Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަންޑާރަ މިސްކިތް

100 އަހަރު ވާން ކައިރި ވެފައިވާ ބަންޑާރަ މިސްކިތް ތަޅާލުން މި ސަރުކާރަށް ހަމަ އޯކޭ؟

7 މާރިޗު 2026 | ހޮނިހިރު 14:51

މާލޭގައި ހުރި އާސާރީ ބިނާއެއް ކަމަށްވާ ބަންޑާރަ މިސްކިތް ތަޅާލައި، އެ ބިމުގައި އަމިއްލަ ފަރާތެއްގެ އެހީގައި ޒަމާނީ މިސްކިތެއް އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 7 މާރިޗު 2026 | ހޮނިހިރު 14:51
ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން | ޔުމްނާ މައުމޫން

ފެށުނީއްސުރެ މި ސަރުކާރުން ބުނަމުން ދަނީ މިއީ ނިކަން ދީނާއި ޤައުމިއްޔަތަށް އިސްކަން ދޭ ބައެއް ކަމަށެވެ. ބައެއް ފަހަރު ދިވެހިންގެ އާސާރު ދަމަހައްޓާނެ ހަމައެކަނި ބަޔަކީ މިވެރިންނޭ ބުނާހެން ހީވާކަހަލަ އެވެ. އެކަމަކު އަމަލުތައް ފެންނަނީ އެއާއި ދިމާ އިދިކޮޅަށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ދައްކަން މިއުޅެނީ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވާހަކަ އެވެ. އެ މިސްކިތް ތަޅާލާ ވާހަކަ ދެއްކުމުން އެތައް ބަޔަކު އެކަމަށް ފާޑު ކިޔުން އަމާޒުކުރި އެވެ. މި ސަރުކާރުން ނުކުތީ އެ އާސާރު ހަލާކުކޮށްލުމުގެ ދިފާއުގައި ވާހަކަދައްކާށެވެ.

ބަންޑާރަ މިސްކިތް ތަޅާލާ ވާހަކަ ސަރުކާރުން ދެއްކި އިރު ފަހަރުގައި މިސްކިތްތައް ތަޅާލުމަކީ މި ސަރުކާރުން މާ ގަޔާވާ ކަމަކަށް ވެދާނެ އެވެ. އެހެން މި ބުނަން ޖެހުނީ ށ. މިލަންދޫގައި ހުރި މިސްކިތެއް ވެސް މި މޭރުމުން ތަޅާލާފައިވާތީ އެވެ. ށ. ފޯކައިދޫގައި ވެސް ކަން ހިނގީ ހަމަ އެހެންނެވެ. މިސްކިތެއް އެޅުމުގެ ނަމުގައި މި މިސްކިތްތައް ތަޅާލުމަށް ފަހު އާ މިސްކިތް ނޭޅި އެތައް ދުވަހެއް ހޭދަ ވެއްޖެ އެވެ.

ވަޒީރު ޝަހީމު ވިދާޅުވީ ބަންޑާރަ މިސްކިތް ހުންނަ ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއި އެކު އެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ. 

އެތައް އަހަރެއް ވެފައިވާ އާސާރެއް މިފަދަ ގޮތަކަށް ތަޅާލުން މިއީ އާސާރަށް ލޯބި ކުރާ ބަޔަކު ކުރަން ހެޔޮ ވާ ވަރުގެ ކަމެއް ނޫނެވެ. ސަޤާފީ ތަރިކަ ހިމާޔަތް ކުރުމަށް އާ ވުޒާރާ އެއް ހެދުމަށް ފަހު މިހާރު މިކަން ކުރާ ގޮތުން ސަގާފަތާއި އާސާރަށް މާބޮޑު ލޮތްބެއް އޮތް ހެނެއް ހިއެއް ނުވެ އެވެ.

98 އަހަރު ވެފައިވާ މި ފަދަ މިސްކިތެއް ނައްތާލުމަކީ އެއީ ގަދީމީ ތަންތަނާއި މެދު އާއްމު އުސޫލުން  ވެސް ދުނިޔޭގައި ކަންކުރާ ގޮތެއް ނޫނެވެ. މިކަމަށް ފާޑު ކިޔުމުން އެ ތަނަކީ އާސާރީ ތަނެއް ކަމަށް ވެސް ނުވި އެވެ. ފުރަތަމަ ވިދާޅުވީ އެއީ އާސާރީ ތަނެއް ނޫން ކަމަށެވެ. ފާޑުކިޔުން ބޮޑުވުމުން ފަހުން ރާގު ބަދަލުކުރައްވާ އެތަނުގެ އަސްލު ނުގެއްލޭ ގޮތަށް މަސައްކަތް ކުރައްވާނެ ކަަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.  އެއީ މުޤައްދަސް ތަނެއް ނޫން ކަމަށް ވެސް ވަޒީރު ވަކާލާތު ކުރެއްވި އެވެ.

ބަންޑާރަ މިސްކިތް ތަޅާ ނުލެވިގެން އުޅޭހާ ވަރެއް އަދި ނުވެ އެވެ. އާ މިސްކިތެއް އަޅާނެ ތަނެއް ނެތީކީ ނޫނެވެ. މާލޭގައި އަދިވެސް މިސްކިތް އެޅިދާނެ ތަންތަން އެބަ ހުއްޓެވެ. އެކަމަކު ކުއްލިއަކަށް ބަންޑާރަ މިސްކިތް ތަޅާނުލެވިގެން ނޫނީ އެތަން ބަދަލުކޮށް ނުލެވިގެން އުޅެން ޖެހޭ ސަބަބެއް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. ފަހަރުގައި އެކަމުގެ ފަހަތުގައި ވެސް ފޮރުވިފައިވާ ސިއްރެއް އޮތީ ކަމަށް ވެދާނެ އެވެ.

ބަންޑާރަ މިސްކިތްމަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީންމިނިސްޓަރު ޝަހީމްމާލެ

އިތުރަށް ކިޔާލަން

07 މާރިޗު 2026

ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

07 މާރިޗު 2026
ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު
07 މާރިޗު 2026

ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ

07 މާރިޗު 2026
ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެ
06 މާރިޗު 2026

ގިނަ އޮފާ ތަކަކާއެކު ރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރ މާލޭގައި ހުޅުވައިފި

06 މާރިޗު 2026
ގިނަ އޮފާ ތަކަކާއެކު ރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރ މާލޭގައި ހުޅުވައިފި
05 މާރިޗު 2026

މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ

05 މާރިޗު 2026
މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ
05 މާރިޗު 2026

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

05 މާރިޗު 2026
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
03 މާރިޗު 2026

ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

03 މާރިޗު 2026
ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް
03 މާރިޗު 2026

ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ

03 މާރިޗު 2026
ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ
03 މާރިޗު 2026

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ
03 މާރިޗު 2026

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟
02 މާރިޗު 2026

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް