Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންތިޚާބުތައް

ހަރަދު ކުޑަ ކުރުމުގެ ނިވަލުގައި ތިބެ ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގައިތަ؟

9 މާރިޗު 2026 | ހޯމަ 09:14

އިންތިޚާބުތައް އެއްކޮށްލުމުން ޚަރަދު ކުޑަވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއީ ގާނޫނުއަސާސީއާ ޚިލާފަށް އަދި ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް ކަމަށް ގާނޫނީ ވަކީލުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުން. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސިޔާސީ މަގާމުތަކާއި އިސްރާފުތައް މަދުކުރެވެން އޮތްއިރު، މިފަދަ ނިންމުންތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުވެދާނެ ކަމުގެ ބިރު އެބައޮތް. އެހެންކަމުން، މި ބަދަލަކީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ. އަދި މިސަރުކާރު ޤާއިމުވި ފަހުން ގާނޫނު އަސާސީ އަށާއި، ގާނޫނުތަކަށް ގެނައި ބަދަލުތަކުން ރައްޔިތުންގެ ހައްގުތައް އުނި ކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 9 މާރިޗު 2026 | ހޯމަ 09:14
ރިޔާސީ ބަޔާން އިއްވި ޖަލްސާ އަށް ރައީސް މުޢިއްޒު ވަޑައިގަންނަވަނީ.

ރިޔާސީ ބަޔާން އިއްވި ޖަލްސާ އަށް ރައީސް މުޢިއްޒު ވަޑައިގަންނަވަނީ. | ރައީސް އޮފީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވާހަކައާ އެކު އެންމެ ބޮޑަށް ދެކެވޭ އެއްވާހަކަ އަކީ ދެ އިންތިޚާބު އެއްކޮލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ވާހަކަ އެވެ. އިންތިޚާބުގެ ކެންޕޭން ފޯރީގައި ކުރިއަށް ގެންދާއިރު، ދެ އިންތިޚާބު އެއް ކޮށްލުމަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ ދެ އިންތިޚާބު އެއްކޮށްލުމަކީ ގައުމުގެ މުސްތުގުބަލަށް ގެނެވޭ ވަރަށް މުހިންމު ރަނގަޅު ބަދަލެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

އެގޮތުން އިންތިޚާބަށް ކުރާ ޚާރަދު ކުޑަ ކުރެވިގެންދާނެ ކަމަށާއި، ވަގުތު ސަލާމަތްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމަށް ފަހު ނަގާ ވޯޓުގައި ބޮޑަށް ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ނަމަވެސް އިންތިޚާބު އެއްކޮލުމަށް ރައްޔިތުންގެ ގާތުގައި އަހާ ސުވާލު ވެސް ގޯހެވެ. ރައްޔިތުންގެ ގާތުގައި އަހަންޖެހޭނެ ހަގީގީ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށް ވާއިރު، މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ ތަރަހައިން ބޭރުން ކޮށްފައިވާ ގޯސް ސުވާލެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. ކުއްލި ކުއްލިއަށް އަވަސް އަވަހަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ގާނޫނު އަސާސީއަކީ ލެޖިޓް އެއްޗަކަށްވާއިރު، ސަރުކާރަށް މެޖޯރިޓީއެއް އޮތް ނަމަވެސް ބަދަލު ގެނެވިގެން ނުވާނެ ކަމަށާއި، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކަން ކުރާ އުސޫލެއް ނޫން ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. މިއީ ތިން ބާރުވަކިވެފައިވާ ޑިމޮކްރަސީ ގައުމެއްގައި ކަންކަން ހިނގާންވާނެ ގޮތެއް ނޫނެވެ.

މިފަދަ ގޮތަކަށް ކަންކަން ހިނގާ ނަމަ، ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓު ސަރުކާރަށް ކާމިޔާބުވެވިއްޖެ ނަމަ، މިނިވަން އަދި ދެފުށްފެންނަ އިތުރު އިންތިޚާބެއް ބާއްވާނެ ކަމާމެދު ވެސް ސުވާލު އުފެދެ އެވެ. 

މީގެ އިތުރުން އިންތިޚާބުތަކާ ގުޅިގެން ހަރަދު ބޮޑުވާ ކަމަށް ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ވެސް ގާނޫނީ ވަކީލުންގެ އިތުރުން ސިޔާސީ ގިނަ ބޭފުޅުން ވަނީ ރައްދު ދެއްވާފަ އެވެ. ރައްޔިތުންނަށް ލިބިދީފައިވާ ވޯޓުލުމުގެ ހައްގުން މަހްރޫމް ނުކޮށް ވެސް ހަރަދު ކުޑަ ކުރެވޭނެ ކިތައްމެ ގޮތްތަކެއް އެބަ ހުއްޓެވެ.

އެގޮތުން ސިޔާސީ ވަޒީފާތައް މަދުކޮށް، ބޮޑެތި ވަފުދުތަކާއެކު ސަރުކާރުން ކުރާ ދަތުރުތައް މަދުކޮށް، ބޭރުގެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް މިލިއަނުން ކުރާ ހަރަދު ކުޑަ ކުރެވިދާނެ އެވެ. އަދި އީދާއި ގުޅިގެން ދަމާ ބޮކިފަތިތަކުން ވެސް ހަރަދު ކުޑަ ކުރެވޭނެ އެވެ. އަދިވެސް އެތައް ކަމަކުން ގައުމުގެ ހަރަދު ކުޑަ ކުރެވެން އެބަ ހުއްޓެވެ.

އެހެންކަމުން މިއީ ރައްޔިތުންނަށް ނުވަތަ ގައުމަށް ހެޔޮ އެދިގެން ކުރާކަމެކޭ ބުނެވޭކަށް ނެތެވެ. މިހާތަނަށް އައިރު ރައްޔިތުންގެ ބާރުވެރިކަން ހަނިވާ ގޮތަށް މިސަރުކާރުން އަމަލު ކޮށްފައިވާކަން އެއީ ފެންނަ އޮތް ހަގީގަތެވެ. ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އޮތީ ނަގާލާފަ އެވެ. އަދި  އިންތިޚާބު އެއްކޮލުމަށް ފެންނަ ނުފެންނަ ކަމަށް ނަގާ ވޯޓުގެ ކަންކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެސް އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން އިންތިޚާބު ބޭއްވުމަށް ކުރަމުންދާ މަސައްކަތުން މިއީ މުޅި ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށްލުމަށް ކުރާ ކަމެއްކަން ހާމަވެގެން ދެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026ލާމަރުކަޒީ ނިޒާމުޑިމޮކްރަސީއިންތިޚާބުތައް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މާރިޗު 2026

އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް. އިންތިޚާބު އެއް ކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

09 މާރިޗު 2026
އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް. އިންތިޚާބު އެއް ކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
09 މާރިޗު 2026

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

09 މާރިޗު 2026
އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި
09 މާރިޗު 2026

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026
 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ
08 މާރިޗު 2026

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

08 މާރިޗު 2026
ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު
08 މާރިޗު 2026

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

08 މާރިޗު 2026
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި
08 މާރިޗު 2026

ދެ އިންތިޚާބު އެއް ކުރަނީ އެއްފަހަރާ ދެ ބާރު، އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން ނަގަން ފަސޭހަ ކުރަން: އީވާ

08 މާރިޗު 2026
ދެ އިންތިޚާބު އެއް ކުރަނީ އެއްފަހަރާ ދެ ބާރު، އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން ނަގަން ފަސޭހަ ކުރަން: އީވާ
07 މާރިޗު 2026

ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

07 މާރިޗު 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި
07 މާރިޗު 2026

ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ހުއްޓާލުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލާ: އަބްދުﷲ ޝާހިދު

07 މާރިޗު 2026
ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ހުއްޓާލުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލާ: އަބްދުﷲ ޝާހިދު
07 މާރިޗު 2026

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް

07 މާރިޗު 2026
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް
06 މާރިޗު 2026

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް