Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އޮރެންޖު ޖޫސް

އޮރެންޖު ޖޫސްތަ؟ އޮރެންޖުތަ؟ ރަނގަޅީ ކޮން ގޮތެއް؟

އޮރެންޖު ޖޫހުގައި ހަކުރު ގިނަވި ނަމަވެސް ކޮންމެ ދުވަހަކު ކުޑަ ބިއްލޫރި ތައްޓެއްގެ ޖޫސް ބޯލުމުން ސިއްހީ ފައިދާތައް ލިބިގެންދޭ. މުޅި މޭވާގައި ފައިބަރާއި ބޭނުންތެރި މާއްދާތައް ގިނަވުމުން ޖޫހަށްވުރެ މޭވާ ކެއުން ރަނގަޅު. ޖޫސް ބޯން ބޭނުންނަމަ ބާޒާރުގެ ޕެކެޓް ޖޫހަށްވުރެ ގޭގައި ތައްޔާރުކުރާ ތާޒާ ޖޫސް މާރަނގަޅުކަން މާހިރުން ވިދާޅުވޭ. ހަކުރު ނާޅާ ސާފު އޮރެންޖު ޖޫސް ހަފުތާއަކު ތިން ހަތަރު ފަހަރު ބުއިމަކީ މައްސަލައެއް ނޫން.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 10:52
އޮރެންޖް ޖޫސް ތައްޓަކަށް އަޅަނީ

އޮރެންޖް ޖޫސް ތައްޓަކަށް އަޅަނީ

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން އެކުލެވޭ މޭވާއަކަށް ވީނަމަވެސް، އޭގެ ޖޫސް ބުއިމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިކޮށްލާ ކަމެއް ކަމަށް މާހިރުން އިންޒާރު ދެއެވެ. ގަވާއިދުން މިގޮތަށް ލޭގެ ހަކުރު މަތިވުމުގެ ސަބަބުން، ދުވަސްތަކެއް ފަހުން އިންސިއުލިން ރެސިސްޓެންސް އުފެދި، ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި އަދި މާބޮޑަށް ފަލަވުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

ނަމަވެސް، ދާދި ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، އޮރެންޖު ޖޫހުގައި ހަކުރު ގިނަވި ނަމަވެސް، ކޮންމެ ދުވަހަކު ބޯލާ ކުޑަ ބިއްލޫރި ތަށީގެ ޖޫހުން ސިއްހީ ގިނަ ފައިދާތަކެއް ލިބިގެންދެ އެވެ.

އޮރެންޖު ޖޫހާ މެދު ކުރެވޭ ކުށްހީ

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ދިގު މުއްދަތަކަށް ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ސިޓްރަސް މޭވާ (އޮރެންޖު، ލުނބޯ ފަދަ ތަކެތި) ގިނައިން ކާ މީހުންނަށް ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑައެވެ. އެހެން ނަމަވެސް، މި ދިރާސާތަކުގައި ބޮޑަށް ބަލާފައިވަނީ މޭވާ ކާ މިންވަރަށެވެ. މޭވާގެ ޖޫސް ބުއިމާއި މޭވާ މުޅިން ކެއުމާ ދެމެދު ހަށިގަނޑަށް ކުރާ އަސަރުގައި ބޮޑު ތަފާތެއް ހުރެ އެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ނިއުޓްރިޝަން ސައިންޓިސްޓެއް ކަމަށްވާ ފެޑެރީކޯ އަމާޓީ ބީބީސީ އަށް ކިޔައިދެއްވި ގޮތުގައި، އެންމެ ފުރަތަމަ ތަފާތަކީ މޭވާ ކާން ހޭދަވާ ވަގުތެވެ. އާދައިގެ ޖޫސް ތައްޓެއް ތައްޔާރުކުރުމަށް ބޭނުންވާ ދެތިން އޮރެންޖު ކައި، ހަފާ، ދިރުވުމަށް ވަގުތު ނަގާނެއެވެ. ނަމަވެސް އެ މިންވަރުގެ ޖޫސް ތައްޓެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބޮއެ ހުސްކޮށްލެވެ އެވެ.

މީގެ އިތުރުން، މުޅި މޭވާގައި ގިނަ އަދަދަކަށް ފައިބަރ އެކުލެއެވެ. މިއީ ގޮހޮރުގެ ދިރުންތަކަށް ކާނާ ފޯރުކޮށްދީ، ހިތުގެ ބަލިތަކާއި ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ފައިބަރުގެ ސަބަބުން ލޭގެ ތެރެއަށް ހަކުރު ދައުރުވާ މިންވަރު ލަސްކޮށްދެއެވެ. ނަމަވެސް އޮރެންޖު ޖޫސް ތައްޔާރުކުރާއިރު މި ފައިބަރުތައް ވަކިވެގެންދެ އެވެ.

ނަތީޖާއެއްގެ ގޮތުން، އޮރެންޖެއް ކެއުމުން ލޭގެ ހަކުރު މަތިވަނީ ވަރަށް ލަހުންނެވެ. އެކަމަކު ޖޫސް ބުއިމުން، ފައިބަރުގެ އެހީތެރިކަމެއް ނެތި ހަކުރުތައް ވަގުތުން ހަށިގަނޑަށް ދަމައިގަނެ، ލޭގެ ހަކުރު ވަރަށް އަވަހަށް މަތިކޮށްލައެވެ. އާންމު ސިއްހަތު ރަނގަޅު މީހުންނަށް އިންސިއުލިންގެ އެހީގައި މިއީ މައްސަލައަކަށް ނުވި ނަމަވެސް، ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ރަނގަޅު ކަމެއް ނޫނެވެ.

އަމާޓީ އިތުރަށް ވިދާޅުވި ގޮތުގައި، އޮރެންޖު ޖޫހަކީ ހަމައެކަނި ހަކުރެއް ނޫނެވެ. އޭގައި ވިޓަމިން ސީ ފަދަ ބޭނުންތެރި ނިއުޓްރިއެންޓްސް އެކުލެއެވެ. އެހެންކަމުން ހަމައެކަނި ހަކުރަށް ބަލައި ބިރުގަތުމުގެ ބަދަލުގައި، މުޅި ކެއުމުގެ ނިޒާމަށް ބަލައިގެން އޭގެ ބޭނުން ހިފުން މުހިންމެވެ.

ހިތާއި ސިކުނޑީގެ ދުޅަހެޔޮކަންގިނައިން އޮރެންޖު ޖޫސް ބުއިމުން ބައެއް ފައިދާތައް ކުރާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 500 މިލިލީޓަރުގެ އޮރެންޖު ޖޫސް ބޯ މީހުންގެ ލޭގެ ހަކުރު ދަށްވެ، އިންސިއުލިންގެ މަސައްކަތް ރަނގަޅުވެ، އަދި ހަށިގަނޑަށް ނުރައްކާތެރި ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްވާކަން ފާހަގަކުރެވިފައިވެ އެވެ. މިއީ ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ ކަންކަމެވެ.

އެންމެ ރަނގަޅީ އޮރެންޖު ކެއުންތަ؟

ކާނާގެ މާހިރުން އިލްތިމާސްކުރައްވަނީ ޖޫހުގެ ބަދަލުގައި މޭވާ އޮތް ގޮތަށް ކެއުމަށެވެ. އެއީ އޭގައި ފައިބަރާއި ފްލޭވަނޮއިޑްސް ފަދަ ސިއްހީ ފައިދާ ބޮޑު މާއްދާތައް ގިނަވުމުންނެވެ. އޮރެންޖެއް ކާލުމުން އޭގައިވާ ވިޓަމިން ސީ އާއި އެހެނިހެން މާއްދާތައް ފައިބަރުގެ ތެރޭގައި ރައްކާތެރިކަމާއެކު ހުރެއެވެ. ނަމަވެސް ޖޫސް ގިރުމުން މި މާއްދާތައް ވަޔަށް ހުށަހެޅި، އޭގެ ބާރު ކެނޑިގެންދެއެވެ.

އަދި ފައިބަރުގެ ސަބަބުން މި ބޭނުންތެރި މާއްދާތައް ގޮހޮރުގެ ތިރީ ބަޔާ ހަމައަށް ފޯރުކޮށްދީ، ގޮހޮރުގައިވާ ރަނގަޅު ބެކްޓީރިއާތަކަށް އޭގެ ފައިދާ ލިބިދެއެވެ.

ޖޫސް ބޯން ބޭނުން ނަމަ، ބާޒާރުން ގަންނަން ލިބޭ ޕެކެޓް ޖޫހަށްވުރެ ގޭގައި ތައްޔާރުކުރާ ތާޒާ ޖޫސް މާ ރަނގަޅެވެ. ފެކްޓްރީތަކުގައި އުފައްދާ ޖޫސް ހޫނުކޮށް (pasteurised) ހެދުމުގެ ސަބަބުން އޭގައިވާ ބައެއް ވިޓަމިންތައް ނެތިގެންދެއެވެ.

ހެނދުނުގެ ނާސްތާ ގައި ފިނި އޮރެންޖު ޖޫސް ތައްޓެއް ބޯލަން ބޭނުންވާ މީހުން ކަންބޮޑުވާކަށް ނުޖެހެއެވެ. އަމާޓީ ވިދާޅުވާ ގޮތުގައި، އެއްވެސް އިތުރު ހަކުރެއް ނުވަތަ ފޮނިކުރާ އެއްޗެއް ނާޅާ ތައްޔާރުކޮށްފައިވާ 100 އިންސައްތަ ސާފު އޮރެންޖު ޖޫސް ހަފުތާއަކު ތިން ހަތަރު ފަހަރު ބުއިމަކީ މައްސަލައެއް ނޫނެވެ.

މަސްދަރު: ބީބީސީ

އޮރެންޖު ޖޫސްހަކުރު ބަލިހިތުގެ ބަލިވިޓަމިން ސީއޮރެންޖު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހާމަ ކުރެއްވީ ޕޯސްޓް-ޕަންކް މިޔުޒިކަށް ކުރައްވާ ލޯބި

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހާމަ ކުރެއްވީ ޕޯސްޓް-ޕަންކް މިޔުޒިކަށް ކުރައްވާ ލޯބި

28 އޮކްޓޯބަރު 2025
ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކުރެވިއްޖެ

ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކުރެވިއްޖެ

04 ސެޕްޓެމްބަރު 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

25 މެއި 2023

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު