Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބާރުތައް ޖަމާކުރުން

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ބާރުތައް ޖަމާކުރައްވާ ބޭފުޅެއް ކަމަށާއި، އެފަދަ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކަށް ލާމަރުކަޒީ ނިޒާމުން މާލެ ސިޓީއާއި ރާއްޖެ ނުހިންގޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ. އާންމު ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަދެ ކުންފުނިތައް އުފެއްދުމުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދޭންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި. މީގެ އިތުރުން، ކުރީ ސަރުކާރުން ހިންގި ތަރައްޤީގެ މަޝްރޫޢުތައް މިހާރު ހުއްޓިފައިވާތީ، ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން ފުންކޮށް ވިސްނުމަށް ރައީސް ޞާލިޙު އިލްތިމާސްކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 19:00
މާލެ ސިޓީ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

މާލެ ސިޓީ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. | އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގެން ކުރެއްވި މަސައްކަތްތައް މާލޭގެ މަގުމަތިން ފެންނަން ހުރި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު މާލޭގެ މަގުތައް ރޮނގުދަމާ ބައިބައިކޮށް އެކި ފަރާތްތަކަށް ކުއްޔަށް ދެއްވި ކަމަށެވެ. އެއިރު ޕާކިންގ އެކި ދާއިރާތައް ހަދައި ޕާކުކުރެވޭނެ ގޮތްތައް ހޯދައިދީފައި ހުރި ނަމަވެސް ރައީސް މުއިއްޒު މޭޔަރު ކަމަށް ވަޑައިގެން މާލޭގައި ހުރި ބޮޑެތި މަގުތައް ކޮށާ އެކި ފަރާތްތަކުގެ އަތުން ކުރިއަށް ފައިސާ ނަގައިގެން އެ ތަންތަން ދެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ ނަސީބަކުން އެ ތަންތަން ސަލާމަތްކުރެވުނު ކަމަށާއި ދުވަސްކޮޅެއް ވީނަމަ އެ ތަންތަން ކުއްޔަށް ނެގި މީހުންގެ މައްޗަށް ރަޖިސްޓްރީކޮށްދީފައި ފަތްދީފައި ވަށާ ފާރު ވެސް ނަގާފައި ހުންނާނެ ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ސިޔާސަތުކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އެ ނުކުންނަވަނީ ޓީމެއް ގޮވައިގެން، ލާމަރުކަޒީ ނިޒާމު މާލެ އާއި ރާއްޖެ ހިންގާނެ ވާހަކައާއިގެން. މިފަދަ ސިޔާސަތުތަކެއް ތަންފީޒުކުރައްވާ ބޭފުޅަކަށް ކިހިނެއްތޯ މާލެ ސިޓީ ހިންގޭނީ؟ މިއަދު ވެސް އެ ގެންދަވަނީ ބާރުތައް ޖަމާކުރަމުން. މިއަދު އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން އެ ކުރައްވާ ކަންތައްތައް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ނުކުރެވި ހުރި ކަންތައްތައް ކުރުން. ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް މަގުފަހިކޮށްދީފައި މަސައްކަތްކުރުމުގެ ފުރުޞަތުތައް ހުޅުވައިދިނުން. އެއެއް ނޫން އަޅުގަނޑުމެންނަށް ޑރ މުޢިއްޒުގެ، ރައީސް މުޢިއްޒުގެ ފަރާތުން މި ފެންނަނީ. އެމަނިކުފާނުގެ ފުރަތަމަ ސިޔާސަތަކީ، ގާއަޅާ ކުންފުންޏެއް އުފެއްދުން. މާލޭގައި އާންމު، ވިޔަފާރި ނުލާހިކު ރަނގަޅަށް ކުރަމުން އަންނަ މަސައްކަތެއް. ދެވަނަ ކަމަކަށް، އައިނު ހަދާ ކުންފުންޏެއް އުފެއްދުން. ތިންވަނަ ކަމަކަށް، ސަރުކާރުން ރިސޯޓުތަކެއް ތަރައްޤީކޮށް، ރައްޔިތުންނަށް ހިއްސާދޭން ފެށުން. މި ހުރި ހުރިހާ ކަމަކީ، ސަރުކާރުގެ އެއްވެސް ކަހަލަ ބައިވެރިވުމެއް ނެތި މި ރާއްޖޭގައި މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތައް.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މި ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަންނާކަށްނުޖެހޭނެ ކަމަށެވެ. ސަރުކާރުން ޖެހޭނީ ފުރުޞަތު ދޭން ކަމަށާއި، ވިޔަފާރިވެރިންނަށް ވެސް ފުރުޞަތުދީ ހިންގުމަށް ވެސް ޖާގަ ދޭންޖެހޭ ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ މާފުށީގެ ރައްޔިތުންނަށް ރައްޔިތުން ބޭނުންވެގެން ގޯތި ދިނުމަށްޓަކައި އަދި އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި 25 ހެކްޓަރުގެ ބިމެއް އެ މަނިކުފާނުގެ ވެރިކަމުގައި ހިއްކި ކަމަށެވެ. އެ ތަނަށް ގޮސް ބަލައިލުމުން އެތަން ފެންނަނީ އޭގެ ޒާތުގައި ކުށްވެރިވެފައި އޮތް ތަނެއްގެ ގޮތުގައި ކަމަށާއި ހިއްކާފައި އޮތް ވެލިގަނޑެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެތަނަށް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ނުދީ އެތަން ކުށްވެރިވެފައި އަރުވާލާފައި ބަންދުކޮށްފައި އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ފަދަ ބޭފުޅަކަށް ރާއްޖެ ލާމަރުކަޒީ ނިޒާމުން ހިންގޭނެ ގޮތެއް ނެތް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ލާމަރުކަޒީ އިންތިޚާބުގައި މާލެ އާއި ރަށްރަށުގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވަންވާނެ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހުޑރ. މުޙައްމަދު މުޢިއްޒުމާލެ ސިޓީލޯކަލް ކައުންސިލް އިންތިޚާބު 2026ލާމަރުކަޒީ ނިޒާމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

08 މާރިޗު 2026
ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

08 މާރިޗު 2026
މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

07 މާރިޗު 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

07 މާރިޗު 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު