Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރު

މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ: ހެކިވެރިޔާ

11 މާރިޗު 2026 | ބުދަ 09:09

ހެކިވެރިޔާ ވިދާޅުވީ، މަރުވެގެން ގެންނަ މީހުންގެ މެޑިކަލް ޗާޓެއް ތައްޔާރު ނުކުރާނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ތައްޔާރުކުރާނީ ޑެތް ސަމަރީ ކަމަށް. އޭނާ ވިދާޅުވީ، މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2026 | ބުދަ 09:09
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ދައުވާ އޭނާ ގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ދައުވާ އޭނާ ގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ | ސޯޝަލް މީޑިއާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން ހެއްކެއްގެ ގޮތުގައި ހާޒިރުވެފައިވަނީ ޙާދިސާ ހިނގިއިރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިނިސްޓްރޭޝަން އޮފީހުގައި މަސައްކަތް ކުރެއްވި ފަރާތެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ދިފާއުން ވަނީ މޭރީ ގްރޭސް އީއާރަށް ގެނެސްފައި އެންމެ ފުރަތަމަ އެޓެންޑުވި ޑޮކްޓަރުން ދީފައިވާ ފަރުވާއާއި އޭރު ދެވުނު ފަރުވާގެ ތަފްސީލު ލިޔެފައިވާ އަތުލިއުމުގެ ނޯޓުކޮޅު ކޮބައިތޯ ސުވާލުކޮށްފައެވެ. ސަބަބަކީ އޭރު އަތުލިއުމުން ނޯޓުކޮޅެއް ލިޔެފައިވާނެކަމަށް މި މައްސަލައިގައި އެޓެންޑުވި ޑޮކްޓަރަކު ޝަރީއަތުގައި ވިދާޅުވެފައިވާތީއެވެ.

ހެކިވެރިޔާ ވިދާޅުވީ، އެފަދަ އަތުލިއުމުގެ ނޯޓުތައް ނައްތާލުމާއި ބެލެހެއްޓުމުގެ ވަކި އުސޫލެއް އޮންނަކަމެއް އެނގިފައިނުވާކަމަށެވެ.

މީގެ އިތުރުން، މޭރީ ގްރޭސްގެ މެޑިކަލް ޗާޓުތައް ހޯދުމަށް ދައުލަތުން އެދުނުނަމަވެސް، މެޑިކަލް ޗާޓެއް ތައްޔާރުކޮށްފައި ނުވާކަމަށް އައިޖީއެމްއެޗުން ބުނެފައިވާތީ އެކަންވެސް މި މައްސަލަ ބައްލަވާ ޝަރީއަތުން ވަނީ އިތުރަށް ސާފު ކޮށްފައެވެ.

ހެކިވެރިޔާ ވިދާޅުވީ، މަރުވެގެން ގެންނަ މީހުންގެ މެޑިކަލް ޗާޓެއް ތައްޔާރު ނުކުރާނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ތައްޔާރުކުރާނީ ޑެތް ސަމަރީ ކަމަށެވެ. އޭނާ ވިދާޅުވީ، މޭރީ ގްރޭސްއަށް ދީފައިވާ ބޭސްފަރުވާގެ ތަފްސީލު ޑެތް ސަމަރީން ސާފުވާނެ ކަމަށެވެ.

އޭނާ ވަނީ އައިޖީއެމްއެޗްގެ ޕޭޝަންޓް ރެކޯޑު މެނޭޖްމަންޓު ސިސްޓަމް ގެ ސޮފްޓްވެއަރ އާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވަފާއެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ޑެތް ސަމަރީގައި ހުރި ކަންކަން ދިފާއަށް ޔަޤީން ކުރެވޭނީ އެ ނޯޓުތައް ލިބިގެން ކަމަށެވެ.

އެހެންކަމުން ދިފާއުން ވަނީ އެ ފަރާތުން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް މި ހެކިވެރިޔާގެ ފުށުން ސާފުނުވާކަމަށްވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ދިފާއުން އެދެނީ މެޑިކަލް ދާއިރާއިން އެ ނޯޓުތަކާ ގުޅޭ މައުލޫމާތު ދެވޭނެ ފަރާތެއް ހާޒިރުކޮށްދިނުމަށް ކަމަށެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގައި މީގެ ކުރިން ޚަބީރުންގެ ގޮތުގައިވެސް މެޑިކަލް ދާއިރާގެ ބޭފުޅުން ވަޑައިގެންނެވި ކަމަށާއި، އޭރު ދިފާއުން ސާފު ކުރަން ބޭނުންވާ ކަންކަން ހުރިނަމަ ސާފު ކުރެވެން އޮތް ކަމަށެވެ. އެހެންކަމުން އިތުރު ހެއްކެއް ދެން ހާޒިރެއް ނުކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުން އޮންނާނީ 26 މާރުޗުގައެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލު ނާސިރުއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓްމަރުގެ މައްސަލަ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

13 އޯގަސްޓު 2026
ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި
10 އޯގަސްޓު 2026

ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ

10 އޯގަސްޓު 2026
ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ
24 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
21 ޖުލައި 2026

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

21 ޖުލައި 2026
އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ
17 ޖުލައި 2026

ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

17 ޖުލައި 2026
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
15 ޖުލައި 2026

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026
ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް