Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް އިންތިޚާބު

މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުން: އާޒިމް

އާޒިމް ވިދާޅުވީ، މި ސަރުކާރަށް އާނއެކޭ ބުނުމުގެ މާނައަކީ ރާއްޖޭގައި މަޝްރޫއުތައް ވެސް ހިނގާކަމަށް ބުނުން ކަމަށާއި، ނަމަވެސް ހަގީގަތް އޮތީ އެހެން ނޫން ކަމަށް. އެގޮތުން ރަށްރަށުގެ މަޝްރޫއުތައް ވެސް ހުއްޓާފައިވާކަން އާޒިމް ފާހަގަ ކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 06:49
އެމްޑީޕީން ބޭއްވި ދޮރުން ދޮރަށް ޙަރަކާތުގެ ތެރެއިން

އެމްޑީޕީން ބޭއްވި ދޮރުން ދޮރަށް ޙަރަކާތުގެ ތެރެއިން | ރާއްޖެ އެމްވީ

މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ އެދުމަކީ މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނުންކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ކުރިއަށް ގެންދާ ދޮރުން ދޮރަށް ޙަރަކާތުގައި ހެންވޭރު މެދު ދާއިރާގައި ވާހަކަ ދައްކަވަމުންނެވެ.  

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކޮށް ރާއްޖޭގެ ޙާލަތާއި މާލީ ޙާލަތުގެ ވާހަކަ ކިޔައިދިނުން ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީގެ ވާދަވެރި ފަރާތްތަކުން ވައުދު ނުފުއްދާ ކަމަށާއި، އެކަން މިއަދު ރައްޔިތުންނަށް ވެސް އެނގޭ ކަމަށެވެ.

  އެންމެންނަށްވެސް އެނގޭ ވައުދެއް ނޫންކަން ވަނީ ހަދަނީ ދޮގުކަން، މިހާތަނަށް ވެސް އެ ވަމުންދަނީ ދޮގު ވަޢުދުކަން ދިވެހި ރައްޔިތުންނަށް އެބަ އެނގޭ. އެހެންކަމުން އަޅުގަނޑު މި އެދެނީ މާލޭގެ ރައްޔިތުންގެ ކިބައިން މި ދޮގުހަދާ ސަރުކާރަށް ނޫނެކޭ ބުނަން
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް 

މި ސަރުކާރުން ހަދަމުންދާ ދޮގުތަކަށް އަލިއަޅުވައިލައްވައި އާޒިމް ވިދާޅުވީ، އެހާ ގިނަ ދޮގު ހަދާ ބަޔަކަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއްވެސް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީއަކީ ސިޔާސަތުތަކެއް ހިފައިގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ވައުދުވެގެން އަންނަ ޕާޓީއެއްކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމްޑީޕީއަކީ ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ ޕާޓީއެއްކަން ތާރީޚުން ވެސް ސާބިތު ކޮށްދީފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީން ގެންނަ އެކިއެކި ސިޔާސަތުތަކަކީ ވެސް މުޅި ރައްޔިތުންގެ ފައިދާއަށް ބިނާކޮށް އެކުލަވާލާ ސިޔާސަތުތަކެއް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މި ސަރުކާރަށް އާނއެކޭ ބުނުމުގެ މާނައަކީ ރާއްޖޭގައި މަޝްރޫއުތައް ވެސް ހިނގާކަމަށް ބުނުން ކަމަށާއި، ނަމަވެސް ހަގީގަތް އޮތީ އެހެން ނޫން ކަމަށެވެ. އެގޮތުން ރަށްރަށުގެ މަޝްރޫއުތައް ވެސް ހުއްޓާފައިވާކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ހެންވޭރު ހުޅަނގު ދާއިރާގެ ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ވަރަށް ބޮޑަށް އެދިލައްވާ ކަމުގައެވެ. އެއީ ރައްޔިތުންގެ ކަންތައްތައް ގާތުން ބަލައި، ކައުންސިލަށް ގެންގޮސް ވަކާލާތު ކޮށްދޭނެތީކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.  

އާދަމް އާޒިމްއެމްޑީޕީކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

07 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

އިންތިޚާބުތައް އެއްކޮށްލުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން އެތައް ތަނެއް ފަހަތަށް ޖައްސާލަން ސަރުކާރަށް ލިބޭނެ ފުރުސަތެއް: ރީކޯ މޫސަ

06 މާރިޗު 2026
ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު