Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ޝާހިދު

ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ހުއްޓާލުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލާ: އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ އެ ބިލަކީ ދޮށީ އުމުރުގެ މީހުން އެ އިނާޔަތުން މަހުރޫމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި އެ އިނާޔަތް ދިނީ އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ހައްގުވާ އެއްޗެއްގެ ގޮތުގައި ކަމަށް. އެހެންކަމުން ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލުމަށް އޭނާ ވަނީ ގޮވާލައްވާފަ.

އަލީ ޝާހީން
އަލީ ޝާހީން | 7 މާރިޗު 2026 | ހޮނިހިރު 13:12
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެ އެމްވީ

އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނަޔަތް ހުއްޓާލުމަށް ހީލަތްތެރި ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެ ކަމަށާއި އެކަން ހުއްޓާލުމަށްއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ. 

ޝާހިދު އެފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕޭނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ޅައިމަގަށް ވަޑައިގެން އެމްޑީޕީގެ ކެނޑިޑޭޓުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

ޝާހިދު ވިދާޅުވީ 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް އެ އިނާޔަތް ހައްގުވާނެ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އެކަން ތައާރަފް ކުރީވެސް އެގޮތަށްކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން އެކަންވެސް ބަދަލުކޮށް 65 އަހަރުން މަތީގެ މީހާއަށް އެ އިނާޔަތް ލިބެންޖެހޭކަން ސަރުކާރަށް ސާބިތު ކޮށްދޭން ޖެހޭގޮތަށް ބަދަލުކުރަން އުޅޭކަމަށް ޝާހިދު ވިދާޅުވި އެވެ. 

ދެންވާނެ ގޮތަކީ ދޮށީ އުމުރުގެ ބޭފުޅުން އެކަން ކުރުމަށް ދޮށީ އުމުރުގެ ބޭފުޅުން އެތައް ހަރަދެއް ކުރައްވަންޖެހޭނެ. އެތައްގޮތަކުން އެކަން ސާބިތުކުރުމަށް މަސައްކަތް ކުރަން ޖެހެނޭނެ. މުޅި ބޭނުމަކީ އަނެއްކާވެސް ސަރުކާރުގެ ވަކިތަކުގެ ދަށުގައި ދޮށީ އުމުރުގެ ބޭފުޅުން ވެސް އިތުރު ހައްޔަރެއް ކުރެވިފައި ބޭތިއްބުން. 
އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް ކަނޑާލަން ސަރުުކާރުން މިކުރާ މަސައްކަތާ ދެކޮޅަށް ހުރިހާ ރައްޔިތުން ވެސް އަޑުއުފުލަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަކީ ވެސް ސަރުކާރުން ނިންމާ މިފަދަ ދޯހަޅި ނިންމުންތަކަށް ދެކޮޅުހަދަން ލިބޭ ފުރުސަތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ އެމްޑީޕީން އެކަން ކުރި ގޮތަކީ 65 އަހަރު ވީމަ ވަކި ރައްޔިތެއް ބެލުމެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ދޮށީ އުމުރުގެ އިނާޔަތް ދިނުން ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ދޮށީ އުމުރުގެ މީހުންނަށް ލިބޭ އިނާޔަތް ހޯދަން އެމީހުން ސަރުކާރަށް ދަންނަވާ އެކަމަށް އެދި އާދޭސް ދަންނަވަން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން އެމީހުންނަށް އެ އުނދަގޫވެސް ޖައްސާ އެއިނާޔަތުން އެމީހުން މަހުރޫމްކޮށްލަން އުޅޭ ކަމަށެވެ. 

އަބްދުﷲ ޝާހިދުއެމްޑީޕީށ.ޅައިމަގުދޮށީ އުމުރުގެ އިނާޔަތްލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

07 މާރިޗު 2026

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

07 މާރިޗު 2026
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ
07 މާރިޗު 2026

މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުން: އާޒިމް

07 މާރިޗު 2026
މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުން: އާޒިމް
07 މާރިޗު 2026

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

07 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް
06 މާރިޗު 2026

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް
06 މާރިޗު 2026

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

06 މާރިޗު 2026
އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު