Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ފަސޭހައިން ބަކްލާވާ ތައްޔާރުކޮށްލަމާ!

މިއީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ޑިޒާޓެއް!

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 16 މެއި 2020 | ހޮނިހިރު 06:39
ބަކްލާވާ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލްވަމުން އަންނަ ޑިޒާޓެއް

ބަކްލާވާ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލްވަމުން އަންނަ ޑިޒާޓެއް

ތުރުކީގެ އޮޓޮމަން އެމްޕަޔަރުގެ އުފެއްދުމެއް ކަމަށް ގަބޫލު ކުރެވޭ މި ޑިޒާޓު ވަނީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފަ އެވެ. މިގޮތުން ދިވެހި ބޭކަރީތަކުން ދަނީ މިޑިޒާޓުގެ އެކި ވައްތަރުތައް ތައާރަފު ކުރަމުންނެވެ. މީގެ ތެރޭގައި އޮރެންޖު، ޗޮކްލެޓް އަދި ހެޒަލް ނަޓް ބޭނުންކޮށްގެން ތައްޔާރުުރާ ބަކްލާވާ ހިމެނެއެވެ. އެކަމަކު އަދިވެސް އެންމެ މަގުބޫލީ ކްލެސިކް ޕިސްޓާޝިއޯ ބަކްލާވާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

އެންމެ ފުރަތަމަ 1 ޖޯޑާއި 1/2 ޖޯޑު ފެން ކައްކާށެވެ. ކެކެން ފެށުމުން ހަކުރުކޮޅު އަޅާލާފައި ހާވާލާށެވެ. ކެކެން ފެށުމުން ލުނބޯ ހުތްކޮޅަކާއި، ފޮނިތޮށިކޮޅެއް އެއްކޮށްލާފައި 8 މިނެޓް ވަންދެން ކައްކާލާށެވެ.

ފުށްގަނޑު ތައްޔާރުކޮށްލަން ބޭނުންވާ ތަކެތި އެއްކޮށްލާފައި ތައްޓެއްގައި މޮޑެލާށެވެ. އެއްވުމުން މާ ހިކިއްޔާ ފެންފޮދެއް އެޅިދާނެއެވެ. ދެން ކަރުދާހެއްހާ ތުނިކޮށް ބައި ބަޔަށް ދަމާލާށެވެ. ފުށްގަނޑު ގޭގައި ނުހަދާ ފިހާރައިން ގަނެފައި ހުރި ފިލޯ ޕޭސްޓްރީ ޝީޓުވެސް ބޭނުން ކުރެވިދާނެއެވެ.

ބޮޑު ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާލުމަށް ފަހު ޓްރޭގެ ސައިޒަށް ޝީޓުތައް ކަފާފައި އަތުރަން ފަށާށެވެ. ފަހަރަކު ޝީޓެއްގެ ދޭތެރޭގައި ދިޔާކުރި ބަޓަރުކޮޅުން އެތިކޮޅެއް ހާކާލައި، ކޯންސްޓާޗް މިކްސް އިން އެތިކޮޅެއް ބުރުވާލާށެވެ.

މިގޮތައް ލޭޔަރު ކުރަމުން ކުރަމުންގޮސް ޓްރޭގެ މެދެއްހާ ބޯމިނަށް އެރުމުން އެއްކޮށްފައި ހުރި ނަޓުކޮޅު އަޅާފައި ފަތުރާލާށެވެ. އެއަށްފަހު އަނެއްކާވެސް ލޭޔަރުކުރަމުންދާށެވެ.

އެއްކޮށް ޓްރޭ ފުރުމުން ބޭނުންވާ ސައިޒަކަށް ބަކްލާވާ ތައް ކޮށާލާށެވެ (ޓްރޭގައި ބަހައްޓައިގެން). ދެން 40 - 45 މިނެޓު ވަންދެން 150 ޑިގްރީ ސެލްސިއަސްގައި ފިހެލާށެވެ.

ފިހެވުމުން ކުރިން ތައްޔާރުކުރި ހަކުރު ފަނި އޭގެ މައްޗަށްއަޅާފައި 8 ގަޑިއިރު ފިނިކޮށްލާށެވެ. ބޭނުމިއްޔާ ޓޮޕިންގަކަށް ހިމުން ކުރި ޕިސްޓާޝިއޯ އެޅިދާނެއެވެ.

އިތުރަށް ކިޔާލަން

07 ޖުލައި 2024

ހަތް ދުވަސް ތެރޭގައި ބަރުދަން ލުއި ކޮށްދޭ، މި ޑްރިންކް ތައްޔާރުކޮށްލަމާ

07 ޖުލައި 2024
ހަތް ދުވަސް ތެރޭގައި ބަރުދަން ލުއި ކޮށްދޭ، މި ޑްރިންކް ތައްޔާރުކޮށްލަމާ
20 ޖޫން 2024

ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ހޭންޑް ކްރީމެއް

20 ޖޫން 2024
ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ހޭންޑް ކްރީމެއް
23 އެޕްރީލު 2022

ޕާނުގައި ތައްޔާރުކޮށްލާނެ ފަސޭހަ ރެސީޕީއެއް ބޭނުންތަ؟ ޗިކަން ސްޓަފްޑް ޓިއުބް ތައްޔާރުކޮށްލަމާ!

23 އެޕްރީލު 2022
ޕާނުގައި ތައްޔާރުކޮށްލާނެ ފަސޭހަ ރެސީޕީއެއް ބޭނުންތަ؟ ޗިކަން ސްޓަފްޑް ޓިއުބް ތައްޔާރުކޮށްލަމާ!
17 އެޕްރީލު 2022

ނޫޑްލްސް ކަވާބު މި ގޮތަށް ތައްޔާރުކޮށްލަމާ!

17 އެޕްރީލު 2022
ނޫޑްލްސް ކަވާބު މި ގޮތަށް ތައްޔާރުކޮށްލަމާ!
06 މެއި 2021

މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!

06 މެއި 2021
މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު