Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އޮތީ ހޯމަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 މެއި 2024 | ހޯމަ 13:04
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި މެންބަރުންގެ ދައުރާ މެދު ޝުއޫރުތައް ހިއްސާކޮށް މުސްތަޤްބަލުގައި އެދޭ ކަންކަން ހިއްސާކޮށްފިއެވެ.

19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އޮތީ ހޯމަ ދުވަހުއެވެ. މި ޖަލްސާގައި ވާހަކަދައްކަމުން މެންބަރުން ވަނީ ކޮވިޑްގެ ހާލަތުގައި ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އަމަލުކުރި ގޮތް ރަނގަޅުކަމަށް ފާހަގަކޮށް އެކަމަށް ޓަކައި އޭރުގެ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ދައުރުގައި ދާއިރާގެ ކުރިއެރުމަށް ޓަކައި ކުރެވުނު ކަންކަމަށް ވެސް އެކި މެންބަރުން އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ވަކިވަކި ދާއިރާތަކާއި ގުޅުން ހުރި ކަންކަމާއި ދާއިރާއަށް ޓަކައި އެދޭ ބައެއް ކަންކަން ވެސް ހާމަކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އޭނާއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުކަން އަދާކުރުމަކީ ކިހާވަރެއްގެ ޒިންމާއެއްކަން ހަނދާންކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ޒިންމާ އަދާކުރާ ގޮތް ބެލުމަކީ މަޖިލީހުގެ ޒިންމާ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އޭނާ މަޖިލީހާ ވަކިވެވަޑައިގަންނަވަނީ ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކުރެއްވިކަމުގެ ހިތްހަމަޖެހިވަޑައިގަތުމާ އެކުގައި ކަމަށެވެ. އަދި ރަނގަޅަށް މަސައްކަތް ކުރެއްވުނީ އާއްމުންގެ އެހީތެރިކަމާ އެކުގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ އަންހެނަކަށް ވީތީ މަޖިލިސް މެންބަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވަރަށް ގިނަ ފުރައްސާރަ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވަނީ އޭނާ މިދިޔަ 5 އަހަރު ކުރެއްވި މަސައްކަތްތަކަކީ އިތުރު އަހަރުތަކަކަށް ވެސް އޭގެ ފައިދާ ލިބިގެންދާނެ މަސައްކަތްތަކެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނީ އެފަދައިން ރައްޔިތުންނަށް ފައިދާވާނެ މޭރުމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އޭނާ މަޖިލީހަށް ކުރިމަތިލެއްވީ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅުއްވައިގެން ކަމަށެވެ. އެގޮތުން ދަތުރުފަތުރާއި ފެނާއި ނަރުދަމާ އާއި މަގު ހެދުމާއި ޚިދުމަތް ދިނުމަށް ބޭނުންކުރާ އިމާރާތްތައް އައު ކުރުމާއި، ދާއިރާގައި ނެތް އިދާރާތައް އެ ދާއިރާއަށް ތައާރަފްކުރުން ފަދަ އެތައް ކަމެއް ކުރައްވަން މަސައްކަތްކުރެއްވި މެންބަރު ސަލީމް ވިދާޅުވިއެވެ. އަދި އެކަންކަން ކާމިޔާބުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވިސްނުންފުޅުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވަނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއަކާ އެކު މަޖިލީހުގައި އަދާކުރެއްވީ ރަނގަޅު ހިތްހަމަޖެހިވަޑައިގަންނަވާ ދައުރެއް ކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޓީތަކުގައި އޭނާއަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

ހަމައެހެންމެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ މަޖިލީހުގެ ބާރު ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވާހަކަދައްކަވާފައެވެ. އަދި މަޖިލީހުގެ ބާރު ކަނޑުވާލަން މީގެ ކުރިން ބައެއް ފަރާތްތަކުން މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަޖިލީހުގައި ހޭދަކުރި މުއްދަތުގައި ކުރި މަސައްކަތްތަކާއި ގުޅޭގޮތުން އިތުރު އެހެން މެންބަރުން ވެސް ވަނީ ވާހަކަދައްކަވާފައެވެ.

މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

19 މާރިޗު 2024
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް

13 މާރިޗު 2024

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު