Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިނަމާލެ

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

އެމްޑީޕީގެ މާލެ ސިޓީ މެނިފެސްޓޯ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ ޚިދުމަތްތައް ހަރުދަނާކޮށް، ކައުންސިލްގެ އަމިއްލަ އިމާރާތަކަށް މަސައްކަތްތައް ބަދަލުކުރުމަށް އިސްކަންދެއްވާނެ ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 19:04
މާލޭގެ މޭޔަރ އަދި އެމްޑީޕީގެ މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ

މާލޭގެ މޭޔަރ އަދި އެމްޑީޕީގެ މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ | އެމްޑީޕީ

ސަރުކާރުން ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަތަކުގެ ހަގީގަތް މާލޭގެ މޭޔަރ އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ސާފުކޮށްދެއްވައިފި އެވެ.

އާޒިމް އެފަދައިން ވިދާޅުވީ އެމްޑީޕީގެ މާލޭ ސިޓީ މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ   ސިނަމާލެ، އަދި މާލޭ ހިޔާގައި ދިރިއުޅޭ ފަރާތްތައް އައު އިމާރާތަކަށް ބަދަލުކުރުމަކީ ރިޔާސީ ވައުދެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަންތަން މަރާމާތުކުރަން އެހީދޭން ޖެހުނީ މާލެސިޓީ ކައުންސިލުން މިދިޔަ ދެއަހަރު އެކަން ނުކުރީމަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ވާހަކަ ދައްކަވާފައި ވަނީ ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށެވެ. އެތަން ޒަމާނީ ފެންވަރަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން، ކޮންޓްރެކްޓްތަކެއް ހެދިފައި ހުރި ނަމަވެސް އެ ކަން ކުރެވިފައި ވަނީ ޑިއުޑެލިޖެންސް ފުރިހަމަ ނުކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ. އެތައް ބިލިއަން ރުފިޔާގެ ކޮންޓްރެކްޓަކަށް ވަންނަ އިރު 5 މިލިއަން ރުފިޔާގެ ގެރެންޓީ އެއް ނުދެވުމަކީ ކޮންޓްރެކްޓަރގެ ފެންވަރާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ކޮންޓްރެކްޓަރ މަސައްކަތްތައް ކޮށްފައި ނުވާ ކަަމަށާއި މާލެ ސިޓީ ކައުންސިލަށް އެމްޑީޕީ ހޮވިއްޖެ ނަމަ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

"އެއްލައްކަ ރުފިޔާގެ ވާހަކަ.  އެ ރުފިޔާ މިއީ މާލެ ސިޓީ ކައުންސިލަށް ލިބެންވީ ފައިސާ. އޭގެތެރެއިން ކެނޑެންޖެހޭ އެއްޗެއް. މިއީ ރައީސް ދެއްވާ އެއްޗެއް ނޫން." އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ މާލޭ ސިޓީގެ މެނިފެސްޓޯގެ ބައެއް ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސިޓީ އާއި ހަވާލުވެ ފުރަތަމަ އިންނަވަން ޖެހިވަަޑައިގަތީ ވެސް ކުޑަ ތަންކޮޅެއްގައި ކަމަށެވެ. ނަމަވެސް މަސައްކަތްތައް ކޮށް އާއްމުންނަށް ޚިދުމަތްތައް ފޯރުކޮށްދޭން މަސައްކަތްކުރައްވާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ކުއްޔަށް ހިފާފައި ހުރި ތަންތަން ދޫކޮށްލުމަށް ފަހު ކައުންސިލްގެ އަމިއްލަ އިމާރާތަކަށް މަސައްކަތް ބަދަލުކުރުމަށް އިސްކަން ދެއްވާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މާލެ އަށް އަޅާލާން ޖެހޭ މިންވަރަށް މިހާތަނަށް އައި އިރު އަޅާލެވިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ރައްޔިތުންގެ ބާރު ރައްޔިތުންނާއި ހަމައިގައި ބަހައްޓާނެ ކަަމަށެވެ. 

ސިނަމާލެއާދަމް އާޒިމްއެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުމާލޭ ސިޓީ ކައުންސިލްމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

08 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

08 މާރިޗު 2026
މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

08 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

08 މާރިޗު 2026

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު