Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބު

މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ

9 މާރިޗު 2026 | ހޯމަ 05:19

ޣަފޫރު ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނަމުގައި އައި ސަރުކާރުން ގެންދަނީ ރައްޔިތުންގެ އަތުން ފޭރެމުންކަމަށް ތުހުމަތު ކުރައްވާފައި. އޭގެ މިސާލެއްގެ ގޮތުގައި އޭނާ އަލިއަޅުވާލެއްވީ ތެލުގެ އަގު ބޮޑުވެގެން ދިޔަ ގޮތުގެ މައްޗަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މާރިޗު 2026 | ހޯމަ 05:19
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) | ރާއްޖެ އެމްވީ

މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

މެމްބަރު ޣަފޫރު އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެމްބަރު ވިދާޅުވީ، ހުޅުމާލޭ ބިން ހިއްކަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްކަމަށް މީގެ އެތައް އަހަރެއް ކުރިން ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް އޭގެ ފަހުން އައި ވެރިކަންތަކުގައި މާލޭގެ ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަމެއް ދޭން ކެރުނީ ހަމައެކަނި ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ކަމަށެވެ.

ނެތް ބޯހިޔާވަހިކަމެއް ދީފައެއް، އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނޭ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން އައިސް މި ތިބީ، އެކަން އަޅުގަނޑުމެން ކުރާނީ،
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ޣަފޫރު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ތަފާތު ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުންނަކީ އިޚްލާސްތެރިކަމާއެކު ޚިދުމަތް ކޮށްދޭނެ ބައެއް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭނީވެސް އެފަދަ ބަޔަކަށްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަކަމަށެވެ.

ތިޔަ ބޭފުޅުންނަށް ފެންނާނެ މާލެ ސިޓީގައި ހުރި ހާ މައްސަލަތައް، އެއަށްވުރެ ގިނަ މައްސަލަ އެބޭފުޅުންގެ ކެންޑިޑޭޓުންގެ އެބަހުރި، ދެން ކިހިނެއްތޯ މިބޭފުޅުންނަށް މާލޭގެ މައްސަލަތައް ޙައްލުކޮށްދެވޭނީ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ޣަފޫރު ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނަމުގައި އައި ސަރުކާރުން ގެންދަނީ ރައްޔިތުންގެ އަތުން ފޭރެމުންކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ އަލިއަޅުވާލެއްވީ ތެލުގެ އަގު ބޮޑުވެގެން ދިޔަ ގޮތުގެ މައްޗަށެވެ.

މީގެ އިތުރުން، މި ސަރުކާރުން ރައްޔިތުންނަށް ތެދުވެރިކަމާއެކު ޚިދުމަތް ކުރުމުގެ ނިޔަތެއް ނެތްކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއީ ވައުދު ފުއްދާނެ ސަރުކާރެއް ނޫން ކަމަށާއި، މުޅިންވެސް ފެންނަމުންދަނީ ރައްޔިތުންނަށް އޮޅުވާލަމުންދާ މަންޒަރު ކަމަށެވެ.

ޣަފޫރު ވަނީ އެމްޑީޕީން ރައްޔިތުންގެ ޙައްޤުގައި އަބަދުވެސް ވަކާލާތު ކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 

 

އަބްދުލްޣަފޫރު މޫސާކައުންސިލް ބާރުތައްއެމްޑީޕީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
08 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

08 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."
08 މާރިޗު 2026

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން
08 މާރިޗު 2026

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

08 މާރިޗު 2026
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި
08 މާރިޗު 2026

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟
08 މާރިޗު 2026

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު
08 މާރިޗު 2026

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026
އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު
08 މާރިޗު 2026

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

08 މާރިޗު 2026
ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ
07 މާރިޗު 2026

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ
07 މާރިޗު 2026

މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

07 މާރިޗު 2026
މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް