Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

7 މާރިޗު 2026 | ހޮނިހިރު 13:16

ކާބަފައިންގެ ހަނދާންތަކާއި ސަގާފީ ބިނާތައް ނެތި ފަނާ ކޮށްލުމަކީ ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެ ކަމަށާއި، މިފަދަ ތަންތަން ވީރާނާވިޔަ ނުދީ ރައްކާތެރިކުރުމަށް ޝާހިދު ގޮވާލެއްވި. މި ނިންމުމާ ދެކޮޅަށް އާންމު ރައްޔިތުން މީސްމީޑިއާގައި ކެމްޕޭނެއް ފަށާފައިވާއިރު، މިސްކިތް ތަޅާލުމުގެ ވިސްނުން ދޫކޮށްލުމަށް ވެސް ޝާހިދު ސަރުކާރަށް އިލްތިމާސްކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން | 7 މާރިޗު 2026 | ހޮނިހިރު 13:16
އަބްދުﷲ ޝާހިދު ރާއްޖެ ޓީވީ އަށް އިންޓަވިއު ދެއްވަނީ

އަބްދުﷲ ޝާހިދު ރާއްޖެ ޓީވީ އަށް އިންޓަވިއު ދެއްވަނީ | ރާއްޖެ އެމްވީ

ކުރީގެ ބިނާތައް ނައްތާލަމުންގެންދިއުމަކީ ތާރީހަށް ފަސްއެޅުން ކަމަށާއި ކޮންމެ ކަމެއް ސިޔާސީ ނުކުރަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުންނަ ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އާންމު ރައްޔިތުން ސޯޝަލް މީޑިއާގައި ބަހުސްކުރަމުންދާ ދަނޑިވަޅެއްގައި ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ގަދީމީ ބިނާތައް މިގޮތަށް ނައްތާލަމުންދާނަމަ މުސްތަގްބަލުގައި ފަހަތަށް ބަލައިލާނެ އެއްވެސް ތާރީހެއް ނޯންނާނެ ކަމަށާއި އަބަދުވެސް ހުންނާނީ އެއިރެއްގައި ހުންނެވި ރައީސް އަކު ބިނާ ކުރާ ތަންތަން ކަމަށެވެ. 

ޝާހިދު ވިދާޅުވީ މިސަރުކާރުން މީގެ ކުރިން އެއްވެސް ބަޔަކު އެއްވެސް ކަމެއް ކޮށްފައިވާކަން ދައްކަން ބޭނުން ނުވާނަމަ އާސާރީ ބިނާތައް ނައްތާލަންވީ ކަމަށާއި އެހެން ނަމަވެސް އެ ސަގާފަތް ރާއްޖޭގައި ހިނގަންފަށައިފި ނަމަ ކާބަފައިންގެ ހަނދާންތައް މުޅިން ފުހެވިގެންދާނެ ކަމަށެވެ. އަދި އެއީ ނުރައްކާ ކަމެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

މިއިން ކޮންމެކަމެއް ސިޔާސީ ކުރާކަށް ނުވާނެ. އަޅުގަނޑުމެންގެ ތާރީހާ ސަގާފަތަކީ ސިޔާސީ ކުރަންޖެހޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ އުޅުން، އެޅުއްވި ބިނާތައް. އެމީހުން ދިރިއުޅުމުގެ ކަންތައްތައް. ވަކި ބަންޑާރަ މިސަކިތް އެކަންޏެއް ނޫން އަޅުގަނޑު ށ. އަތޮޅަށް މިކުރި ދަތުރުތަކުގައި އެބަފެނޭ މި އަތޮޅުގައިވެސް އަދި ރާއްޖޭގެ އެހެން ދިމާތަކުގައިވެސް ހުރި ސަގާފީ ތާރީހީ އެކި އެކި މިސްކިތްތައް ވީރާނާ އެބަކޮށްލާ.
އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ، ބަންޑަރަ މިސްކިތް ތާޅަލާ އެތަނުގައި މުޅިން އައު ތަނެއް އެޅުމުގެ ވިސްނުން މިސަރުކާރުން ދޫކޮށްލަންޖެހޭ ކަމަށެވެ. ޝާހިދު ވިދާޅުވީ މިސްކިތް ބިނާކުރުމަކީ ސަވާބާއި ދަރުމަ ލިބޭ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމުގެ ފުރިހަމަ ސަވާބު ލިބޭނީ ރައްޔިތުންގެ ވެސް ރުހުން ލިބިގެން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބަންޑާރަ މިސްކިތް ތަޅާލަން ނިންމުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑީއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން "ސޭވް ބަންޑާރަމިސްކިތް" ނަމުގައި މީސްމީޑީއާ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީބަންޑާރަ މިސްކިތްމަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީންސޭވް ބަންޑާރަމިސްކިތް

އިތުރަށް ކިޔާލަން

07 މާރިޗު 2026

ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ހުއްޓާލުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލާ: އަބްދުﷲ ޝާހިދު

07 މާރިޗު 2026
ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ހުއްޓާލުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލާ: އަބްދުﷲ ޝާހިދު
07 މާރިޗު 2026

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

07 މާރިޗު 2026
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ
07 މާރިޗު 2026

މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުން: އާޒިމް

07 މާރިޗު 2026
މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުން: އާޒިމް
07 މާރިޗު 2026

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

07 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް
06 މާރިޗު 2026

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް
06 މާރިޗު 2026

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

06 މާރިޗު 2026
އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ
06 މާރިޗު 2026

ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

06 މާރިޗު 2026
ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި
06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
06 މާރިޗު 2026

ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު

06 މާރިޗު 2026
ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު
06 މާރިޗު 2026

ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

06 މާރިޗު 2026
ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް