Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

ޖަނަވާރުތަކަށް އިހާނެތިކޮށް ހިތުމާއި، އަޅާނުލައި މަގުމައްޗަށް ދޫކޮށްލާ މައްސަލަ ބޮޑުވެފައިވާތީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައި. އެގޮތުން ޖަނަވާރުންނަށް އަނިޔާކުރާ މީހުން 5،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލަށްލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނޭ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަމަށް ފާހަގަކޮށް، އެފަދަ އަމަލުތައް ރިޕޯޓްކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 06:06
މާލޭގެ ސިނާއީ ސަރަހައްދުގައި ދިރިއުޅޭ ބުޅާތަކެއް.

މާލޭގެ ސިނާއީ ސަރަހައްދުގައި ދިރިއުޅޭ ބުޅާތަކެއް. | ފޭސްބުކް/ މޯލްޑިވިއަން ކެޓަހޯލިކްސް

މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ ޖަލަށްލައި، ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ދީފި އެވެ. 

ހޯމަ ދުވަހު އެނިމަލް މިނިސްޓްރީން ބުނީ، މިހާރަކަށް އައިސް ރާއްޖޭގައި ބައެއް މީހުން ޖަނަވާރުތަކަށް އިހާނެތިކޮށް ހިތާއި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބެމުންދާ ކަމަށާއި، މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. 

ޖަނަވާރުތަކަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫގުންނަށްވީއިރު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބު ކަމެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުތްކުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ޖަނަވާރުތަކަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ގާނޫނީ ގޮތުން ކަށަވަރު ކޮށްދީފައިވާ ކަަމަށެވެ. 

އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ކަމަށް އެނިމަލް މިނިސްޓްރީން ބުނެ އެވެ. އަދި ގާނޫނުގެ 80 ވަނަ މާއްދާ ކަމުގައިވާ "ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން" މި މާއްދާގެ ދަށުން ޚާއްސަ އުސޫލުތަކެއް ތަރުތީބު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެގޮތުން ޖަނަވާރުތަކަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާ ކަމެއް ކަމަށްވާއިރު، ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި މިއާ ހިލާފުވާ މީހުން އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެ އިތުރުން ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލު ކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާއީ ޒިންމާ އެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާ ކުރާނަމަ، ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދީފައިވާއިރު، ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ބަލަމުންދާ ކަމަށް އާދިއްތަ ދުވަހު ފުލުހުން ބުނެފައިވެ އެވެ. ދޭތެދޭރެއިން މާލޭގައި ވެސް ބުޅާތަކަށް އަނިޔާ ކުރާ މައްސަލަތައް ބޮޑުވެގެންދެ އެވެ.

ނަމަވެސް ބުޅާތަކަށް ރައްކާތެރިކަން ދިނުމާއި، ބެލެހެއްޓުމުގެ އިތުރުން އަނިޔާ ކުރާ މައްސަލަ ހައްލު ކުރުމަށް ވެސް އެކަށީގެން ފިޔަވަޅެއް އެނިމަލް މިނިސްޓްރީއަށް އެޅިފައިނުވެ އެވެ. އަދި މާލެސިޓީ ކައުންސިލުން އިމާރާތް ކުރި ކެޓް ޝެލްޓަރ މިސަރުކާރުން އަތުލުމަށްފަހު، މިނިސްޓްރީއާ ހަވާލުކުރި ނަމަވެސް މާލެސިޓީގެ މަގުމަތީގައި ދިރިއުޅޭ ބުޅާތައް ކެޓް ޝެލްޓަރއަށް ބަދަލު ނުކުރާ މައްސަލަ ބޮޑެވެ. އެއީ މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހެދި ތަނެއް ނަމަވެސް މިހާތަނަށް ކެޓް ޝެލްޓަރއަށް ގެންގޮސް ބަލަހައްޓަމުން ދަނީ ނިސްބަތުން ވަރަށް މަދު ބުޅަލެއް ކަމަށާއި، ރަނގަޅު ޚިދުމަތް ނުލިބޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީކެޓް ޝެލްޓަރ މާލޭ ސިޓީ ކައުންސިލްބުޅާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު