Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ސިއްހަތަށް ފައިދާ ހުރި ކެއުން

ރޭގަނޑުގެ ކެއުމަށް ފަސޭހައިން ތައްޔާރުކޮށްލެވޭ 5 ބާވަތެއް އެކުލެވޭ "ސެމަން" ރެސިޕީއެއް!

"އީޓިންގް ވެލް" ވެބްސައިޓުގައި ހިއްސާކޮށްފައިވާ މި ރެސިޕީއަކީ އެންމެ 20 މިނެޓުން ތައްޔާރުކޮށްލެވޭނެ ފަސޭހަ ކެއުމެކެވެ. ސެމަން އަކީ ޕްރޮޓީން އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު އޮމޭގާ-3 ފެޓީ އެސިޑް އިން މުއްސަނދިވެފައިވާ މަހުގެ ބާވަތެކެވެ. މިއީ ހަކުރުބަލި ހުންނަ ފަރާތްތަކަށްވެސް އެކަށީގެންވާ، ކާބޯހައިޑްރޭޓްސް މަދު ކެއުމެކެވެ.

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 09:37
ރޭގަނޑުގެ ކެއުމަށް އެންމެ 20 މިނެޓުން ތައްޔާރުކޮށްލެވޭ ފަސޭހަ އަދި މީރު "އެވްރިތިންގް ބޭގަލް ކްރަސްޓެޑް ސެމަން". މިއީ ފިނި ޔޯގަޓް ސޯސްއަކާއި ކްރިސްޕް ކިއުކަމްބާއާއެކު ސިއްޙަތަށްވެސް ފައިދާހުރި މީރު ކެއުމެކެވެ

ރޭގަނޑުގެ ކެއުމަށް އެންމެ 20 މިނެޓުން ތައްޔާރުކޮށްލެވޭ ފަސޭހަ އަދި މީރު "އެވްރިތިންގް ބޭގަލް ކްރަސްޓެޑް ސެމަން". މިއީ ފިނި ޔޯގަޓް ސޯސްއަކާއި ކްރިސްޕް ކިއުކަމްބާއާއެކު ސިއްޙަތަށްވެސް ފައިދާހުރި މީރު ކެއުމެކެވެ | ގެޓީ އިމޭޖަސް. އީޓިންގްވެލް ޑިޒައިން

މަސައްކަތުގައި ބުރަކޮށް އުޅުއްވުމަށްފަހު ގެއަށް ވަޑައިގެން ރޭގަނޑުގެ ކެއުމަށް މީރު އަދި ސިއްޙަތަށް ފައިދާހުރި ކާއެއްޗެއް ތައްޔާރުކުރުމަކީ ގިނަ ބަޔަކު ބޭނުންވާނެ ގޮތެކެވެ. އެގޮތުން، ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެއްވޭނެ "5-އިންގްރީޑިއަންޓް އެވްރީތިންގް ބޭގަލް ކްރަސްޓެޑް ސެމަން" އަކީ މިފަދަ ފަރާތްތަކަށް ވަރަށް ކަމުދާނެ ރެސިޕީއެކެވެ.

"އީޓިންގް ވެލް" ވެބްސައިޓުގައި ހިއްސާކޮށްފައިވާ މި ރެސިޕީއަކީ އެންމެ 20 މިނެޓުން ތައްޔާރުކޮށްލެވޭނެ ފަސޭހަ ކެއުމެކެވެ. ސެމަން އަކީ ޕްރޮޓީން އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު އޮމޭގާ-3 ފެޓީ އެސިޑް އިން މުއްސަނދިވެފައިވާ މަހުގެ ބާވަތެކެވެ. މިއީ ހަކުރުބަލި ހުންނަ ފަރާތްތަކަށްވެސް އެކަށީގެންވާ، ކާބޯހައިޑްރޭޓްސް މަދު ކެއުމެކެވެ.

ބޭނުންވާނެ ތަކެތި:

  • 4 ސެމަން ފިލޭ (ހަން ނޮޅާފައި)
  • 1/4 ޖޯޑު "އެވްރިތިންގް ބޭގަލް ސީޒަނިންގ" (ލޮނު ނުހިމެނޭ): މިއީ ދޮން ތިލަ، ކަޅު ތިލަ، ޕޮޕީ ސީޑްސް، އަދި ހިއްކައި ކުދިކޮށްފައި ހުންނަ ލޮނުމެދާއި ފިޔާ އެއްކޮށްގެން ތައްޔާރުކުރާ ރަހަމީރުކުރާ މިކްސްއެކެވެ. ފިހާރައިން ގަންނަން ނުލިބޭނަމަ، މި ކޮންމެ ބާވަތަކުން މޭޒުމަތީ 1 ސަމުސާ އެއްކޮށްލައިގެން ގޭގައި ފަސޭހައިން އަމިއްލައަށް ތައްޔާރުކޮށްލެއްވޭނެއެވެ. މީގައި ލޮނު ނުހިމަނާ ބޭނުންކުރަނީ ސޯސްގައި ވަކިން ލޮނު ހިމެނޭތީ، މުޅި ކެއުމުގައި ލޮނުގެ މިންވަރު އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުމަށެވެ.
  • 1 ޖޯޑު ގްރީކް ޔޯގަޓް (ފެޓް ނުހިމެނޭ، ޕްލެއިން)
  • 2 ލޮނުމެދު (ކުދިކޮށް ކޮށާފައި ނުވަތަ ޗަސްކޮށްފައި)
  • 1 ކިއުކަމްބާ (ކުދިކޮށް ކޮށާފައި)

(މީގެ އިތުރުން: 3 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ، ލޮނު އަދި މުގުރި އަސޭމިރުސް)

ތައްޔާރުކުރާނެ ގޮތް:

  1. ފުރަތަމަ ސެމަން ފިލޭތައް ޓިޝޫއަކުން ފުހެލައި ހިއްކާލެއްވުމަށްފަހު، ކުޑަ އަސޭމިރުސް ކޮޅެއް އޭގައި އުނގުޅާލައްވާށެވެ. ދެން ތަބަކަކަށް ނުވަތަ ތަށްޓަކަށް "އެވްރީތިންގ ބޭގަލް ސީޒަނިންގ" އެޅުއްވުމަށްފަހު، ސެމަން ކޮޅުތަކުގެ ބޭރުގައި މި ސީޒަނިންގ ރަނގަޅަށް ހާކާލައްވައި ކޯޓުކޮށްލައްވާށެވެ.
  2. ތަވައަކަށް 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އެޅުއްވުމަށްފަހު މެދު ގިނީގައި ހޫނުކުރަށްވާށެވެ. އެއަށްފަހު ސެމަންކޮޅުތައް ތަވައަށް ލައްވައިގެން، 10 ނުވަތަ 12 މިނެޓު ވަންދެން (ރަނގަޅަށް ރޯފިލަންދެން) ފިހެލައްވާށެވެ. ފިހެވުމުން ކުޑަ ލޮނުކޮޅެއް މައްޗަށް ބުރުއްސާލއްވާށެވެ.
  3. ސެމަން އާއެކު ކާން ބޭނުންކުރާ ސޯސް ތައްޔާރުކުރެއްވުމަށްޓަކައި، ކުޑަ ބޯތަށްޓަކަށް ޔޯގަޓް، ލޮނުމެދު، ކުޑަ ލޮނުކޮޅެއް، 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އަދި ކުޑަ އަސޭމިރުސްކޮޅެއް އެޅުއްވުމަށްފަހު އޮމާންވަންދެން ރަނގަޅަށް އެއްކޮށްލައްވާށެވެ. ދެން ކާން ބޭނުންކުރާ ތަބަކެއްގައި ނުވަތަ ތަށްޓެއްގައި މި ޔޯގަޓް ސޯސް ފަތުރާލައްވާށެވެ.
  4. ކުދިކޮށް ކޮށާފައިވާ ކިއުކަމްބާގެ ތެރެއަށް ކުޑަ ލޮނުކޮޅެއް އަޅުއްވައި އެއްކޮށްލެއްވުމަށްފަހު 2 މިނެޓު ވަންދެން ބަހައްޓަވާށެވެ.
  5. އެންމެ ފަހުން ޔޯގަޓް ސޯސްގެ މައްޗަށް ކިއުކަމްބާކޮޅު އެޅުއްވުމަށްފަހު އޭގެ މަތީގައި ސެމަން ފިލޭތައް އަތުރާލައްވާށެވެ.

ނިއުޓްރިޝަން މަޢުލޫމާތު

(ސަރވިންގ ސައިޒް: 1 ސާމަން ފިލޭ، ގާތްގަނޑަކަށް 1/3 ޖޯޑު ކިއުކަމްބަރ އަދި 1/4 ޖޯޑު ސޯސް)

  • ކެލޮރީސް: 429
  • ފެޓް: 21g
  • ސެޗުރޭޓެޑް ފެޓް: 4g
  • ކޮލެސްޓްރޯލް: 109mg
  • ކާބޯހައިޑްރޭޓްސް: 9g
  • ޖުމްލަ ހަކުރު: 3g (އިތުރުކޮށްފައިވާ ހަކުރު: 0g)
  • ޕްރޮޓީން: 36g
  • ފައިބަރ: 4g
  • ސޯޑިއަމް: 448mg
  • ޕޮޓޭސިއަމް: 785mg
އީޓިންގް ވެލްސެމަންއޮމޭގާ-3 ފެޓީ އެސިޑްހަކުރު ބަލި

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕައިސީ ޗިލީ ސޯސްއާއެކު ފަސޭހައިން ޗިކަން ވޮންޓަން ތައްޔާރު ކުރައްވާނީ ކިހިނެއް؟

ސްޕައިސީ ޗިލީ ސޯސްއާއެކު ފަސޭހައިން ޗިކަން ވޮންޓަން ތައްޔާރު ކުރައްވާނީ ކިހިނެއް؟

10 މާރިޗު 2026
ރާއްޖޭ ގައި އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42 ކުދިންނަކީ އުފެދުމުގައި އެކި ކަހަލަ އައިބުތައް ހުންނަ ކުދިން: ދިރާސާ

ރާއްޖޭ ގައި އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42 ކުދިންނަކީ އުފެދުމުގައި އެކި ކަހަލަ އައިބުތައް ހުންނަ ކުދިން: ދިރާސާ

13 ޖެނުއަރީ 2026
އޮރެންޖު ޖޫސްތަ؟ އޮރެންޖުތަ؟ ރަނގަޅީ ކޮން ގޮތެއް؟

އޮރެންޖު ޖޫސްތަ؟ އޮރެންޖުތަ؟ ރަނގަޅީ ކޮން ގޮތެއް؟

02 ޖެނުއަރީ 2026
ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ހޭންޑް ކްރީމެއް

ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ހޭންޑް ކްރީމެއް

20 ޖޫން 2024
ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

25 މެއި 2023

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު