Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރުކަމުގެ ޓިކެޓަށް އާދަމް އާޒިމް އަލީ އާޒިމްގެ މައްޗަށް ބޮޑު ފަރަގަކުން ކުރި ހޯދިއެވެ. މި ކާމިޔާބާ ގުޅިގެން ކުރީގެ ރައީސް ނަޝީދާއި ސޯލިހު އާޒިމަށް ތަހުނިޔާ ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ މި ކާމިޔާބަކީ މޭޔަރުކަމުގައި އާޒިމް ކުރެއްވި ހިދުމަތުގެ އަގު މެންބަރުން ވަޒަން ކުރެއްވި ކަމުގެ ހެއްކެއް ކަމަށެވެ. ޕްރައިމަރީ ގައި އާދަމް އާޒިމް ވަނީ 1،411 (57.9%) ވޯޓު ހޯއްދަވާފަ އެވެ. އަލީ އާޒިމް އަށް ލިބުނީ 962 (39.5%) ވޯޓެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 08:27
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު | އެމްޑީޕީ ސެކްރިޓޭރިއެޓް

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދު އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޕްރައިމަރީ ގައި މާލެ ސިޓީގެ މޭޔަރު ކަމަށް ޕްރައިމަރީ ގައި ވާދަކުރެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އަލީ އާޒިމް އެވެ. އާދަމް އާޒިމް, އަލީ އާޒިމްގެ މައްޗަށް ކުރި ހޯއްދެވީ ބޮޑު ފަރަގަކާއި އެކުގަ އެވެ. އެއާއެކު ނަޝީދާއި ސޯލިހު ވަނީ އާދަމް އާޒިމް އަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި ޕޯސްޓް ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ނަޝީދު ކުރެއްވި ޕޯސްޓުގައި އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން، އަލީ އާޒިމް ކުރެއްވި މަސައްކަތައް ހިތްވަރު ދެއްވާފައި ވެ އެވެ. އެ މަނިކުފާނު ވަނީ ޕްރައިމަރީގެ އިންތިޒާމްތަކަށް ތައުރީފް ކުރައްވާފަ އެވެ. 

 ރައީސް ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އާދަމް އާޒިމް ހޯއްދެވި ކާމިޔާބަކީ މޭޔަރުކަމުގައި ފާއިތުވި ދެ އަހަރު ހުންނަވައިގެން އޭނާ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތް އެމްޑީޕީގެ މެންބަރުން ބަލައިގަންނަކަން ހާމަވާ ކަމެއް ކަމަށެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރުމަށް އާދަމް އާޒިމް ޓިކެޓް ކަށަވަރު ކުރައްވާފައިވާ އިރު އާޒިމް ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެމްޑީޕީ އާއި އެކު ހުންނަވާނެ ކަމަށާއި، މިއީ އެކުގައި ނުކުމެ އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ.

އާދަމް އާޒިމްއިބްރާހިމް މުހައްމަދު ސާލިހުރައީސް މުހައްމަދު ނަޝީދުއެމްޑީޕީމާލެ ސިޓީއަލީ އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

17 ޖެނުއަރީ 2026
އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026
އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި

އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި

16 ޖެނުއަރީ 2026
ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

16 ޖެނުއަރީ 2026
އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު