Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރު ރިފާއު

ދާއިރާގެ ނިކަމެތިންނަށް ފްލެޓް ނުލިބުނުގޮތް ސާފުކުރުމަށް ރިފާއު ސިޓީއެއް ފޮނުއްވައިފި

17 ސެޕްޓެމްބަރު 2017 | އާދީއްތަ 14:35

ފްލެޓް ދިނުމުގެ ކަންކަން ހިންގާފައި އޮންނަންވާނީ ހަމަޔާއި އިންސާފްގެ ތެރެއިން އެންމެ ނިކަމެތިމީހާއަށް ފުރުސަތު ތަނަވަސްވާ ގޮތެއްގެ މަތިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 14:35
މެންބަރު ރިފާއު:ފްލެޓް ދިނުމުގައި މައްސަލަތައް އެބަހުރި

މެންބަރު ރިފާއު:ފްލެޓް ދިނުމުގައި މައްސަލަތައް އެބަހުރި

މާފަންނު ދެކުނު ދާއިރާއިން ފްލެޓަށް ކުރިމަތިލާފައިވާ ނިކަމެތި ރައްޔިތުންނަށް ފްލެޓް ނުލިބުނުގޮތް ސާފުކޮށް ދެއްވުން އެދި އެދާއިރާގެ ޕީޕީއެމަށް ނިސްބަތްވާ ޢަބްދުﷲ ރިފާއު (ބޮޗޭ) ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ޝަކުވާތަކެއްގެ މައްޗަށް ބިނާކޮށް ރިފާއު މިފަދަ ސިޓީއެއް ފޮނުއްވާފައި މިވަނީ ފްލެޓް ދިނުމުގައި އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތްކަމާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަނޑައެޅި ބަޔަކަށް ފްލެޓްތައް ދީފައިވާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

ރިފާއު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނާއި އެފަރާތާއި އެކިގޮތްގޮތުން ގުޅިފައިވާ ރައްޔިތުންގެ ތެރެއިން "ގެދޮރުވެރި ކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ހިމަނާފައިވާ ލިސްޓަށް ނަން އަރާފައި ނުވާތީ އެކަން ވީގޮތެއް ސާފުކޮށްދިނުމަށް އެދި އެމެންބަރަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ރިފާއު ވިދާޅުވީ އެމެންބަރު އަބަދުވެސް ޤަބޫލް ކުރާ ހަމަޔަކީ އެކަން ހިންގާފައިވާންވާނީ ހަމަޔާއި އިންސާފްގެ ތެރެއިން އެންމެ ނިކަމެތިމީހާއަށް ފުރުސަތު ތަނަވަސް ގޮތެއްގެ މަތިން ކަމަށެވެ. އެހެން ނަމަވެސް ހިތާމަޔާއެކު ދަންނަވަން ޖެހެނީ އެދާއިރާގެ ވަރަށް ނިކަމެތި ދިރިއުޅުން އުޅެމުންދާ އެތައް ފަރާތެއްގެ ލިސްޓަގައި ހިމަނާފައި ނުވާކަމަށް ކަމުގައި ރިފާއު ވިދާޅުވެފައި ވެއެވެ. އަދި ރިފާއުގެ ސިޓީގައި ވަނީ އެފަދަ ބައެއްގެ ފޯމް ނަމަބަރުގެ ލިސްޓެއް ހުށަހަޅުއްވާފައެވެ.

ރިފާއު ވަނީ އެލިސްޓުގައިވާ ފަރާތްތަކުގެ މައުލޫމާތު ޗެކްކޮށްދެއްވައި މިފަހަރުގެ ލިސްޓުގައި ނުހިމެނުނީ ކީއްވެކަން އަންގަވައިދެއްވުން އެދިލައްވާ ކަމަށެވެ.

ފްލެޓް ލިބޭ މީހުން ހާމަކުރިއިރު ސަރުކާރަށާއި ހައުސިން މިނިސްޓްރީން އިންސާފުން އެއްކިބާވެފައިވާކަމަށް ބުނެ ރައްޔިތުން އެތައް ޝަކުވާއެއް ހުށަހަޅަމުން ދަނިކޮށް ރިފާއު އެސިޓީގައި ވިދާޅުވެފައިވަނީ އެމެންބަރު ޔަޤީންކުރަން ބޭނުންވަނީ ސަރުކާރުން މިއަދާހަމައަށްވެސް ރައްޔިތުންނަށް ގެނެސްދެއްވާ ތަރައްޤީއާ ދެއްވަމުންދާ ޚިދުމަތްތައްވަނީ ސިޔާސީ ފިކުރެއް ނުބައްލަވާ ހަމަހަމަކަމާއިއެކު އިންސާފުންކަމަށްވާއިރު އެކަންވެސް ގެންދަވާނީ އެހަމައިން ކަމަށް ކަމަށެވެ. އަދި ރިފާއު ހުށަހެޅުއްވި ޝަކުވާއާއި ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ އެހެން ޝަކުވާތަކެއް ބެއްލެވުމަށް ފަހުގައި މެނުވީ ދާއިމީ ލިސްޓެއް ނުނެރުމަށް ވެސް އެދިލައްވާކަމަށް ވިދާޅުވެފައިވެއެވެ.

ރިފާއު މިސިޓީ ފޮނުއްވާފައިވާއިރު އިދިކޮޅު ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރުންވެސް ވަނީ ހައުސިން މިނިސްޓްރީއަށް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް