Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު އެލް މޯބައިލް

ގިނަ އޮފާ ތަކަކާއެކު ރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރ މާލޭގައި ހުޅުވައިފި

6 މާރިޗު 2026 | ހުކުރު 12:14

އެޕަލް ކުންފުނީގެ ހުއްދައާއެކު ހަމައެކަނި އެ ބްރޭންޑުގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން ހުޅުވި މި ފިހާރައިން ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތްތަކާއި ތަޖުރިބާ ކަސްޓަމަރުންނަށް ލިބިގެންދާނެ. މި ފިހާރަ ހުޅުވުމާ ގުޅިގެން އައިފޯން، މެކްބުކް އަދި އައިޕެޑް ގަންނަ ފަރާތްތަކަށް އަގުހުރި ހަދިޔާތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ކޭޝްބެކް އޮފާތަކެއް ވެސް ވަނީ ހުޅުވާލާފަ. މީގެ އިތުރުން، ފޯނު ޓްރޭޑް-އިން ކުރާ ކަސްޓަމަރުންނަށް ވެސް ޚާއްސަ އިނާޔަތްތަކެއް ލިބޭނެ ކަމަށް އެލް މޯބައިލުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 6 މާރިޗު 2026 | ހުކުރު 12:14
ބުރާސްފަތި ދުވަހުގެ ރޭ އެލް މޯބައިލް ގެ ފަރާތުން މާލެގައި ހުޅުވި ރާއްޖޭގެ ފުރަތަމަ އެޕްލް މޮނޯ ސްޓޯރ

ބުރާސްފަތި ދުވަހުގެ ރޭ އެލް މޯބައިލް ގެ ފަރާތުން މާލެގައި ހުޅުވި ރާއްޖޭގެ ފުރަތަމަ އެޕްލް މޮނޯ ސްޓޯރ | އެލް މޯބައިލް

މޯބައިލް ފޯނާއި އިލެކްޓްރޯނިކް ސާމާނުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެލް މޯބައިލްގެ ފަރާތުން ރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރ މާލޭގައި ހުޅުވައިފި އެވެ.

އެލް ސްޓޫޑިއޯ ގެ ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި މި ފިހާރަ ހުންނަނީ މަޖީދީ މަގު ޑިލައިޓް ފިހާރަ ކައިރީގަ އެވެ.

އެލް ސްޓޫޑިއޯ އަކީ އެޕަލް ކުންފުނިން ފަރުމާކޮށްފައިވާ މާހައުލެއްގައި، ހަމައެކަނި އެ ކުންފުނީގެ އުފެއްދުންތަކާއި އެކްސެސަރީޒް ވިއްކުމަށް ޚާއްސަކޮށް، ހުއްދަދެވިފައިވާ ރީޓެއިލް ފިހާރައެ ކެވެ. މިފަދަ މޮނޯ ސްޓޯރ ތަކަކީ އެޕަލްގެ ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ކުންފުނިން ހުއްދަދީފައިވާ ޕާޓްނަރުން މެދުވެރިކޮށް ހިންގާ ތަންތަނެވެ.

މި ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަނީ ވަރަށް ހާއްސަ އޮފާތަކެއް ހުޅުވާލާފަ

މި ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަނީ ވަރަށް ހާއްސަ އޮފާތަކެއް ހުޅުވާލާފަ | އެލް މޯބައިލް

މި ފިހާރަތަކުން އެޕަލްގެ ބްރޭންޑް ރަމްޒުކޮށްދޭ ފެންވަރުމަތީ ޚިދުމަތްތަކާއި، ފިހާރަ ފަރުމާކުރުމުގައި ގެންގުޅޭ ވަކި ޚާއްސަ އުސޫލުތަކާއި، ފިހާރައިގެ ފިކްސްޗަރތަކުގެ އިތުރުން ކަމާބެހޭ މާހިރުންގެ އެހީތެރިކަން ކަސްޓަމަރުންނަށް އެއްގޮތަކަށް ލިބޭނެކަން ކަށަވަރުކޮށްދެ އެވެ.

އެލް ސްޓޫޑިއޯ ހުޅުވުމާ ގުޅިގެން، މި ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަނީ ވަރަށް ހާއްސަ އޮފާތަކެއް ހުޅުވާލާފަ އެވެ. އެގޮތުން މި ފިހާރައިން އެޕަލް އައިފޯން 17 ސީރީޒް އެންމެ ފުރަތަމަ ބައްލަވައިގަންނަވާ 50 ކަސްޓަމަރުންނަށް އެއަރޕޮޑް 4 ހިލޭ ލިބިގެންދާނެ އެވެ. އަދި މި ފިހާރަ އިން އެޕަލް އައިފޯން 17 ސީރީޒް ބައްލަވައިގަންނަވާ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ސްކްރީން ގާރޑްގެ އިތުރުން 20 ވޮޓްގެ އެޑެޕްޓަރެއް ވެސް ހިލޭ ލިބިގެންދާނެ އެވެ.

އެލް މޯބައިލް ގެ މާކެޓިންގ އެގްޒެކެޓިވް އަލީ އައިހަމް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ

އެލް މޯބައިލް ގެ މާކެޓިންގ އެގްޒެކެޓިވް އަލީ އައިހަމް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ | އެލް މޯބައިލް

އިތުރު އޮފާތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެލް މޯބައިލްގެ މާކެޓިންގ އެގްޒެކެޓިވް އަލީ އައިހަމް ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރގެ ގޮތުގައި އެލް ސްޓޫޑިއޯ ހުޅުވުމަކީ އެލް މޯބައިލްގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އެޕަލްގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރ އެއް ކަމަށްވާ މި ފިހާރަ އިން ޓްރޭޑް ކުރާ ކޮންމެ ފޯނަކަށް 1000 ރުފިޔާގެ ކޭޝް ބެކް ލިބިގެންދާނެ ކަމަށް އައިހަމް ވިދާޅުވި އެވެ. އަދި މި ފިހާރައިން ގަންނަ ބައެއް ސީރީޒްތަކުގެ އެޕަލް މެކް ބުކް އަދި އައިޕެޑަށް 8 އިންސައްތަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އައިހަމް ވިދާޅުވި އެވެ.

މި ފިހާރައިން އެޕަލް އައިފޯން 17 ސީރީޒް އެންމެ ފުރަތަމަ ބައްލަވައިގަންނަވާ 50 ކަސްޓަމަރުންނަށް އެއަރޕޮޑް 4 ހިލޭ ލިބިގެންދާނެ

މި ފިހާރައިން އެޕަލް އައިފޯން 17 ސީރީޒް އެންމެ ފުރަތަމަ ބައްލަވައިގަންނަވާ 50 ކަސްޓަމަރުންނަށް އެއަރޕޮޑް 4 ހިލޭ ލިބިގެންދާނެ | އެލް މޯބައިލް

ގަންނަ ކޮންމެ މެކް ބުކަކާ އެކު 8 އިންސައްތަ ޑިސްކައުންޓްގެ އިތުރުން ބެލްކިންގެ ފައިވް އިން ވަން ޔޫއެސްބީ ހަބެއް ވެސް ހިލޭ ލިބޭނެ ކަމަށް އައިހަމް ވިދާޅުވި އެވެ.

މި ފިހާރަ ހުޅުވުމުން ރާއްޖޭގައި އެޕަލް އުފެއްދުންތަކަށް ބޭނުންވާ ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތާއި ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މާލެއެލް މޮބައިލްއައިފޯންއެޕަލް މޮނޯ ސްޓޯރއެލް ސްޓޫޑިއޯ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
08 އޯގަސްޓު 2026

މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފްލައިޓް މި މަހު ފަށަނީ

08 އޯގަސްޓު 2026
މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފްލައިޓް މި މަހު ފަށަނީ
04 އޯގަސްޓު 2026

އިޓަލީގެ މަޝްހޫރު ބްރޭންޑް އޯވީއެސް ފިހާރައިގައި ފިރިހެނުންނަށް ހާއްސަ ފަންގިފިލާއެއް ހުޅުވައިފި

04 އޯގަސްޓު 2026
އިޓަލީގެ މަޝްހޫރު ބްރޭންޑް އޯވީއެސް ފިހާރައިގައި ފިރިހެނުންނަށް ހާއްސަ ފަންގިފިލާއެއް ހުޅުވައިފި
04 އޯގަސްޓު 2026

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ބޮޑު ސަރަހައްދެއް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާ ޑިފެންސަށް ދީފި

04 އޯގަސްޓު 2026
ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ބޮޑު ސަރަހައްދެއް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާ ޑިފެންސަށް ދީފި
02 އޯގަސްޓު 2026

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!

02 އޯގަސްޓު 2026
ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!
31 ޖުލައި 2026

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން

31 ޖުލައި 2026
އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން
30 ޖުލައި 2026

މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!

30 ޖުލައި 2026
މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!
26 ޖުލައި 2026

މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ

26 ޖުލައި 2026
މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ
22 ޖުލައި 2026

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި

22 ޖުލައި 2026
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި
17 ޖުލައި 2026

ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟

17 ޖުލައި 2026
ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް