Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

9 މާރިޗު 2026 | ހޯމަ 12:31

ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން ޕްރޮމޯޝަނާއި ވަޒީފާގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފަ. ޕީއެންސީގެ ތެރޭގައި އެ އަރައިރުން ބޮޑުވެ ޕާޓީގެ އެތެރޭގައި ވަނީ ހައިޖާނު އުފެދިފަ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 މާރިޗު 2026 | ހޯމަ 12:31
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު | ވަގުތު.އެމްވީ

ޕީއެންސީގެ އިސް ސަފުން ބުނަނީ މިފަހަރު ވޯޓުލާންވާނީ ޕީއެންސީއަށް ކަމަށެވެ. ޚާއްޞަކޮށް މުއިއްޒުވެސް ވިދާޅުވަމުން ގެންދަވަނީ ކައުންސިލްތައް ބޮޑުތަނުން ނަގަން ޖެހޭ ކަމަށެވެ. ޕީޖީ ލީޑަރ ފަލާހު ވިދާޅުވަމުން ގެންދަވަނީ ބޮޑުތަނުން ކާމިޔާބު ވާނެ ކަމަށާއި އިދިކޮޅު އެމްޑީޕީ ފުހެލާނެ ކަމަށެވެ.

އެއަޒުމުގައި އެރޫހުގައި ޕީއެންސީން މިފަހަރު ކުރާ ކެމްޕެއިންގެ ރަމްޒީ ނަމަކީ ދޫންޏެވެ. އަބަދުވެސް ކޮޕީކުރުމުގެ ފަލްސަފާއެއް ގެންގުޅެމުން އަންނަ ޕީއެންސީން މިފަހަރު ވެސް ބޭނުން ކުރަން ފެށީ އެއުކުޅެވެ. އެމްޑީޕީން ތިލަފަތަށް ވޯޓު ދޭށޭ ބުނާ ބުނުން ނަކަލުކޮށް ދޫންޏަށް ވޯޓު ދިނުމަށް ދަނީ ގޮވާލަމުންނެވެ.

ޕީއެންސީގެ ލޯގޯގެ ގޮތުގައި ހުންނަ ދޫންޏަށް ރަމްޒުކޮށް ދޫންޏަށް ވޯޓު ހޯދަން ގިނަ މަސައްކަތްތަކެއް ޕީއެންސީން ކުރަމުންދާއިރު، ޕީއެންސީގެ ދޫނިތަކުގެ މެދުގައި މުޅިން އެހެން ކޯޅުމެއް ވަނީ ފެށިފައެވެ. އެކޯޅުން އިންތިހާއަށް ބޮޑުވެ އެއް ދޫނި އަނެއް ދޫންޏަށް އަރައިރުންވާން ފަށައިފިއެވެ. އިސް ސަފުގައި ތިބި މައިދޫނިތަކާ ނުލައި މެދުފަންތީގެ ދޫނިތަކާއި އާދައިގެ ދޫނިތަކުގެ މެދުގައި ބޮޑު ކުސަ އެއް ދަމަން ފަށައިފިއެވެ. އެއްދޫނި އަނެއް ދޫންޏަށް މޫނު އަނބުރާލާފައިވާއިރު ބައެއް ދޫނިތައް ވަނީ ތުންގަނޑު ބިމަށް ހަރާލާފައެވެ. ހިހޫތަނުން ކެވޭގޮތަށް މޮޅު ލިބޭ ދޫނިތައް ހާ އުފަލުގައި އުޅޭތަން ފެނިގެންނެވެ. އަލަށް ޒިޔާރަތް ކުރާ ދޫނިތަކާއި އޮޅުވޭތޯ ގެނެސްގެން ގެންގުޅޭ ދޫނިތައް އުޅޭ ގޮތުން ހިތްހަމަ ނުޖެހިފައި ތިބި ދޫނިތަކެވެ.

ޕީއެންސީގެ ވިސްނުމަކީ ދޫނިތަކުގެ ތާއީދެއް ނޫނެވެ. ވޯޓުން މޮޅުވުމުގައި ނުވަތަ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާކަށް އެވެރިންނަކަށް އެދޫނިތަކުގެ ވޯޓެއް މުހިއްމެއް ނޫނެވެ. ޚާއްޞަކޮށް ތިލަފަތައް ވެސް ނިސްބަތް ނުވާ އަދި ދޫނި އައިނުގައި ވެސް ނުހިމެނޭ މީހުންގެ ތާއީދެއް އެމީހުންގެ ރުހުމެއް ޕީއެންސީއަކަށް ބޭނުމެއް ނޫނެވެ. ޕީއެންސީގެ ހަމަޔަކީ ގަދަ ބަދަވި ކަމެވެ. ވެރިކަމުގައި މިތިބީ ތިމަންމެންނެވެ. ވޯޓުދޭން މަޖުބޫރުވާނީ ތިމަންމެންނަށެވެ. ވޯޓު ދިނުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ. ނުލައިފިނަމަ ދެންވާނެ ހިތާމަވެރި ގޮތާމެދު ވިސްނާލާފައެވެ. ޕްރޮމޯޝަން ނުލިބިދާނެތީއެވެ. އިންޓަރވިއު ކުރެވުނު ވަޒީފާ ނުލިބިދާނެތީއެވެ. އަމުދުން ވަޒީފާގަނޑު ގެއްލި އާއިލާ ބިކަވާނެތީއެވެ.

އޭގެ ކޮޅުމަތި ވެސް ހިސާބަކަށް ދަނީ ދައްކަމުންނެވެ. ކަންވެދާނޭ ގޮތުގެ ދިރިހުރި މިސާލުގެ ގޮތުގައެވެ. އޭގެ ބައެއް އަލާމާތްތަކުގެ ގޮތުގައެވެ. ކެނޑުމުގެ ކުރިން ވަކަރަށް ޖަހާލުމުގެ ނިޔަތުގައެވެ. އޭގެ އެއްކަމަކީ ރަށްރަށުގައިތިބި މީހުންގެ ވަޒީފާގެ މާހައުލު ބަދަލު ކޮށްލުމެވެ. ވަޒީފާ އަދާކުރަމުންދިޔަ ތަން އެހެންތާކަށް ބަދަލުކޮށްލުމެވެ. ރަށުގައި ހުރެ މުސްކުޅި ބަލި މަންމަ ބެލުމަށްޓަކައި ލިބޭ ކުޑަ މުސާރައަކަށް ވެސް ރަށުގައި ހުރި މީހާ ދުރު އެހެން ރަށްރަށަށް ފޮނުވާލަމުންނެވެ. ކުއްލިއަކަށް ދޭ ނޯޓިސްއަކުންނެވެ. ސީދާ ސީދަލަށް ނުބުންޏަސް އޭނާގެ އިދިކީލި ޚިޔާލުގެ ސަބަބުން އަޅާ އިންޒާރުގެ ފިޔަވަޅަކަށެވެ.

އަނެއް ބަޔަކީ ޕްރޮމޯޝަނެވެ. ދޫނިތަކުގެ މެދުގައި ދެވޭ ޕްރޮމޯޝަނެވެ. ރަށުގެ ވަޒީފާގައި ތިބި މީހުންނަށް ދޭނެ ކަމަށް ބުނެފައި އޮތް ޕްރޮމޯޝަންގެ ވާހަކަ ހިންދާލުމެވެ. އެޕްރޮމޯޝަން ނުލިބިދާނެ ކަމުގެ ކޮޅުމަތި އެދޫނިތަކަށް ދައްކާލުމެވެ. ޕްރޮމޯޝަން ބޭނުންނަމަ އެ ދޫންޏެއްގެ އުޅުން އިސްލާހު ކުރުމަށް މަޖްބޫރު ކުރުމެވެ.

އެންމެ ހައްސާސް ބަޔަކީ އަލަށް ވަޒީފާތަކަށް ގެނެވޭ ދޫނިތަކާއި ވަޒީފާތަކުން ވަކިކުރެވޭ ދޫނިތަކެވެ. ރަށްރަށުގެ ފެނަކައަށް އިންތިހާއަށް ބައިބަޔަށް ދޫނިތައް އެދަނީ ގެންނަމުންނެވެ. ތިލަފަތުގެ މެދުގައި އިށީނދެތިބި ދޫނިތަކާއި ޔާމީންގެ ހުސްގޮނޑި އުފުލަން އުޅުނު ދޫނިތަކެވެ. ސުމާރެއް ނެތި އެދޫނިތައް ޕީއެންސީގެ ދޫނިބައިގަނޑުގެ ތެރެއަށް އެދަނީ ވަންނަމުންނެވެ. ނުވަތަ ވައްދަމުންނެވެ. ހަމަ އެއާ އެއްވަރަށް ޕީއެންސީ ތެރޭގައި ތިބި ބައެއް ދޫނިތައް އެދަނީ ބާކީވަމުންނެވެ. ދޫނި އައިނުން ބޭރުކުރަމުންނެވެ.

ކޮންމެއަކަށް ކުރިއަށްއޮތް އިންތިޚާބު އަތްދަމާލީމާ އަތްޖެހޭ ހިސާބުގައި އޮތްއިރު ޕީއެންސީ ތެރޭގައި މި ބުނެވުނު ރޫހު ވަރަށް ބޮޑަށް ގަދަވެއްޖެއެވެ. ޚާއްޞަކޮށް ރަށްރަށުގައެވެ. ވައިބަރ ގުރޫޕްތަކުގައި ދެކެވޭ ވާހަކަތައް އެގުރޫޕްތަކުން ބޭރުވާން ފަށައިފިއެވެ. ބޮޑުންނަށް ފޮނުވާ ސްކްރީންޝޮޓްތައް ހާމަވާން ފަށައިފިއެވެ. މަށަށް ދޭން ބުނި ވަޒީފާ މަށަށް ނުލިބިގެންނެވެ. މަގޭ ޕްރޮމޯޝަން ހިފަހައްޓާފައި އޮވެގެންނެވެ. މަރުދިން އަހަރެމެން ތިއްބާ އިދިކޮޅުގައި ތިބި މީހުން ގެނެސް ބޮޑު މުސާރަ ދޭތީއެވެ. ދެބަހެއް ބުނެލާ އާއިލާތަކުގެ އެންމެންނަށް ވަޒީފާ ހަމަޖެހޭތީއެވެ. މި ކޯޅުމުގައި އެއްދޫނި އަނެއް ދޫންޏަށް އެވަނީ އަރާރުން ބޮޑުވެފައެވެ. ތަޅާފޮޅުން އިތުރުވެ ކަރުމާރުހިފަން އެވަނީ ފަށާފައެވެ.

ޕީއެންސީޑރ. މުއިއްޒުފަލާޙުއެމްޑީޕީޔާމީން ކައުންސިލް އިންތިޚާބު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މާރިޗު 2026

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

09 މާރިޗު 2026
އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި
09 މާރިޗު 2026

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026
 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ
09 މާރިޗު 2026

މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ

09 މާރިޗު 2026
މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ
08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
08 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

08 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."
08 މާރިޗު 2026

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

08 މާރިޗު 2026
މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު
08 މާރިޗު 2026

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން
08 މާރިޗު 2026

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

08 މާރިޗު 2026
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި
08 މާރިޗު 2026

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟
08 މާރިޗު 2026

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު

08 މާރިޗު 2026
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް