Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހު ވަގުތު މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

7 މާރިޗު 2026 | ހޮނިހިރު 04:30

މިހާތަނަށް ކުޅެފައިވާ 27 މެޗުން ރެއާލް އަށް 63 ޕޮއިންޓު ލިބޭއިރު، އެއް ވަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 64 ޕޮއިންޓާ އެކު. މެޗުގެ އަދަދު ހަމަކޮށް، ހަަތަރު ޕޮއިންޓަށް ފަރަގު ބޮޑު ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 04:30
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ރެއާލް މެޑްރިޑުން ކުޑަ ކޮށްފި އެވެ. 

ސެލްޓަގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ސެލްޓަ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ. 

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ރެއާލް އަށް ޖަހައިދިނީ އައުރެލިން ޗުއަމެނީ އެވެ. އެ ލަނޑު ޖަހަން ޗުއަމެނީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އާޑާ ގުލާ އެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި، ބޯޖާ އިގްލީސިއަސް ވަނީ ލަނޑު ޖަހައި ސެލްޓަ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. 

މެޗުގެ ދެ ވަނަ ހާފުގައި ރެއާލް އިން ވަނީ އިތުރު ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި، މެޗު އެއްވަރުވާން ދަނިކޮށް އެ ޓީމުން ލަނޑެއް ޖެހި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރެއާލް އަށް އެ ލަނޑު ޖަހައިދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ. 

މޮޅާ އެކު ރެއާލް ދެ ވަނައިގައި އޮތީ، އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މިހާތަނަށް ކުޅެފައިވާ 27 މެޗުން ރެއާލް އަށް 63 ޕޮއިންޓު ލިބޭއިރު، އެއް ވަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 64 ޕޮއިންޓާ އެކު އެވެ. މެޗުގެ އަދަދު ހަމަކޮށް، ހަަތަރު ޕޮއިންޓަށް ފަރަގު ބޮޑު ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްސެލްޓަ ވިގޯ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 މާރިޗު 2026

އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

03 މާރިޗު 2026
އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
01 މާރިޗު 2026

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

01 މާރިޗު 2026
ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
28 ފެބުރުއަރީ 2026

ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

28 ފެބުރުއަރީ 2026
ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
26 ފެބުރުއަރީ 2026

ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް

26 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް
23 ފެބުރުއަރީ 2026

ލެވަންޓޭ ބަލިކޮށް، ބާސެލޯނާ އަލުން އެއް ވަނަ އަށް

23 ފެބުރުއަރީ 2026
ލެވަންޓޭ ބަލިކޮށް، ބާސެލޯނާ އަލުން އެއް ވަނަ އަށް
22 ފެބުރުއަރީ 2026

އޮސަސޫނާ އަތް ދަށުވެ، ރެއާލް އިން ފުރުސަތު ނަގާލައިފި

22 ފެބުރުއަރީ 2026
އޮސަސޫނާ އަތް ދަށުވެ، ރެއާލް އިން ފުރުސަތު ނަގާލައިފި
21 ފެބުރުއަރީ 2026

އޮސަސޫނާ އަތުން ޕޮއިންޓު ހޯދައި ކުރިއަށް ޖެހިލުން ވަރަށް މުހިންމު: އާބެލޯ

21 ފެބުރުއަރީ 2026
އޮސަސޫނާ އަތުން ޕޮއިންޓު ހޯދައި ކުރިއަށް ޖެހިލުން ވަރަށް މުހިންމު: އާބެލޯ
18 ފެބުރުއަރީ 2026

ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ

18 ފެބުރުއަރީ 2026
ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ
17 ފެބުރުއަރީ 2026

ޖިރޯނާ އަތުން ބަލިވެ ބާސެލޯނާ އަށް އެއް ވަނަ މަގާމު ގެއްލި، ރެއާލް އަށް ލީޑު ލިބިއްޖެ

17 ފެބުރުއަރީ 2026
ޖިރޯނާ އަތުން ބަލިވެ ބާސެލޯނާ އަށް އެއް ވަނަ މަގާމު ގެއްލި، ރެއާލް އަށް ލީޑު ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް