Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

ނާޒިލް ވިދާޅުވީ، ރައްޔިތުންނަށްޓަކައި އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ އެ ރައްޔިތުންނަށް ހެޔޮ ރަނގަޅު ގޮތް ހޯދައިދިނުމުގެ މަޤްސަދުގައި ކުރަމުންދާ މަސައްކަތްތަކެއް ކަމަށް. އަދި އެކަން އެމްޑީޕީ ނޫން ބަޔަކު ކޮށްދޭނެކަމަށް ވެސް މިއަދު ރައްޔިތުން ޤަބޫލު ނުކުރާކަމަށް ނާޒިލް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މާރިޗު 2026 | ހޮނިހިރު 06:44
އެމްޑީޕީ ހެންވޭރު މެދު ދާއިރާގެ ދޮރުން ދޮރަށް ޙަރަކާތުގެ ތެރެއިން

އެމްޑީޕީ ހެންވޭރު މެދު ދާއިރާގެ ދޮރުން ދޮރަށް ޙަރަކާތުގެ ތެރެއިން | ރާއްޖެ އެމްވީ

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށް ފަހު ވެސް މެދުނުކެނޑި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ނާޒިލް އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހެންވޭރު މެދު ދާއިރާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ޙަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިލް ވިދާޅުވީ، މަސައްކަތް ކުރަނީ ކޮން ބައެއްކަން އަދި ރައްޔިތުންގެ ހާލު ބަލަނީ ކޮން ބައެއްކަން ރައްޔިތުންނަށް މިއަދު ސާފުވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށް ފަހު ވެސް މެދުނުކެނޑި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

 

  މަސައްކަތް ކުރަނީ ކޮން ބައެއްކަން އަދި ރައްޔިތުންގެ ހާލު ބަލަނީ ކޮން ބައެއްކަން ރައްޔިތުންނަށް މިއަދު ސާފުވާނެ. ރައްޔިތުންނާ އެކީގައި މި މަސައްކަތުގައި އަޅުގަނޑުމެން ވޯޓަށް ފަހުގައިވެސް ދެމި ތިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ، ރައްޔިތުންނަށްޓަކައި އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ އެ ރައްޔިތުންނަށް ހެޔޮ ރަނގަޅު ގޮތް ހޯދައިދިނުމުގެ މަޤްސަދުގައި ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަން އެމްޑީޕީ ނޫން ބަޔަކު ކޮށްދޭނެކަމަށް ވެސް މިއަދު ރައްޔިތުން ޤަބޫލު ނުކުރާކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ، މާލެއަށް ގެނެވޭ ތަރައްޤީއާއި ލުއިފަސޭހަކަމުގެ އަސަރު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބޭ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށާއި، އެހެންކަމުން އެ ތަރައްޤީ ގެނައުމަށްޓަކައި ތިލަފަތުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ނުހަނު މުހިއްމު ކަމަށެވެ.

ނާޒިލް ވަނީ އޭޕްރިލް 4 ގައި ބާއްވާ އިންތިޚާބުގައި ތިލަފަތަށް ވޯޓު ދިނުމަށް ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.

 

ނާޒިލްކައުންސިލްއެމްޑީޕީ

އިތުރަށް ކިޔާލަން

06 މާރިޗު 2026

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް
06 މާރިޗު 2026

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

06 މާރިޗު 2026
އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ
06 މާރިޗު 2026

ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

06 މާރިޗު 2026
ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި
06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
06 މާރިޗު 2026

ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު

06 މާރިޗު 2026
ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު