Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

ލީގު ރޭހާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، ކުރިމަތީގައި އޮތީ ދިގު ދަތުރެއް ކަމަށް. އޭނާ ބުނީ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި، ކޮންމެ މޮޅަކީ ވެސް މުހިންމު މޮޅެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 07:56
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް | ރޮއިޓާސް

ސްޕެނިޝް ލީގުގައި ވިޔަރެއާލްއާ ދެކޮޅަށް ނިކުންނައިރު، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. 

އޭނާ މިހެން ބުނީ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި މެޗަކީ، ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވީ ފަހުން، އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ކުޅޭ 100 ވަނަ މެޗެވެ.

ވިޔަރެއާލްއާ ދެކޮޅަށް ނިކުންނައިރު، ފްލިކް ބުނީ އެ މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި ދެކިގެން ތިބެވެން ނެތް ކަމަށެވެ. ވިޔަރެއާލް އަކީ ނުރައްކާތެރި ޓީމެއް ކަމަށާއި، އެ ޓީމަކީ ކޮންމެ ވަގުތެއްގައި ވެސް ލަނޑު ޖަހާ ކަހަލަ ޓީމެއް ކަމަށް ފްލިކް ބުންޏެވެ. އޭނާ ބުނީ ބާސެލޯނާ އަށް ބޭކާރު ގޯސް ތަކެއް ހެދެން ނެތް ކަމަށާއި، އެ ޓީމުގެ ވައްޓަފާޅީގައި ކުޅެން ޖެހޭ ކަމަށެވެ.

ލީގު ރޭހާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، ކުރިމަތީގައި އޮތީ ދިގު ދަތުރެއް ކަމަށެވެ. އޭނާ ބުނީ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި، ކޮންމެ މޮޅަކީ ވެސް މުހިންމު މޮޅެއް ކަމަށެވެ. ބާސެލޯނާ އިން ހޯދާ ކޮންމެ މޮޅަކީ، އިދިކޮޅު ޓީމަށް ބާސެލޯނާ އަތުލަން އޮތް ފުރުސަތު ހަނިވާ ކަމެއް ކަމަށް ފްލިކް ބުންޏެވެ.

ބާސެލޯނާ އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ފްލިކް އަށް މިއީ ޚާއްޞަ ޝަރަފެއް ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފްލިކް ބުނީ، ބާސެލޯނާ އަށް އިރުޝާދު ދިނުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް، އަދި ހުވަފަނެއްކަމަށް ފާހަގަކޮށް ބުނީ، ބާސެލޯނާ އާއެކު ހޭދަ ކުރެވޭ ކޮންމެ ވަގުތެއް ވެސް އޭނާ އަށް ޚާއްޞަ ކަމަށެވެ.

ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން މިހާތަނަށް 99 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 74 މެޗުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ. ނުވަ މެޗު އެއްވަރުވެފައިވާއިރު، 16 މެޗުން ވަނީ ބަލިވެފަ އެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން މިހާތަނަށް ހަތަރު ތަށްޓެއް ވެސް ކާމިޔާބު ކޮށްފައިވެ އެވެ.

ވިޔަރެއާލްއާ ދެކޮޅަށް ނިކުންނައިރު، ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ބާސެލޯނާ އޮތީ 25 މެޗުން 61 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 60 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް

ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް

25 ފެބުރުއަރީ 2026
ލެވަންޓޭ ބަލިކޮށް، ބާސެލޯނާ އަލުން އެއް ވަނަ އަށް

ލެވަންޓޭ ބަލިކޮށް، ބާސެލޯނާ އަލުން އެއް ވަނަ އަށް

23 ފެބުރުއަރީ 2026
އޮސަސޫނާ އަތް ދަށުވެ، ރެއާލް އިން ފުރުސަތު ނަގާލައިފި

އޮސަސޫނާ އަތް ދަށުވެ، ރެއާލް އިން ފުރުސަތު ނަގާލައިފި

22 ފެބުރުއަރީ 2026
އޮސަސޫނާ އަތުން ޕޮއިންޓު ހޯދައި ކުރިއަށް ޖެހިލުން ވަރަށް މުހިންމު: އާބެލޯ

އޮސަސޫނާ އަތުން ޕޮއިންޓު ހޯދައި ކުރިއަށް ޖެހިލުން ވަރަށް މުހިންމު: އާބެލޯ

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު