Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

މި މެނިފެސްޓޯ ބިނާކޮށްފައިވަނީ ފަހި ދިރިއުޅުމާއި، ވިޔަފާރިއަށް ފަހި އަދި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ މައްޗަށް، މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ ހައްގުތައް ކަށަވަރުކުރުމާއި، ޕާކިންގެ މައްސަލައަށް ހައްލު ހޯދުމާއި، ވިލިމާލޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެ އިތުރުން އިޖުތިމާއީ ދުޅަހެޔޮކަމަށް އަމާޒުކޮށް، ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވަނީ ރާވާފައި. މީގެ އިތުރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ވެސް މި މެނިފެސްޓޯގެ މުހިންމު އަމާޒެއް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 07:52
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުކުރި މާލޭގެ މެނިފެސްޓޯ އިފުތިތާހު ކުރި ރަސްމިއްޔާތުގެ ތެރެއިން.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުކުރި މާލޭގެ މެނިފެސްޓޯ އިފުތިތާހު ކުރި ރަސްމިއްޔާތުގެ ތެރެއިން. | އެމްޑީޕީ

އަމާނަތްތެރި ޚިދުމަތް، މާލެ ސިޓީގެ ވިންދުގެ ނަމުގައި އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުކުރި މާލޭގެ މެނިފެސްޓޯ އިފުތިތާހުކޮށްފި އެވެ.

މި މެނިފެސްޓޯ އިފްތިތާހު ކުރީ އާދިއްތަ ދުވަހުގެ ރޭ އަރޓިފިޝަލް ބީޗްގައި އެމްޑީޕީން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. 

މި މެނިފެސްޓޯ ބިނާ ވެފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ.

އެއީ ދިރިއުޅުމުގެ ފުރިހަމަ އުފާ ރައްޔިތުންނަށް ހޯދައިދިނުމަށް ފަހި ދިރިއުޅުން، ވިޔަފާރީގެ ފޮނި މީރުކަން ކަށަވަރުކޮށްދިނުމަށް ވިޔަފާރިއަށް ފަހި، އަދި ރައްޔިތުންގެ ބާރުވެރިކަން ޔަގީންކޮށްދިނުމަށް ރައްޔިތުންނަށް އާރު އެވެ. 

އެގޮތުން ފަހި ދިރިއުޅުމުގެ ތެރެއިން މާލެސިޓީގެ އިހުތިސާސްގެ ތެރޭގައި ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިމަނައި އެސަރަހައްދު ތަކުން ދޫކޮށްފައި ހުރި ގޯތިތައް އަވަހަށް ހަވާލުކޮށް، އަސާސީ ޚިދުމަތްތައް ލިބޭނޭ ހެން ހެދުމާއި، އާބާދު ކުރުމަކީ މުހިންމު އަމާޒެއް ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި، ފްލެޓު ލިބުނު ފަރާތްތަކުގެ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދީ ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ގެދޮރު ބިނާ ކުރުމަށް ރިވޯލްވިންގ ހައުސިން ފަންޑެއް އުފެއްދުމާއި، ސިނަމާލެ ފްލެޓުތައް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ހަމައެއާއެކު ބާވެފައިވާ އިމާރާތްތައް ނައްތާލުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ ބޯހިޔާވަހިކަމުގެ ގައުމީ ނިންމުންތަކުގައި މާލެސިޓީ ކައުންސިލްގެ ދައުރު މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރުމަށް ރޭވިފައިވާ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެ އެވެ. 

މެނިފެސްޓޯގައި ވާ ގޮތުން، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މަލްޓިޕަރޕަސް ޕާކިން އިމާރާތްތަކާއި ގޭދޮށު ޕާކިން ތައާރަފް ކުރުން ހިމެނޭ ކަމަށެވެ. އަދި ހަނި ގޯޅިތައް ހިތްފަސޭހަ ތަންތަނަށް ހެދުމާއި، ޒަމާނީ ބަސް ހުއްޓިތަކާއި، ޓްރެފިކް ލައިޓްތައް ހަރު ކުރުމުގެ އިތުރުން އުޅަނދުތައް ގެންގުޅެވޭނެ ވަކި މިންވަރެއް ކަނޑައަޅައި ތަންފީޒު ކުރާނެ ކަމަށެވެ.  

އޭގެއިތުރަށް، ދީނީ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ބޮޑެތި މީހުންގެ ގުރުއާން ކްލާސްތަކާއި، ހާފިޒުން އުފެއްދުމުގެ ގުރުއާން ކްލާސްތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކޮށް ތަފާތު މުބާރާތްތައް ބާއްވާނެ ކަމަށެވެ.

މެނިފެސްޓޯގައި ބުނީ، ސާފު މާލެސިޓީއަކަށް ހެދުމަށް ކުނި ނެގުމުގެ މަސައްކަތް ފުޅާ ކުރެވޭނެ ކަމަށާއި، ކުނީގެ މައްސަލައަށް ރައްޔިތުން ހޭލުންތެރި ކުރުވައި ޚިދުމަތްދޭ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށެވެ.

ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތައް ހޯދައިދޭނެކަން ފާހަގަކޮށް މެނިފެސްޓޯގައި ބުނީ، އެސްއެމްއީ ހަބާއި، ސްޓާޓާ ހަބް ގާއިމްކޮށް ޒުވާނުންނާ އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބިޒްނަސް އެކްސްޕޯތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މާލެސިޓީ ގައި ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި ވިލިމާލެ ލޯކަލް ޓޫރިޒަމަށް ޚާއްސަ ކުރާނެ ކަމަށެވެ. 

މީގެ އިތުރުން ކެޓްޝެލްޓަރގެ ހިންގުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ. 

ވަނީ، އަދި ވަށާޖެހޭ ގޮތަށް މުޅި މާލެސިޓީގެ ތަރައްގީއަށާއި، މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް ބުނެފައި އެވެ. އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، އެންމެނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ވެސް އެ މެނިފެސްޓޯގައި އެމްޑީޕީން ހިމަނާފައިވެ އެވެ. 

އެގޮތުން އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމާއި، ތަން ހަމައްޖައްސައިދިނުމުގެ މަސައްކަތާއި، ގައުމީ ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްގެން ކުޅިވަރު ހަރަކާތްތައް ހިންގުމާއި، ނަފްސާނީ ދުޅަހެޔޮ ކަމާއި، ކިޔަވާ ކުދީންނަށް ޚާއްސަ ސްޓަޑީ ހަބްތަކާއި، ވޯކް އިން ޑޭކެޔަރ، އަސާސީ ސިއްހީ ޚިދުމަތްތައް ގާއިމް ކުރުން ހިމެނެ އެވެ. އަދި ލޭ އަޅާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާއި، ގެވެށި އަނިޔާ އާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ޚާއްސަ ޔުނިޓެއް ގާއިމްކޮށް އަދި ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މާލޭގައި މަގު މަތީގައި ދިރިއުޅޭ މުޖުތަމައުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްސެޝަނަލް ސަޕޯޓު ސެންޓަރެއް ގާއިމް ކުރަން ވެސް ރާވާފައިވެ އެވެ.

އެމްޑީޕީމާލެ ސިޓީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026
މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ

މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ

09 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

08 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

08 މާރިޗު 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު