Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އުފެދުމުގެ އައިބުތައް

ރާއްޖޭ ގައި އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42 ކުދިންނަކީ އުފެދުމުގައި އެކި ކަހަލަ އައިބުތައް ހުންނަ ކުދިން: ދިރާސާ

ދިރާސާ އިން އެނގިގެންދިޔަ ގޮތުގައި އުފަންވާ އިރު ހުންނަ އައިބުތަކަކީ ރާއްޖޭގައި އާންމު ކަމެއް. އަދި މީގެ ތެރެއިން ނޭވާލާ ނިޒާމުގެ އައިބުތަކަކީ އެންމެ ގިނަ ކުދިން މަރުވާން މެދުވެރިވި ސަބަބު ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 08:27
އައިޖީއެމްއެޗް ގެ މެޑިކަލް ޓީމަކުން ރ. އުނގޫފާރު ހޮސްޕިޓަލުގައި ބޭއްވި ސާރޖިކަލް ކޭމްޕެއްގައި ހަރަކާތްތެރިވަނީ

އައިޖީއެމްއެޗް ގެ މެޑިކަލް ޓީމަކުން ރ. އުނގޫފާރު ހޮސްޕިޓަލުގައި ބޭއްވި ސާރޖިކަލް ކޭމްޕެއްގައި ހަރަކާތްތެރިވަނީ | އައިޖީއެމްއެޗް

ރާއްޖޭ ގައި ދިރި ތިއްބާ އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42.4 ކުދިންނަކީ އުފަންވާއިރު އެކި ކަހަލަ އައިބުތައް ހުންނަ ކުދިން ކަމަށް ދިރާސާ އަކުން ހާމަ ވެއްޖެ އެވެ.

ދިރާސާ ގެ މައުލޫމާތު ބިނާ ކޮށްފައި ވަނީ  2016 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް، ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ދިރި ތިއްބާ އުފަންވި ކުދިންގެ މައުލޫމާތުގެ މައްޗަށެވެ.

މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް ގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި ފާއިތުވި 9 އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް އުފަންވި ހުރިހާ ކުދިންގެ މައުލޫމާތުގެ މައްޗަށް ބަލާފައިވާ ކަމަށް ބުނެފައިވެ އެވެ. ބަނޑަށް މަރުވާ ކުދިންނާއި ބައިގެންދާ ކުދިން މި ދިރާސާ ގައި ނުހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި މުއްދަތުގެ ތެރޭގައި ދިރިތިބި ޖުމްލަ 17,188 ކުދިން އުފަންވެފައިވާއިރު، މީގެ ތެރެއިން 729 ކުދިންނަކީ (4.24 އިންސައްތަ) އުފަންވި އިރު އެކި ކަހަލަ އައިބުތައް ހުރި ކުދިން ކަމަށް ދިރާސާ ގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ޖުމްލަ 1,215 ބާވަތުގެ އައިބެއް ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އައިބު ހުރި ކުދިންގެ ތެރޭގައި ހިމެނެނީ 313 އަންހެން ކުދިންނާއި (43 އިންސައްތަ)، އެއްމާބަނޑު ދެބެއިންގެ ގޮތުގައި އުފަންވި 16 ކުދިން ކަން ދިރާސާ ގައި ފާހަގަ ކޮށްފައިވާއިރު، ފާހަގަ ކުރެވުނު އައިބުތަކުގެ ތެރެއިން 312 އައިބެއް (26 އިންސައްތަ) ފެނިފައި ވަނީ ދުވަސް ނުފުރާ ވިހާފައިވާ ކުދިންގެ ކިބައިން ކަމަށް ވެސް ބުނެފައިވެ އެވެ.

އުފަންވާއިރު އައިބު ހުރި ކުދިން ވިހެއި 710 މައިންގެ ތެރެއިން 107 މައިންނަކީ (15 އިންސައްތަ) މާބަނޑު ދުވަސްވަރު ހަކުރު ބަލި  ހުރި މީހުންކަން ފާހަގަ ކޮށްފައިވެ އެވެ. އައިބު ހުރި ކުދިންގެ ބަރުދަން އެވްރެޖްކޮށް ހުރީ 2,862 ގްރާމްގައި ކަމަށާއި އަދި ބަނޑަށްވީ މުއްދަތަކީ އެވްރެޖްކޮށް 37.5 ހަފުތާ ކަމަށް ވެސް ދިރާސާގައި ބުނެ އެވެ.

ކުދިންގެ ސިއްހީ ހާލަތަށް ބަލާއިރު، 24 ކުއްޖެއްގެ (3.3 އިންސައްތަ) ހަކުރު ދަށްވެފައިވާ ކަމަށާއި، 21 ކުއްޖެއްގެ (2.9 އިންސައްތަ) ހަށިގަނޑުގެ ހޫނުމިން ވަނީ ދަށުގައި ކަމަށާއި، އަދި ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން 27 ކުއްޖަކު (3.7 އިންސައްތަ) ވަނީ މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް މަރުވި ކުދިންގެ ތެރެއިން އެންމެ ގިނައީ ފުއްޕާމޭ ރަނގަޅަށް ނުއުފެދުމުގެ ސަބަބުން މަރުވި ކުދިން (ޖުމްލަ 6 ކުދިން، މަރުވި ކުދިންގެ 22 އިންސައްތަ) ކަމަށާއި މީގެ އިތުރުން ދެ ކުއްޖަކު މަރުވީ ޑައިފްރަމެޓިކް ހާނިއާ ގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ. އަދި އަނެއް ދެ ކުއްޖަކު މަރުވީ ޕޮޓާސް ސިންޑްރޯމް ބަލީގައި ކަމަށާއި މީގެ އިތުރުން 82 ކުއްޖަކަށް (11.2 އިންސައްތަ) ނޭވާލުމަށް އެހީތެރިވެދޭ "ބޭގް އެންޑް މާސްކް ވެންޓިލޭޝަން" ދޭން ޖެހުނު ކަމަށް ވަނީ ބުނެފަ އެވެ.

މި ދިރާސާއިން ދައްކާގޮތުގައި، އައިބުތަކުގެ ތެރޭގައި ނިސްބަތުން ބޮޑެތި އައިބުތަކާއި ކުދި އައިބުތައް ހިމެނޭ އިރު އެންމެ އާންމުކޮށް ފާހަގަކުރެވިފައި ވަނީ ލޭދައުރުކުރާ ނިޒާމުގެ އައިބުތައް (28.7 އިންސައްތަ) ކަމަށް ބުނެފައިވެ އެވެ. މި ބާވަތުގެ އައިބުތައް ކޮންމެ 1,000 ކުއްޖަކުން 20 ކުދިންގެ ކިބައިން ފެންނަ ކަމަށް ފާހަގަ ކޮށްފައި އެވެ.

މި ދިރާސާ އިން އެނގިގެންދިޔަ ގޮތުގައި އުފަންވާ އިރު ހުންނަ އައިބުތަކަކީ ރާއްޖޭގައި އާންމު ކަމެކެވެ. އަދި މީގެ ތެރެއިން ނޭވާލާ ނިޒާމުގެ އައިބުތަކަކީ އެންމެ ގިނަ ކުދިން މަރުވާން މެދުވެރިވި ސަބަބު ކަމަށް ބުނެފައިވެ އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްމޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗްހަކުރު ބަލިޕޮޓާސް ސިންޑްރޯމްއުފެދުމުގައި ހުންނަ އައިބުތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޮރެންޖު ޖޫސްތަ؟ އޮރެންޖުތަ؟ ރަނގަޅީ ކޮން ގޮތެއް؟

އޮރެންޖު ޖޫސްތަ؟ އޮރެންޖުތަ؟ ރަނގަޅީ ކޮން ގޮތެއް؟

02 ޖެނުއަރީ 2026
އެންއައިސީޔޫގައި ބެކްޓީރިއާ ފެތުރި ގިނަ ކުދިންނަށް ބަލިޖެހުނީ އައިޖީއެމްއެޗްގައި ޑިސްއިންފެކްޓެންޓު ހުސްވެފައި ހުއްޓާ: އާޒިމް

އެންއައިސީޔޫގައި ބެކްޓީރިއާ ފެތުރި ގިނަ ކުދިންނަށް ބަލިޖެހުނީ އައިޖީއެމްއެޗްގައި ޑިސްއިންފެކްޓެންޓު ހުސްވެފައި ހުއްޓާ: އާޒިމް

03 މެއި 2025
ނުރައްކާތެރި ބެކްޓީރިއާއެއް އައިޖީއެމްއެޗްއިން ފެނިއްޖެ

ނުރައްކާތެރި ބެކްޓީރިއާއެއް އައިޖީއެމްއެޗްއިން ފެނިއްޖެ

01 މެއި 2025
ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

25 މެއި 2023
ޗައިނާގައި ތިބި ނުކުޅެދޭ މީހުންގެ 70 އެތައް ޕަސެންޓެއް ހިއްސާ ކުރަނީ ބަރތު ޑިފެކްޓްސް!

ޗައިނާގައި ތިބި ނުކުޅެދޭ މީހުންގެ 70 އެތައް ޕަސެންޓެއް ހިއްސާ ކުރަނީ ބަރތު ޑިފެކްޓްސް!

14 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު