Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ޙާލަތު

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ފިއުލް ރައްކާ ކުރެވޭ މިންވަރު ދެނެގަތުމާއި، ކަރަންޓު ކަނޑާ ގަޑިތަކެއް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މާރިޗު 2026 | ހޮނިހިރު 17:32
އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ

ރާއްޖޭގައި ރައްކާ ކުރެވެނީ 20 ދުވަހުގެ ތެލުގެ ސްޓޮކް ކަމަށާއި، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ރައްކާ ކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލް ކަމަށާއި، އެއީ އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭހެން ރައްކާކުރެވޭ އަދަދު ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ރައްކާ ކުރެވޭ ޕެޓްރޯލްގެ އަދަދަކީ 25 މިލިއަން ލީޓަރު ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެއީ 20 ދުވަހުގެ ސްޓޮކެވެ. އެހެންކަމުން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިވަގުތަށް އެޅުން ކޮންމެހެންވެސް މުހިއްމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ފިއުލް ރައްކާ ކުރެވޭ މިންވަރު ދެނެގަތުމާއި، ކަރަންޓު ކަނޑާ ގަޑިތަކެއް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުމާއި، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އިޖުތިމާއީ ޙަރަކާތްތައް މަދު ކުރުމާއި، މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރު ކުރުމުގެ އިތުރުން، އޭވިއޭޝަން ފިއުލް ކަށަވަރު ކުރުމަށްވެސް ރައީސް ނަޝީދު ގޮވާލައްވާފައިވެއެވެ. އަދި ހުޅަނގު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓުފަހަރުގެ ރޫޓުތައް ހޯދައި، ސަޕްލައި ލައިން ބަދަލު ކުރުންވެސް މުހިއްމުކަން ފާހަގަ ކުރައްވާފައިވެއެވެ.

 

ރައީސް މުހައްމަދު ނަޝީދުއިޤްތިޞާދީ ހަރުކަށި ސިޔާސަތުމެދުއިރުމަތީ ސުލްހަ

އިތުރަށް ކިޔާލަން

13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި
07 މާރިޗު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު

07 މާރިޗު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު
02 މާރިޗު 2026

ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު

02 މާރިޗު 2026
ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު
28 ފެބުރުއަރީ 2026

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

28 ފެބުރުއަރީ 2026
ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު