Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޕްސްޓީން ފައިލްސް

ޑރ. ވަހީދު އެޕްސްޓީން އަށް: 2013 ގެ ރިޔާސީ އިންތިޚާބަށް އިންޑިއާ އިން ނުފޫޒު ފޯރުވައި، ރައީސް ނަޝީދު އިންތިޚާބުގެ ފުރަތަމަ ބުރު "ވަގަށް ނެގުމަށް" އެ ގައުމުން އެހީވެދިން

އޭރުގެ ރައީސް ޑރ. ވަހީދު ޖެފްރީ އެޕްސްޓީން އަށް ފޮނުއްވި އީމެއިލެއް ގައި އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ކަން ހިއްސާ ކުރެއްވި ކަމާއި ފޮރިން މިނިސްޓްރީގެ ރިޕޯޓެއް އެޕްސްޓީން އަށް ފޮނުއްވި ކަން ވެސް ވަނީ ހާމަވެފައި. މި އީމެއިލަކީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކޮށް، ސުޕްރީމް ކޯޓުގެ ނުފޫޒާއެކު އިންތިޚާބުގެ ތާރީޚުތަކަށް ބަދަލު އައި ދުވަސްވަރު ފޮނުއްވާފައިވާ މެސެޖެއް.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 17:03
ޑރ. މުޙައްމަދު ވަޙީދާއި ޖެފްރީ އެޕްސްޓީން.

ޑރ. މުޙައްމަދު ވަޙީދާއި ޖެފްރީ އެޕްސްޓީން. | ރާއްޖެއެމްވީ ގްރެފިކްސް

2013 ގެ ރިޔާސީ އިންތިޚާބަށް އިންޑިއާ އިން ނުފޫޒު ފޯރުވައި، ރައީސް މުހަައްމަދު ނަޝީދު އިންތިޚާބުގެ ފުރަތަމަ ބުރު "ވަގަށް ނެގުމަށް" އިންޑިއާ އިން އެހީވެދިން ކަމަށް އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖެފްރީ އެޕްސްޓީން އަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވިކަން ހާމަ ވެއްޖެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު އާންމު ކޮށްފައިވާ ޖެފްރީ އެޕްސްޓީން އާ ގުޅޭ ލިޔުންތަކުގެ ތެރޭގައި ހިމެނޭ މި އީމެއިލް ގައި ޑރ. ވަހީދު ވިދާޅުވެފައި ވަނީ އިންތިޚާބުގެ ކަންތައްތައް ދިޔައީ ކުރިން ހީކުރި ވަރަށް ވުރެ މާ އުނދަގޫކޮށް ކަމަށެވެ.

އެޕްސްޓީން އަށް ޑރ. ވަހީދު ފޮނުއްވި އީމެއިލެއްގެ ސްކްރީން އިމޭޖެއް.
އެޕްސްޓީން އަށް ޑރ. ވަހީދު ފޮނުއްވި އީމެއިލެއްގެ ސްކްރީން އިމޭޖެއް.

އޮކްޓޯބަރު 1، 2013 ގެ ތާރީޚު ގައި ޑރ. ވަހީދު ފޮނުއްވި މި އީމެއިލު ގައި އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އޮޅުވާލައި، ނަޝީދަށް ކާމިޔާބު ހޯދައިދިނުމަށް އިންޑިއާ އިން އެހީތެރިވެދީފައިވާ ކަމަށް ވިދާޅުވުމުގެ އިތުރުން، "މި މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅިފަ،" ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކޯޓުން މިކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވޭއިރު، އިންތިޚާބު ބާއްވާނެ އާ ތާރީޚުތައް މި ހަފުތާގެ ތެރޭގައި ކަނޑައެޅިގެންދާނެ ކަމަށް ވެސް ވިދާާޅުވެފައިވެ އެވެ.

"މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ތައްޔާރުކޮށްފައިވާ ޚުލާސާ ރިޕޯޓެއް މިއާއެކު ފޮނުވީމެވެ. އިތުރު ތަފްސީލަށް އެޓޭޗްމަންޓް ބަލާލުން އެދެމެވެ." ޑރ. ވަހީދު ލިޔުއްވާފައިވެ އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވުނު ކޯޓުގެ ނުފޫޒު އެންމެ ބޮޑުވެގެން ދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިފައި ނުވުމުން، ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރު ސެޕްޓެމްބަރު 28 އަށް ތާވަލުކުރެވުނެވެ. އެ ދެ ކެންޑިޑޭޓުންނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީނެވެ. އޭރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވަނީ މާ މަދުން ވޯޓު ލިބިވަޑައިގަތުމުން ފުރަތަމަ ބުރުން ކަޓާފަ އެވެ.

ނަމަވެސް، ސެޕްޓެމްބަރު 27 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ދެވަނަ ބުރު ބޭއްވުން ހުއްޓުވައި، ފުރަތަމަ ބުރުގެ ނަތީޖާ ބާޠިލުކޮށްފަ އެވެ. އޭގެ ފަހުން ނޮވެމްބަރު 9 ވަނަ ދުވަހު ފުރަތަމަ ބުރު އަލުން ބޭއްވުނުއިރު، ނަތީޖާ އައީ ކުރީގެ ވޯޓާ ދާދި އެއްގޮތަކަށެވެ. ނޮވެމްބަރު 11 ގެ ކުރިން އައު ރައީސަކު އިންތިޚާބުކޮށް ނިންމަން ޖެހޭތީ، އޭގެ ޖެހިގެން އައި ދުވަހު ދެވަނަ ބުރު ބޭއްވުމަށް ނިންމުނެވެ. އެހެންނަމަވެސް، ކެމްޕޭން ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ ޢަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، ސުޕްރީމް ކޯޓުން އެ ވޯޓު ނޮވެމްބަރު 16 އަށް ފަސްކޮށްދިނެވެ. މި އިންތިޚާބުގެ ދެވަނަ ބުރު ޢަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި ލިބުނު 30 އިންސައްތަ ވޯޓު، ދެވަނަ ބުރުގައި 51 އިންސައްތައަށް އިތުރުކުރައްވައިގެންނެވެ. އެ ބުރުން މުޙައްމަދު ނަޝީދަށް އިތުރުވީ އެންމެ 2 އިންސައްތަ ވޯޓެވެ.

ރައީސް މުހައްމަދު ނަޝީދުއެޕްސްޓީން ފައިލްސްއެޕްސްޓީން-ޑރ.ވަހީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

05 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

03 ފެބުރުއަރީ 2026
އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި

އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު