Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް

ރޭގަނޑުގެ ނިދި ބޭނުންވާ މީހުންނަށް އޮތް ހައްލެއް!

ނިދަން އޮށޯތުމުގެ އެއް ގަޑި އިރު ކުރިން ފޯނު ބޭނުން ނުކުުރުމަށް އާދަކުރައްވާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 ޖުލައި 2018 | ބުދަ 12:23
އެންމެ މަދުވެގެން ދުވާލަކު އަށްގަޑިއިރު ނިދުމަކީ މުހިއްމު ކަމެއް

އެންމެ މަދުވެގެން ދުވާލަކު އަށްގަޑިއިރު ނިދުމަކީ މުހިއްމު ކަމެއް

ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން އަށް ގަޑިއިރު ނުވަތަ މަދުވެގެން ހަތް ގަޑިއިރު ނިދުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ނަމަވެސް މި ވަގުތުގެ ތެރޭގައިވެސް ނިދުމަށް ބުރޫ އަރާނެ ގިނަ ކަންތައްތަކެއް އާންމު ދިރިއުޅުމުގައި ކުރެވެއެވެ. އޭގެ ތެރޭގައި ކާން ބޭނުންކުރާ ބައެއް އެއްޗެހީގެ ސަބަބުންވެސް ނިދުމަށް އަސަރު ކުރެއެވެ. މިފަދަ ކަންކަމުން ދުރުހެލިވެ، ނިދުމަކީ އަބަދުވެސް އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ހަދަން ޖެހެއެވެ.

ރޭގަނޑު ހޭލާ ހުންނަން ޖެހޭ ކަންކަމުގެ ތެރޭގައި އެމީހަކު އަދާ ކުރަން ޖެހޭ ވަޒީފާގެ ގޮތުންނާއި އަދި ގިނަ ވަގުތު ފޯނު ބޭނުންކުރުން ހިމެނެއެވެ. އެގޮތުން ރޭގަނޑުގެ ހަމަ ނިދި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަމަށް އޮތް ހައްލުތައް ކިޔައިދޭނަމެވެ.

  1. ފޯނު ބޭނުން ނުކުރުން

ނިދަން އޮޝޯތުމުގެ އެއް ގަޑި އިރު ކުރިން ފޯނު ބޭނުން ނުކުުރުމަށް އާދަކުރައްވާށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނޫކުލަ އަދި ހުދު ކުލަ އެކުލެވޭ އަލި، (މިސާލަކަށް ލެޕްޓޮޕް، ފޯން ސްކްރީން، ޓެބްލެޓް) ފަދަ ތަކެތީގެ އަލިން ދުރުހެލިވުމުން ސިކުނޑި ހަމައަކަށް އެޅުމަށް ވަރަށް ބޮޑެތި ފަސޭކަތަކެއް ލިއްބައިދެއެވެ. އަދި އަވަހަށް ނިދުމަށްވެސް މަގުފަހިވެދެއެވެ.

  1. ރޭގަނޑުގައި ކަސްރަތު ނުކުރުން

ކަސްރަތު ކުުރުމަކީ ހަށިގަނޑަށް އެކަމުން ގިނަ ފާއިދާތަކެއް ލިއްބައިދީ ފަސޭހައިން ނިދުމަށްވެސް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންނަމަވެސް ކަސްރަތު ކުރުމުގައި ރޭގަނޑަށް ވުރެ ބޮޑަށް ދުވާލު ގަޑީގައި ކަސްރަތު ކުރުމަކީ ރަނގަޅު ކަމެެެއް ކަމަށް ދިރާސާއިން ދައްކާފައިވެއެވެ. އެގޮތުން ކަސްރަތު ކުރުމަށް އެންމެ ރަނގަޅީވެސް ހެނދުނު ގަޑީގައެވެ. ރޭގަނޑު ގަޑީގައި ކަސްރަތު ކުރުމުން މީހާގެ ބޮޑީ ޓެމްޕަރޭޗަރ މަތިވެ ހިތުގެ ހިނގުންވެސް އަވަސްވުމަކީ ނިދުމަށް ހުރަސް އެޅޭ ކަމެކެވެ.

  1. ރޭގަނޑު ލަހުން ނުކެއުން

ގިނަ މީހުންނަށް ރޭގަނޑު ގަޑީގައި ލަހުން ކެއުމަކީ ވަރަށް އާންމު ކަމެކެވެ. މިއީ ސިއްހަތަށްވެސް ފާއިދާ ހުރި ކަމަކަށްނުވާއިރު ނިދިން މަހުރޫމްވެސް ކުރާ ކަމެކެވެ. އެގޮތުން ރޭގަނޑު އެއްވެސް އެއްޗެއް ލަހުން ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ދިރާސާއިން ދައްކައެވެ. މިސާލަކަށް ބަތް، ރޮށި ފަދަ ނުކައި ތަންކޮޅެއް ލުއި އެއްޗެއް ކެއުމުގެ ބޭނުމުގައި ބައެއް މީހުން ވޯލްނަޓް ނުވަތަ ބަދަން ކަހަލަ އެއްޗެސް ރޭގަނޑު ކައި އުޅެއެވެ. އެހެން ނަމަވެސް މިއީ ނިދުމަށް އަސަރު ފޯރާއެއްޗަކަށްވާއިރު، މިފަދަ ތަކެތި ކެއުން ވަގުތުން ހުއްޓާލަން ޖެހެއެވެ. ސަބަބަކީ އޭގައި އެކުލެވޭ މެލޮޓޮނިންއިން މީހާ ހޭލާ ހުރުމަށް ހޯމޯންއަށް މަޖްބޫރު ކުރުވައެވެ.

  1. ހަވީރު ނިދުން ހުއްޓާލާ

ގިނަ މީހުންނަކީ މަސައްކަތުގެ މާހައުލު ހުންނަ ގޮތުން ސްޓްރެސް ލެވެލް މަތިވެ، ވަޒީފާ އަދާކުރުމަށްފަހު އައިސް އިރުކޮޅަކަށް ނަމަވެސް ނިދާލާ މީހުންނެވެ. ނަމަވެސް ރޭގަނޑުގެ ނިދުމަކީ ވަރަށް މުހިއްމު އެއްޗަކަށްވާއިރު ހަވީރު ގަޑީގައި ނިދުމަކީ ރަނގަޅު ކަމެއް ކަމަށް ނުބެލެވެއެވެ. އަދި މިގޮތަށް ހަވީރުގަޑީގައި ނިދުމުގެ ސަބަބުން ރޭގަނޑުގެ ނިދިން ބައެއް މަހުރޫމްވެ ނިދި އައުން ލަސްވެއެވެ. އަދި ދުވާލު ގަޑީގައިވެސް ކުޑަކޮށް ނަމަވެސް ނިދާލަން ބޭނުންވާނަމަ މެންދުރުގަޑީގައި 20 މިނިޓް ވަރަށް ނިދާލުމަކީ ރަނގަޅު ކަމެވެ.

  1. އެއްގަޑިއެއްގައި ނިދުމަށް މަސައްކަތްކުރޭ

ކޮންމެ ރެޔަކުވެސް އެއްގަޑިއެއްގައި ނިދުމަށް އާދަ ކުރުމަކީ މީހާގެ ސިއްހަތަށްވެސް އެކަމުގެ ސަބަބުން ގިނަ ފާއިދާތަކެއް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ. އެގޮތުން ކޮންމެ ރެޔަކުވެސް އެއްގަޑިއެއްގައި ނިދުމަށް އާދަކޮށްފި ނަމަ އެގަޑިއަށް ނިދި އަންނަ ގޮތްވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

19 އޯގަސްޓު 2025
ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

15 އޯގަސްޓު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު