Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހު

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި މާލެ ސިޓީ ކައުންސިލްގެ ބާރުތައް ހަނިކޮށް، އެ އިދާރާގެ މުވައްޒަފުން މަގުމަތިކޮށްލީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކަމަށް. މީގެ އިތުރުން މާލޭގެ މަގުތައް ފޮތިފޮތިކޮށް ކުއްޔަށް ދޫކުރަން އުޅުނު އުޅުމަކީ މާލޭގެ ރައްޔިތުންނަށް ވީ އިހުމާލެއް ކަމަށާއި، މިހާރުވެސް ފެންނަނީ ހުރިހާ ބާރެއް މުށުތެރެއަށް ލައްވަން މަސައްކަތް ކުރައްވާ މަންޒަރު ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 15:22
މާލެ ސިޓީ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

މާލެ ސިޓީ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. | އެމްޑީޕީ ސެކްރިޓޭރިއެޓް

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މާލެ ސިޓީ ކައުންސިލްގެ އިދާރައިގެ ޖާގައިގެ ގޮތުން ދަތި ތަނަކަށް ގަދަކަމުން ބަދަލުކުރެއްވުމަށް ފަހު، ފަހުން މޭޔަރު ކަމަށް ވަޑައިގެން ޖާގައިގެ ދަތިކަމާހުރެ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަމާޒުކޮށްގެން އެމްޑީޕީން އެކުލަވާލި މާލެ ސިޓީގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރަން އިންތިހާބު ކުރާ ބަޔަކަށް މާލެ ސިޓީ ނުހިންގޭނެކަން ތާރީހުން ހެކި ދޭކަމަށެވެ. އަދި އެމްޑީޕީއާ ވާދަކުރަނީ ރައީސް މުއިއްޒުގެ ޓީމު ކަމަށާއި، އެމަނިކުފާނު ހައުސިން މިނިސްޓަރު ކަމުގައާއި މޭޔަރު ކަމުގައި ހުންނަވައިގެން މާލެއާ މެދު އަމަލުކުރެއްވި ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ކުރީގެ ޕީޕީއެމްގެ ސަރުކާރުގައި މާލެ ސިޓީއަށް ވަމުންދިޔަ އިހުމާލުތައް މިއަދު ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނުތަކަށް ބަދަލު ގެނެސްގެން ސިޓީ ކައުންސިލްގެ ބާރުތައް އަތުލައި، އެންމެ ފަހުން ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރަމުންދިޔަ އިދާރާއިން މަޖުބޫރުން ނެރެލި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމާ ދެކޮޅު ހެދުމުން ފުލުހުން ފޮނުވައިގެން ކަބަޑުތަކާއި ސާމާނުތައް މަގުމައްޗަށް ނެރެ، ކުޑަ ތަންކޮޅަކަށް ބަދަލުވާން މަޖުބޫރުކުރުވި ކަމަށް ވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރައީސް މުއިއްޒުގެ މިނިސްޓަރު ކަމުގައި މާލޭގެ ރައްޔިތުންނަށް ނަޖިހުގެ ތެރޭގައި އުޅެން ޖެހުނު ދުވަސްތަކުގެ ހަނދާން ވެސް އެމަނިކުފާނު އާކުރެއްވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ޑރ. މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ބައްދަލުކުރައްވައި، އޮފީސް ކުޑަވެގެން ބޮޑު ތަނެއް ހޯދައިދިނުމަށް އެދިވަޑައިގަތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެތަނުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ 2 އިމާރާތެއް ހޯދުމަށް މުއިއްޒު އެދިވަޑައިގަތް ކަމަށް ރައީސް ސޯލިހު ހާމަކުރެއްވި އެވެ.

މުއިއްޒު މޭޔަކަށް ހުންނެވިއިރު، އަޅުގަނޑާ  ބައްދަލުކުރައްވައި ވިދާޅުވީ ތިމަންނަ މިހާރު މަސައްކަތްކުރާ އޮފީސް ވަރަށް ކުޑައޭ. މިއަށްވުރެ ބޮޑު ތަނެއް ހޯދަދޭށޭ. ދެން އަޅުގަނޑު ދެންނެވިން މުއިއްޒު ވަޒީރު ކަމުގަ ހުންނެވި އިރު ނޫންތޯއޭ ސިޓީ ކައުންސިލް ބޮޑު ތަނަކުން ނެރެ ކުޑަ ތަނަކަށްލީ. އޭރު ތިކަން އިހުސާސެއް ނުކުރެއްވުނު ނޫންތޯއޭ. ދެން މުއިއްޒު ވިދާޅުވި އެހެންވިޔަސް މިތާ މަސައްކަތް ކުރެވޭކަށް ނެތޭ. ދެ އިމާރާތެއްގެ ވާހަކަ ވިދާޅުވެފަ ބުނީ ތިމަންނަމެންނަށް އެތަން ދޭށޭ. އޭގެން އެއް ތަނަކީ ޕީޕީއެމް ވެރިކަމުގަ ފުލުހުންނަށް ހާއްސަކޮށް އިމާރާތްކުރަން ފެށިގެން ދިޔަ އިމާރާތެއް. ދެން ވިދާޅުވީ ދާދި ފަހުން އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީ ހުރި އިމާރާތުގެ ވާހަކަ. އިމާރާތެއް ނުލިބި މަސައްކަތެއް ނުކުރެވޭނެއޭ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު


މާލޭގެ މަގުތަކުގެ މައްސަލައަށް އަލިއަޅުއްވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ މަގުތަކުގައި ރޮނގުދަމައި، ފޮތި ފޮތިކޮށްގެން އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރަން ފެއްޓެވި ކަމަށެވެ. އަދި އެޑްވާންސް ކޮށް ފައިސާ ނަގައިގެން އެތަންތަން ދޫކުރި ނަމަވެސް، ނަސީބަކުން އެތަންތަން ސަލާމަތް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން އެމަނިކުފާނު ބޭނުންވި ގޮތަށް ވި ނަމަ، މިއަދު މާލޭގައި ދަތުރުކުރާނެ ޖާގައެއް ވެސް ނޯންނާނެ ކަމަށާއި، މިއީ މުއިއްޒުގެ ސިޔާސަތު ތައް ހުރި ގޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެސް ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލައްވަމުން ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހިމް މުހައްމަދު ސޯލިހުމާލޭ ސިޓީ ކައުންސިލްއެމްޑީޕީމާލެލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު

ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު

09 މާރިޗު 2026
ހަރަދު ކުޑަ ކުރުމުގެ ނިވަލުގައި ތިބެ ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގައިތަ؟

ހަރަދު ކުޑަ ކުރުމުގެ ނިވަލުގައި ތިބެ ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގައިތަ؟

09 މާރިޗު 2026
އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

09 މާރިޗު 2026
 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު