Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓު ބިލް

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

ތެލުގެ އަގު ބޮޑުކުރަންޖެހޭ ހާލަތެއް ނެތް ނަމަވެސް އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށް ކުރީގެ މެންބަރު ބިގޭ ތުހުމަތު ކުރެއްވި. އޭނާ ވިދާޅުވީ ކަރަންޓު ބިލު ކުޑަކުރަން ރައީސް ނިންމެވީ އޮޅުމަކުން ކަމަށާއި، އެކަމުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުން އިތުރު ފައިސާ ނަގައިގެން ކަމަށް. މީގެ އިތުރުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، މި ސަރުކާރުން ރައްޔިތުންނަށް އިހުލާސްތެރި ލުޔެއް ދިނުމުގެ ނިޔަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 13:08
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަ ދައްކަވަނީ | އެމްޑީޕީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރީ ރަމަޟާން މަހުގައި ގޭބިސީތަކުން ދޭ ކަަރަންޓު ބިލުގެ ޑިސްކައުންޓަށް ކަނޑާ ފައިސާ ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑު ކޮށްފައި ވަނީ އަގު ބޮޑު ކުރަން ޖެހޭ ހާލަތް ކުރިމަތިވެގެން ނޫން ކަމަށެވެ. އަދި މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ތެލުގެ އައު ޝިޕްމަންޓެއް މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށާއި، މުދާ އުފުލާ ރޫޓުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައިވާއިރު، އަގު ބޮޑު ކުރުން ބަލައި ނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

 މިރަމަޟާން މަހުގެ ކަރަންޓު ބިލު، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ، އަގުހެޔޮ ޝިޕްމަންޓަކުން ޑީސަލާއި ޕެޓްރޯލުގެ އަގުު ބޮޑު ކުރީ ކަރަންޓު ބިލުތަކަށް ކަނޑާ ޑިސްކައުންޓްތަކަށް ފައިސާ ހޯދުމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 400 ރުފިޔާއަށް ކަރަންޓު ބިލު ކޮންމެ ގެއަކަށް ކުޑަ ކުރަނީ އޭ ވިދާޅުވެވުނީ ވެސް އަމިއްލަ ފުޅަށް އޮޅުމަކުން. އަސްލު ވިދާޅުވާން އުޅުނީ 400 ޔުނިޓޭ ވިދާޅުވާން އުޅުނީ. ދެން އެތަން ކޮޅު ފޫ ބެއްދުމަށްޓަކައި ތެލުގެ އަގަށް ރައްޔިތުންގެ އަތުން އެބައި އިތުރަށް ހޯދުމަށްޓަކައި މިހާރު ކުރެވޭ މަސައްކަތެއް. އެހެންވީމަ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ލުޔެއް ދިނުމުގެ ނިޔަތުގައި ކުރައްވާ ހަމަ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ނުފެނޭ. މިހާރު އަޅުގަނޑުމެންނަށް މި އިވެނީ މިއޮތްހާ ދުވަހު ކާޑުން އަޅުގަނޑުމެން ދެމުންދިޔަ ސަބްސިޑީ. އެގޮތުން ހަކުރުގެ އެބައި އުނިކޮށްލުމަށް. ހަކުރަކީ އާއްމު ރައްޔިތުން އާއްމު ދިރިއުޅުމުގައި ބޭނުން ކުރާ އެއް ބާވަތް ރާއްޖޭގައި ކާޑުގެ ބާވަތްތަކުގެ ތެރެއިން. އެހެން ނަމަވެސް އޭގެން ރައްޔިތުންނަށް ދެމުން އަންނަ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެއަށް ލައިދެމުން އަންނަ ބައި ކަނޑާލުމުގެ ވާހަކަ ހެލްތް މިނިސްޓަރު ދެއްކެވި އަޑު އެހިން.
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) 

ބިގޭ ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ލުޔެއް ދިނުމަށް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި، މިހާތަނަށް ފެނިފައިވަނީ އެމަންޒަރު ކަމަށެވެ. ރައްޔިތުންނަށް އާމްދަނީގެ ގޮތުގައި އިތުރަށް އެއްޗެއް ލިބޭނެ ގޮތެއް ނެތްއިރު، ހަރަދުތައް އިންތިހާއަށް މައްޗަށް އުފުލިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަރުކާރުގައި ރައްޔިތުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑަށް ބިކަވެ ނިކަމެތިވަމުން ކަމަށެވެ. 

އެމްޑީޕީއަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުކަރަންޓު ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

07 މާރިޗު 2026
މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުން: އާޒިމް

މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުން: އާޒިމް

07 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

07 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

06 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު