Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކުނުދޫ އެއަރޕޯޓް ކަންބޮޑުވުން

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

8 މާރިޗު 2026 | އާދީއްތަ 14:56

ހދ. މަކުނުދޫގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވީ ނަމަވެސް، އެ ސަރަހައްދު ހިމާޔަތް ނުކުރެވި ވެލިގަނޑު ގިރަމުންދާތީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރައްވައި، ޝާހިދު ވަނީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް އިހުމާލުވަމުންދާ ކަމަށް ފާހަގަކުރައްވާފައެވެ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 8 މާރިޗު 2026 | އާދީއްތަ 14:56
ހދ. މަކުނުދޫ

ހދ. މަކުނުދޫ | ހދ. މަކުނުދޫ ކައުންސިލް

ހދ. މަކުނުދޫގައި އެއަރޕޯޓު އެޅުމަށްޓަކައި ހިއްކާފައިވާ ސަރަހައްދުގެ ހިމާޔަތަށް އެއްވެސް މަސައްކަތެއް ނުކުރެވި، އެ ސަރަހައްދުން ކަނޑަށް ވެލިގަނޑު ފައިބަމުންދާ ކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަކުނުދޫގައި ހުންނަވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މަކުނުދޫ އެއަރޕޯޓަކީ އެމްޑީޕީގެ ތަޞައްވުރެއް ކަމަށާއި، އެމްޑީޕީގެ ސަރުކާރުން ރިޔާސީ އިންތިޚާބުގައި ވީ ވަޢުދާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގަމުންދާ ހަމައެކަނި ކަމަކީ، ހިއްކާފައިވާ ވެލިގަނޑު ކަނޑަށް ދެމެމުންދާތަން ބަލަން ތިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޕީއެންސީ. އަށް މަޖިލިސް އަޣުލަބިއްޔަތު ލިބިއްޖެނަމަ، މިއަހަރުގެ ޑިސެމްބަރު މަހު މަކުނުދޫ އެއަރޕޯޓަށް މަތިންދާބޯޓު ޖައްސާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި މީގެ ހަ މަސް ކުރިން އެ ރަށަށް ވަޑައިގެން އެއަރޕޯޓް އިތުރަށް ބޮޑުކުރައްވާނެ ކަމަށާއި، ދެން އެ ރަށަށް ވަޑައިގަންނަވާނީ މަތިން ކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ޝާހިދު ހަނދާންކޮށްދެއްވިއެވެ.

އަޅުގަނޑުމެން އެޅި ފަސްކޮޅު ފިޔަވައި ކުރި އެއްވެސް ކަމެއްނެތް. ތަކުރާރުކޮށް ވަޢުދުވެ ވަޑައިގަންނަވާ، އެކަމަކު އެއްވެސް ވަޢުދެއް ނުފުއްދަވާ.
އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވިއެވެ.

މުޅި އެއަރޕޯޓް ސަރަހައްދު ބޭކާރުވެ، ހާވިޔާވެފައިވާ ކަމަށް ސިފަކުރައްވަމުން ޝާހިދު ވަނީ އެމްޑީޕީއަށް ވޯޓު ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ތަރައްޤީއަށާއި، ޢަދުލު އިންސާފަށާއި، ހެޔޮ ވެރިކަމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

ހދ. މަކުނުދޫމަކުނުދޫ އެއަރޕޯޓްއެމްޑީޕީއަބްދުﷲ ޝާހިދުޑރ. މުޙައްމަދު މުޢިއްޒުޕީއެންސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި

08 މާރިޗު 2026
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު، ޕާޓީގެ އަންހެން ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި
08 މާރިޗު 2026

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟
08 މާރިޗު 2026

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު

08 މާރިޗު 2026
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު
08 މާރިޗު 2026

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު
08 މާރިޗު 2026

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026
އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު
08 މާރިޗު 2026

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

08 މާރިޗު 2026
ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ
07 މާރިޗު 2026

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ
07 މާރިޗު 2026

މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

07 މާރިޗު 2026
މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު
07 މާރިޗު 2026

ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

07 މާރިޗު 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި
07 މާރިޗު 2026

ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

07 މާރިޗު 2026
ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް