Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މާލެ މެނިފެސްޓޯ

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

މާލެ ސިޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މޭޔަރު އާދަމް އާޒިމަކީ މާލޭގެ ކަންކަން އިސްލާހުކުރުމަށް ނަމޫނާ މަސައްކަތްތަކެއް ކުރައްވާ ހިތްވަރުގަދަ ބޭފުޅެއް ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 8 މާރިޗު 2026 | އާދީއްތަ 18:12
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ 08.03.2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ 08.03.2026 | ރާއްޖެ އެމްވީ

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި ކަމަށާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ، އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ކައުންސިލް އިންތިޚާބަށް ކަނޑައަޅާ މާލެ ސިޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މާލޭގެ މޭޔަރ އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް އަކީ ނަމޫނާ ބޭފުޅެއް ކަަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. މާލޭގެ ވިންދު  ބަދަލު ވަމުން އައި ގޮތް ވަރަށް ކައިރިން ފެނިވަޑައިގަންނަވާފައިވާ ކަމަށާއި މާލޭގެ ވިންދު ޖަހަމުން އައީ ރިމޯޓުން ހިންގަމުން އަންނަ އެއްޗެއްހެން ކަމަށް ޝާހިދު ސިފަކުރެއްވި އެވެ.

"މާލޭގާ ޖަހާ ވިންދަކީ ރިމޯޓުން ޖަހާ ވިންދެއް. އައިސީޔޫގައި އޮންނަ ޕޭޝެންޓެއް ގޮތަށް މާލޭގެ ކަންކަން ހިންގަން ހަވާލުވެގެން ތިބި ބޭފުޅުން އެކަން ކުރަމުން އައީ. އެއަށް ކިޔަނީ ލަފާފުޅާއި އިރުޝާދު. އެހެން ހިންގަނިކޮށް އެމްޑީޕީގެ ބޭފުޅަކު މޭޔަރަކަށް އައީ." ޝާހިދު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން، ޝާހިދު ވަނީ މާލޭގެ މޭޔަރކަމާއި އާޒިމް ހަވާލުވެވަޑައިގަތީ އެ މަސައްކަތަށް އެހީތެރިވާނެ އިތުރު ފަރާތެއް ނެތި ކަމަށާއި އާޒިމް އަކީ ހިތްވަރު ގަދަ ބޭފުޅެއް ކަަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މާލެ އަށް ގެނައި އިސްލާހީ ބަދަލުތަކުގެ ފަހަތުގައި ހުންނެވީ އާދަމް އާޒިމް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މާލެ އަށް ކުރިން ވާރޭ ވެހިއްޖެ ނަމަ މާލޭގެ މަގު މަތީގައި ފެން ހެދުމާއި، ބުޅާ ނަޖިސް ހެދިފައި އޮންނަ ޒަމާން މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ކުރިން ވާރޭ ވެހުމުން ވެރިން ނުކުމެ ނާޗަރަންގީ ކުޅުން ވެސް ނިމުމަކަށް އައީ އާޒިމް ކުރެއްވި މަސައްކަތުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"އެމްޑީޕީ އަކީ ވޯޓު ގަންނަ ބައެއް ނޫން. އެމްޑީޕީ އިން ކުރަނީ އަމާނަތްތެރި ޚިދުމަތެއް. އެހެންވެ 2008 އިން ފެށީގެން ތިލަފަތުގެ ނިޝާން ވޯޓު ކަރުދާހުގައި އޮންނަނީ." ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޕީއެންސީގެ ކިބައިން މާލެ ސަލާމަތް ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ފިއްތުންތަކާއި މަޖުބޫރުކުރުންތަކަށް ބޯނުލަނބާ ރައްޔިތުންނަށްޓަކާ ނުކުމެ ތިބި ބަޔަކީ އެމްޑީޕީ ކަމަށް ވެސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވޯޓު ދޭން ވީ އެމްޑީޕީ އަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މާލެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަބްދުﷲ ޝާހިދުއާދަމް އާޒިމްޕީއެންސީކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން
08 މާރިޗު 2026

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

08 މާރިޗު 2026
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި
08 މާރިޗު 2026

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު

08 މާރިޗު 2026
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު
07 މާރިޗު 2026

100 އަހަރު ވާން ކައިރި ވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުން މި ސަރުކާރަށް ހަމަ އޯކޭ؟

07 މާރިޗު 2026
100 އަހަރު ވާން ކައިރި ވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުން މި ސަރުކާރަށް ހަމަ އޯކޭ؟
07 މާރިޗު 2026

މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

07 މާރިޗު 2026
މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު