Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހުގެ މެންބަރުންގެ އަދަދު

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަކުރުމަށް އެ ހުށަހެޅުމުގައި ހިމަނާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 11:23
މުޅި މަޖިލީހުގެ ކޮމިޓީ

މުޅި މަޖިލީހުގެ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލުތަކާއި މެންބަރުން އިންތިހާބު ކުރެވޭ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އަންގާރަ ދުވަހު އިއްވާފައިވާ އިރު އާޒިމް ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ މާއްދާއަށް (ނ) އިތުރުކުރުމަށެވެ.

Advertisement - newsAdvertisement

އެ އުސޫލު ހިނގާނީ މިހާރު އިންތިހާބުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމަށްފަހު ދެވަނައަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ފެށުމުން ކަމަށް އާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް އާޒިމް ހުށަހެޅުއްވާފައިވާ ގޮތަށް ބަލާއިރު އިދާރީ ދާއިރާތަކުގެ ތެރެއިން 6،000 މީހުންނާއި 12،000 މީހުންނަށް މެމްބަރެއް، އިދާރީ ދާއިރާތަކުގެ ތެރެއިން 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެމްބަރުން، އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެންބަރުން، އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެންބަރުން އަދި އިދާރީ ދާއިރާތަކުގެ ތެރެއިން 36،000 މީހުންނަށްވުރެ ގިނަނަމަ ފަސް މެންބަރުން ކަނޑައެޅުމަށް ހުށަހެޅުއްވިއެވެ.

އާޒިމް ވަނީ ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް (ރ) އަދި (ބ) އިތުރުކުރުމަށް ވެސް ހުށަހަޅުއްވާފައެވެ. އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަކުރުމަށް އެ ހުށަހެޅުމުގައި ހިމަނާފައިވެއެވެ. އަދި އެކަން ފުރިހަމަ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި އެކަން ތަފުސީލުކޮށް ބަޔާންކުރަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް

13 މާރިޗު 2024

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު