާ ސާބިތުވުމުންނެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ 2024 ވަނަ އަހަރު ޔޫއެސް ބަންގްލާ ފްލައިޓުން ރާއްޖެއަށް އައި އެމްޑީ ސޮހަބް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު، ގެނައި ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެކެވެ. އޭނާ ރާއްޖެ އަށް އައި ވަގުތު ކަސްޓަމްސް އިން އޭނާގެ ތަކެތި ފާސްކުރިއިރު، ދަބަހުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާތީ، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން އެމްޑީ ސޮހަބްގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެ އަށް އެތެރެކުރުމުގެ ދައުވާ އެވެ. 

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސްތަކަށްފަހު އިއްވި ހުކުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. ކޯޓުން ވަނީ މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާއި ހެކިންގެ ބަސްތަކަށް ބަލައި، ދައުވާ ސާބިތުވާކަން ކަށަވަރުކޮށްފަ އެވެ.

އެހެންކަމުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އަދަބެއްގެ ގޮތުން އެމްޑީ ސޮހަބް އުމުރު ދުވަހަށް، އެއީ 25 އަހަރަށް ޖަލަށްލުމަށާއި، 100،000 ރުފިޔާއި ން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކައި ޚަލާސްކުރުމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ބަންގްލަދޭޝްކްރިމިނަލް ކޯޓްކަސްޓަމްސް މަސްތުވާތަކެތި ޓްރެފިކްކުރުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

08 މާރިޗު 2026

ނައުޝާދުގެ މަރު: ފައިޙްއާއި ސިރުހާންއަށް ކުރާ ދައުވާގައި ދެން އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާ ޚުލާސާ ބަޔާން އިއްވުން

08 މާރިޗު 2026
ނައުޝާދުގެ މަރު: ފައިޙްއާއި ސިރުހާންއަށް ކުރާ ދައުވާގައި ދެން އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާ ޚުލާސާ ބަޔާން އިއްވުން
06 މާރިޗު 2026

ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 60 އަހަރުގެ މީހެއް ހައްޔަރުކޮށްފި

06 މާރިޗު 2026
ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 60 އަހަރުގެ މީހެއް ހައްޔަރުކޮށްފި
06 މާރިޗު 2026

ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި

06 މާރިޗު 2026
ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި
05 މާރިޗު 2026

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

05 މާރިޗު 2026
އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި
05 މާރިޗު 2026

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

05 މާރިޗު 2026
ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި
05 މާރިޗު 2026

ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!

05 މާރިޗު 2026
ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!
02 މާރިޗު 2026

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

02 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި
28 ފެބުރުއަރީ 2026

މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

28 ފެބުރުއަރީ 2026
މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
27 ފެބުރުއަރީ 2026

16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި

27 ފެބުރުއަރީ 2026
16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި
26 ފެބުރުއަރީ 2026

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

26 ފެބުރުއަރީ 2026
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް