Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އަންހެން ކެންޑިޑޭޓުން

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަންހެނުންގެ ދައުރު ފުޅާވަމުންދާކަން ފާހަގަކުރައްވައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް އެމްޑީޕީން ކުރާ މަސައްކަތްތަކަށް އެ ޕާޓީގެ ލީޑަރޝިޕުން އަލިއަޅުއްވާލެއްވި. ސިޔާސީ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކަކު އަނެކަކަށް އެހީތެރިވެ، ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ކެންޑިޑޭޓުންނަށް އިލްތިމާސްކުރެއްވި. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކައުންސިލްތަކަށް އަންހެނުން އިންތިޚާބުވުމަކީ ލިބޭ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ޤައުމީ ފެންވަރުގެ ސިޔާސީ މަޤާމުތަކުން އަންހެނުން ފެނުމަށް އުއްމީދުކުރައްވާކަމަށް ޕާޓީގެ އިސްވެރިން ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 8 މާރިޗު 2026 | އާދީއްތަ 14:45
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެ އެމްވީ

މާޗް 8 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވަފި އެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އަންހެން ކެންޑިޑޭޓުން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ސިޔާސީ ކަންކަމަކީ ފިރިހެނުންގެ ކަމެކޭ ހީވެފައި އޮންނަ އޮތުން ބަދަލުވެ، ދިވެހި އަންހެނުންގެ ކިބައިގައި ވެސް ސިޔާސީ ޖޯޝާއި ފޯރިހުރިކަން މިއަދު ހާމަވާކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް އަންހެނުންނަށް ޚާއްސަ ގޮނޑިތަކާއި އތމ. ކޮމިޓީތަކަށް މެމްބަރުން އިންތިޚާބުކުރުމުން އެކަމުގެ ފައިދާ މިހާރު ފެންނަމުންދާކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަންހެނުންގެ ބަސް އޮންނަން ޖެހޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގައި އެމްޑީޕީގެ ދައުރަށް ވެސް ޝާހިދު އަލިއަޅުއްވާލެއްވި އެވެ.

ދިވެހިރާއްޖެ އަކީ މީސް ކޮޅު މަދު، ކުޑަ ޤައުމެއް ކަމުގައި ވިޔަސް ރާއްޖޭގެ ތާރީޚުގައި އަންހެނުން އަދާކުރި އިސް ދައުރު ފާހަގަކުރެވޭ. އަންހެނުން ވެރިކަން ވެސް ކުރެއްވި. ޤައުމުގެ މުހިންމު އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައި ހުރި އިރު، އިޤްތިޞާދީ ދާއިރާތަކުގައި، ޤައުމު ބިނާކުރުމުގައި އަންހެނުން މަސައްކަތްކޮށްފަވޭ. އަދި ޤައުމުގެ ތާރީޚާއި ސަޤާފަތް ރައްކާތެރިކުރުމުގައި ވެސް އަންހެނުން މަސައްކަތްކޮށްފައިވޭ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އަންހެން ކެންޑިޑޭޓުންނާއެކު ޝާހިދު ބޭއްވެވި ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސާ ޙިސާން ޙުސެން އާއި، އަންހެނުންގެ ރޫޙުގެ ރައީސާ ރޮޒޭނާ އާދަމް އަދި އަންހެނުންގެ ރޫޙުގެ ނައިބު ރައީސާ މަރިޔަމް އީމާ ޝަފީޤް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ކައުންސިލް ގޮނޑިތަކުގެ އިތުރުން އެހެން ގޮނޑިތަކަށްވެސް އަންހެން ބޭފުޅުން ކުރިމަތިލެއްވިކަމީ އަދި ކުރިން އތމ. ކޮމިޓީގައި ތިއްބެވި ބައެއް ބޭފުޅުން ކައުންސިލަށް ކުރިމަތިލެއްވި ކަމީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރަށްރަށުގައި އުފެދިގެން އަންނަ އަންހެން ބޭފުޅުންގެ ލީޑަރޝިޕް ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ރޮޒޭނާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތްޕުޅަށް ރޮޒޭނާ ތަޢުރީފްކުރެއްވި އެވެ.

އެމްޑީޕީގެ ނައިބު ރައީސާ ޙިސާން ޙުސެންގެ ވާހަކައިގައި، އަންހެނަކަށް ވީތީ ސިޔާސީ މަސްރަހުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކަކު އަނެކަކު ގުޅިގެން، ހިތްވަރު ދީގެން މަސައްކަތްކުރުމަށް ކެންޑިޑޭޓުންނަށް ގޮވާލެއްވި އެވެ. އަދި އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންނަކީ ސިޔާސީ މަސައްކަތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި، ވަރަށް ހިތްވަރުގަދަ ބޭފުޅުންކަން ހިސާން ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ ކުރިއެރުމުގައިވެސް އަންހެނުންގެ ހިއްސާއަކީ ބަލައިނުގަނެ ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށްވެސް ހިސާން ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީއަންހެނުންގެ ދުވަސްލޯކަލް ކައުންސިލް އިންތިޚާބު 2026ހިސާން ހުސައިންރޮޒައިނާ އާދަމް

އިތުރަށް ކިޔާލަން

08 މާރިޗު 2026

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟
08 މާރިޗު 2026

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު
08 މާރިޗު 2026

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026
އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު
08 މާރިޗު 2026

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

08 މާރިޗު 2026
ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ
07 މާރިޗު 2026

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު