Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ241 ކޮމިޓީ

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

4 ޑިސެމްބަރު 2025 | ބުރާސްފަތި 08:02

މި ސަރުކާރު ބޭނުންވާ ގޮތަށް މިހާރުގެ ސީޕީ އިސްމާއީލް ނަވީން ކޮންޓްރޯލް ނުކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޑިސެމްބަރު 2025 | ބުރާސްފަތި 08:02
ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގެ ތެރެއިން- ފައިލް ފޮޓޯ

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގެ ތެރެއިން- ފައިލް ފޮޓޯ

ސަރުކާރުން ބޭނުންވާ ކޮންމެވެސް މީހަކު ޕޮލިސް ކޮމިޝަނަރު (ސީޕީ)ގެ މަގާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ)ން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މީކާއީލް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވެފައިވާއިރު، ޕޮލިސް ކޮމިޝަނަރެއް ފައިނަލް ނުވާ ކަމަށާއި، މިހާރު ވެސް މަޖިލީހުގެ 241 ކޮމެޓީގައި ވަކި ބޭފުޅަކު އެ މަގާމަށް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު މީކާއީލް ވިދާޅުވީ މި ސަރުކާރު ބޭނުންވާ ގޮތަށް މިހާރުގެ ސީޕީ އިސްމާއީލް ނަވީން ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، ވަކި ބޭފުޅަކު ގެނައުމަށްޓަކައި ސިފްކޯގެ ރިޕޯޓާއި، ޕޮލްކޯގެ ރިޕޯޓުގެ މައްސަލަ ހުށަހެޅީ ކަމަށެވެ. އަދި ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، މިމައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު ނޭޅި ސަބަބާމެދު މެންބަރު މީކާއީލް ވަނީ ސުވާލު އުފައްދާފަ އެވެ.

އަޅުގަނޑުމެންނަށް މިސަރުކާރުން އައި ފަހުން ޚާއްސަކޮށް ދާދި ފަހުން 241 ކޮމެޓީގައި މި ހިނގާދާ ކަންކަމުން އަޅުގަނޑުމެންނަށް ފާހަގަވަނީ ކޮންމެވެސް ބޭފުޅަކު ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް މި ކުރެވެމުން މިދަނީ. މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ނަވީން އަކީ އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް ފުލް ކޮންޓްރޯލް އެބޭފުޅާގެ މައްޗަށް ނެތީހެން. އެހެންވީމަ ކޮންމެހެން ވެސް އެބަ ޖެހޭ ނަވީން ދުއްވާލަން އެނގޭތޯ. މިއީ ކޮންމެހެން އިންސާފުވެރި އެއްކަލަ ތަހުގީގެއް ކޮށްގެން ދާން ޖެހޭތީވެ ފޮނުވާލަނީއެއް ނޫން. އެބޭފުޅުންނަށް ކޮންޓްރޯލް ނުކުރެވޭތީވެ އެބޭފުޅުންގެ ބޭފުޅަކު ކޮމިނިޝަނަރ އޮފް ޕޮލިސް ކަމަށް ގެންނަން ހިންގާ ވަރަށް ބޮޑު ރޭވުމެއް އެނގޭތޯ. ހަމަ ފަނޑިޔާރުންނަށް ވެސް ހެދީ އެހެން. މިވެސް އަޅުގަނޑުމެންނަށް ފެންނަނީ މިހެން. ސިފްކޯގެ ރިޕޯޓާއި، ޕޮލްކޯގެ ރިޕޯޓު އަންނަންވީ މިއަދަކު ނޫން ތެދެއްތޯ. މީގެ ކުރިން ދެ އަހަރު ދުވަސް ހިނގައްޖެ މިސަރުކާރަށް ވެސް. ކީއްވެގެންތޯ އެ ކަން ނުކުރެއްވީ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް

މިފަހުން ފުލުހުންގެ އިސް ބޭފުޅުންނާ ގުޅުންހުރި ގިނަ މައްސަލަތަކެއް މާލިއްޔަތު އަދި 241 ކޮމެޓީން ވަނީ ބަލަން ފަށާފަ އެވެ. އަދި 3 ނޮވެންބަރު 2025 ގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއްގެ މައްސަލަ 241 ކޮމެޓީ އަށް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. އަދި ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ޕޮލްކޯގެ ބޯޑުގައި ހިމެނުނު ފަސް ފުލުހަކު ސަސްޕެންޑް ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ސަސްޕެންޑުކުރަން ލަފާދޭން ކޮމިޓީން ފާސްކުރީ ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މޫސާ އަލީ، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަބްދުއްރަހުމާން، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރަޝީދު (މޮންސި) އަދި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ބަޝީރެވެ. އަދި ކޮމިޓީއަށް ވިސްލްބްލޯވަރަކު ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ބުނެ ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް ވެސް ސަސްޕެންޑް ކުރުމަށް ވަނީ ފާސް ކޮށްފަ އެވެ.

މީގެ އިތުރުން ޕޮލްކޯ މައްސަލައިގައި ފިޔަވަޅު އަޅަން ލަފާދޭން ނިންމި ފުލުހުންގެ ތެރޭގައި އޭރުގެ ބޯޑުގައި ހިމެނުނު ދެ ބޭފުޅެއްގެ ނަން ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އިބްރާހިމް ނަބީލް އަދި ސުޕްރިޑެންޓް އޮފް ޕޮލިސް، އަބްދުލް މަތީން އަބްދުލްކަރީމް އެވެ.

މީކާއިލް އަހުމަދު ނަސީމްޕޮލިސް ކޮމިޝަނަރއިސްމާޢީލް ނަވީން241 ކޮމިޓީމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
05 ޑިސެމްބަރު 2025

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
01 ޑިސެމްބަރު 2025

ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭތީ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

01 ޑިސެމްބަރު 2025
ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭތީ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
26 ނޮވެމްބަރު 2025

ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

26 ނޮވެމްބަރު 2025
ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
26 ނޮވެމްބަރު 2025

ރައީސް މުއިއްޒުގެ ސަރުކާރަކީ ''ޓްރޭނިންގ ވީލްސް'' ސަރުކާރެއް: މެންބަރު މީކާއީލް

26 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ސަރުކާރަކީ ''ޓްރޭނިންގ ވީލްސް'' ސަރުކާރެއް: މެންބަރު މީކާއީލް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް