Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - lifeStyleAdvertisement
ލައިފް ސްޓައިލްކުކުޅު ކެއުމެއް

ސްޕައިސީ ޗިލީ ސޯސްއާއެކު ފަސޭހައިން ޗިކަން ވޮންޓަން ތައްޔާރު ކުރައްވާނީ ކިހިނެއް؟

10 މާރިޗު 2026 | އަންގާރަ 12:04

މީރު އެއްޗެއް ތައްޔާރުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިއީ ރަނގަޅު ރެސިޕީއެއް. ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭ މި "ސްޕައިސީ ޗިކަން ވޮންޓަން" އަކީ އޭގެ ރަހަ ފަތްތަކުން ކެއުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކެއުމެއް.

އަލް - ހުރަވީ
އަލް - ހުރަވީ | 10 މާރިޗު 2026 | އަންގާރަ 12:04
ސްޕައިސީ ޗިލީ ސޯސްއާއެކު ޗިކަން ވޮންޓަން

ސްޕައިސީ ޗިލީ ސޯސްއާއެކު ޗިކަން ވޮންޓަން | ޑޭ ލައިފް

ރޭގަނޑުގެ ކެއުމަށް ނުވަތަ ހަވީރުގެ ސަޔަށް ތަފާތު އަދި އެހާމެ މީރު އެއްޗެއް ތައްޔާރުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިއީ ރަނގަޅު ރެސިޕީއެކެވެ. ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭ މި "ސްޕައިސީ ޗިކަން ވޮންޓަން" އަކީ އޭގެ ރަހަފަތްތަކުން ކެއުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި:

  • 3 ސައިސަމުސާ ސެސަމީ އޮއިލް
  • 8 އައުންސް ޝިޓާކޭ މަޝްރޫމް (ކޮށާފައި)
  • 1 ލޮނުމެދު (ގާނާފައި)
  • 12 އައުންސްގެ ފްރޯޒަން ޗިކަން ވޮންޓަން ޕެކެޓެއް
  • 1-2 ޖޯޑު ޗިކަން ބްރޮތް (އިސްތިއުމާލުކުރަން ބޭނުންވާ މިންވަރަށް)
  • 1/2 ޖޯޑު ޓެރިޔާކީ ސޯސް
  • 1-2 ސައިސަމުސާ ޗިލީ ކުރިސްޕް ނުވަތަ ކުޅި ޗިލީ އޮއިލް
  • ޒީނަތްތެރިކުރުމަށް: ކޮށާފައިވާ ފިޔާފަތް އަދި ސެސަމީ ސީޑްސް

ތައްޔާރުކުރަށްވާނެ ގޮތް:

ފިޔަވަޅު 1: ތަރުކާރީތައް ކޮށާލައްވަވާށެވެ.

މި ރެސިޕީއަށް އެންމެ ކަމުދަނީ ޝިޓާކޭ މަޝްރޫމް (ސޫޕްގަނޑަށް މީރު ރަހައެއް ގެނެސްދިނުމަށް) އަދި ފިޔާފަތް (މައްޗަށް އެޅުމަށް) އެވެ. މީގެ އިތުރުން ސްޕިނެޗް (ބޯވެލި ފަތް) ނުވަތަ ބޮކް ޗޯއި ފަދަ ފަތެއް އަޅައިގެން ތައްޔާރުކުރުމަކީވެސް ވަރަށް މީރުވާނެ ގޮތެކެވެ!

ފިޔަވަޅު 1: ތަރުކާރީތައް ކޮށާލައްވާށެވެ.

ފިޔަވަޅު 1: ތަރުކާރީތައް ކޮށާލައްވާށެވެ.

ފިޔަވަޅު 2: މަޝްރޫމް އަދި ވޮންޓަންތައް މީރުކޮށްލައްވާށެވެ.

އާންމުގޮތެއްގައި ފުރަތަމަ ސެސަމީ އޮއިލް ކޮޅެއްގައި މަޝްރޫމްތައް މީރުކުރަން ފައްޓަވާށެވެ. އަދި މަޝްރޫމްތައް ރަނގަޅަށް މީރުވުމުން، އޭގެ ތެރެއަށް ފްރޯޒަން ވޮންޓަންތައް އަޅާލައްވާށެވެ.

ފިޔަވަޅު 2: މަޝްރޫމް އަދި ވޮންޓަންތައް މީރުކޮށްލައްވާށެވެ.

ފިޔަވަޅު 2: މަޝްރޫމް އަދި ވޮންޓަންތައް މީރުކޮށްލައްވާށެވެ.

ފިޔަވަޅު 3: ސޯސްގަނޑު ތައްޔާރުކޮށް ލައްވާށެވެ.

ދެން އޭގެ ތެރެއަށް ޗިކަން ބްރޮތް، ކުޑަ ޓެރިޔާކީ ސޯސްކޮޅެއް، ސަމުސަލެއްގެ ޗިލީ އޮއިލް، އަދި ކުޑަ ސެސަމީ އޮއިލްކޮޅެއް އަޅާލައްވާށެވެ. މިއީ ޑިޕިންގް ސޯސްއަކާއި، ސޫޕް ބްރޮތްއެއް އަދި ފިނިޝިންގ އޮއިލްއެއްގެ ސިފަތައް އެކުލެވޭ، މި ތިންބައި އެއްކޮށްލުމުން އުފެދޭ ވަރަށް މީރު ސޯސްގަނޑެކެވެ. މަތި ޖަހައިގެން 5 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލައްވާށެވެ.

ފިޔަވަޅު 3: ސޯސްގަނޑު ތައްޔާރުކޮށްލައްވާށެވެ.

ފިޔަވަޅު 3: ސޯސްގަނޑު ތައްޔާރުކޮށްލައްވާށެވެ.

ފިޔަވަޅު 4: ތައްޓަށް އަޅައި، ޒީނަތްތެރިކުރުމަށްފަހު ސާރވް ކުރަށްވާށެވެ.

ވޮންޓަންތައް ކެކުމުން ބޯތަށްޓަކަށް އަޅާލައްވާށެވެ. އޭގެ މައްޗަށް ފިޔާފަތް އަދި ސެސަމީ ސީޑްސް ބުރުއްވާ ލެއްވުމަށްފަހު، ހޫނުކޮށް ހުއްޓާ މީރުކޮށް ފަރީއްކުޅުވަންވީއެވެ!

މިއީ އެންމެ 15 މިނެޓު ތެރޭގައި ތައްޔާރުކޮށްލެވޭ، އަދި ބޭރުގެ ރެސްޓޯރެންޓަކުން ލިބޭ ފަދަ ފުރިހަމަ ރަހައެއް ލިބޭނެ ކެއުމެކެވެ. ވޮންޓަން ނުލިބޭ ހާލަތްތަކުގައި ޑަމްޕްލިންގްސް ބޭނުން ކުރަށްވައިގެންވެސް މި ރެސިޕީ ތައްޔާރުކޮށްލެއްވިދާނެއެވެ.

ފިޔަވަޅު 4: ތައްޓަށް އަޅައި، ޒީނަތްތެރިކުރުމަށްފަހު ސާރވް ކުރަށްވާށެވެ.

ފިޔަވަޅު 4: ތައްޓަށް އަޅައި، ޒީނަތްތެރިކުރުމަށްފަހު ސާރވް ކުރަށްވާށެވެ.

ސްޕައިސީ ޗިލީ ސޯސްއާއެކު ޗިކަން ވޮންޓަން ކެއްކުން

ސްޕައިސީ ޗިކަން ވޮންޓަންޝިޓާކޭ މަޝްރޫމްސްޕިނެޗްބޮކް ޗޯއި

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 އެޕްރީލު 2020

ޗިކަން ނަގެޓްސް

27 އެޕްރީލު 2020
ޗިކަން ނަގެޓްސް
24 މެއި 2019

ޗިކަން ޕާމެޝަން ވިތް ޕާސްތާ

24 މެއި 2019
ޗިކަން ޕާމެޝަން ވިތް ޕާސްތާ
19 މެއި 2019

ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް

19 މެއި 2019
ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް
16 މެއި 2019

ޗިކަން ފްރައިޑް ރައިސް ރެސިޕީ

16 މެއި 2019
ޗިކަން ފްރައިޑް ރައިސް ރެސިޕީ
10 މެއި 2019

ޑެވިލްޑް ޗިކަން ރެސިޕީ

10 މެއި 2019
ޑެވިލްޑް ޗިކަން ރެސިޕީ
05 ޖޫން 2018

ކީވް ޗިކަން

05 ޖޫން 2018
ކީވް ޗިކަން
30 މެއި 2018

ޑީޕް ފްރައިޑް ޗިކަން ބްރައުން

30 މެއި 2018
ޑީޕް ފްރައިޑް ޗިކަން ބްރައުން
26 މެއި 2018

ޗިކަން ޝަވަރުމާ

26 މެއި 2018
ޗިކަން ޝަވަރުމާ
16 މެއި 2018

ޗިކަން ސްޓަފްޑް ޕޭންކޭކް

16 މެއި 2018
ޗިކަން ސްޓަފްޑް ޕޭންކޭކް
16 މެއި 2018

ގާލިކް ބެސިލް ޗިކަން

16 މެއި 2018
ގާލިކް ބެސިލް ޗިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް