Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް ކުއްޔަށް ދިނުން

ހިޔާ ފްލެޓް ކުއްޔަށް ދޭ މައްސަލަ: އެއީ މަނާކަމެއް ކަމަށް ގާނޫނުން ކަނޑައަޅަނީ

4 މާރިޗު 2026 | ބުދަ 12:38

ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވާއިރު އެކަން ހުއްޓުވަން ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގް މިނިސްޓަރު މުއްތަލިބް ވިދާޅުވެއްޖެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި ފްލެޓުތައް ދޫކުރަން ހަދައިފައިވާ އެއްބަސްވުމުގެ ދަށުން، އެ ފުލެޓުތައް ކުއްޔަށް ދިން ނަމަވެސް ދައުލަތަށް އެ ފްލެޓުތައް އަތުލެވޭނެ ގޮތެއް މިހާރު ނެތް ކަމަށް. އެހެންކަމުން އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 މާރިޗު 2026 | ބުދަ 12:38
ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ވަނީ ބޮޑުވެފަ

ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ވަނީ ބޮޑުވެފަ | ރާއްޖެއެމްވީ

ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވާއިރު އެކަން ހުއްޓުވަން ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް  ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޕަރޓްމަންޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާނު ކުރި މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި  މީގެ ކުރިން ވެސް ހިޔާ ފްލުލެޓްތަކުގެ ތެރެއިން ބައެއް އެޕަރޓްމަންޓްތައް ވަނީ 12،000 ރުފިޔާ އަށް އަދި 8000 ރުފިޔާއަށް ކުއްޔަށް ދޫކޮށްފަ އެވެ. އަދި ބައެއް ފްލެޓުތައް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.

 ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަމާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި ފްލެޓުތައް ދޫކުރަން ހަދައިފައިވާ އެއްބަސްވުމުގެ ދަށުން، އެ ފުލެޓުތައް ކުއްޔަށް ދިން ނަމަވެސް ދައުލަތަށް އެ ފްލެޓުތައް އަތުލެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. 

މުއްތަލިބު ވިދާޅުވީ އެހެންކަމުން އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ގާނޫނުން ކަނޑައަޅަން މި އުޅެނީ އެގޮތަށް ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ ބޮޑުވުމުން އޭރު އެޗްޑީސީ އިން އާންމު ކުރީ ސޯޝަލް ހައުސިންގ ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބަލައި ފިޔަވަޅު އެޅުމާގުޅޭ އުސޫލެކެވެ. 

އެއާއެކު ބިދޭސީންނަށް ސޯޝަލް ހައުސިން ކުއްޔަށް ނުދޭން އަންގާ އުސޫލެއް ނެރުނު އިރު އެޗްޑީސީން އެކުލަވާލި އެއްބަސްވުމުގައި އެއްވެސް ބަޔަކަށް އެތަން ކުއްޔަށް ދެވޭނެ މަގު ފަހިވެފައި ނެތްކަން ނޭނގުނީތޯ އާއްމުން ވަނީ ސުވާލު އުފައްދާ ސަރުކާރާއި. އެޗްޑީސީ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. 

ޑރ. އަބްދުﷲ މުއުޠްޠަލިބުހިޔާ ފްލެޓްއެޗްޑީސީ

އިތުރަށް ކިޔާލަން

03 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

03 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް
01 މާރިޗު 2026

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

01 މާރިޗު 2026
ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
25 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

25 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް
22 ފެބުރުއަރީ 2026

މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

22 ފެބުރުއަރީ 2026
މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް
20 ފެބުރުއަރީ 2026

ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ؟

20 ފެބުރުއަރީ 2026
ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ؟
17 ފެބުރުއަރީ 2026

މާލޭ ގްރޭންޑްގެ އެއް ލިފްޓް ހަލާކުވެފައި ހުންނަތާ މަހެއް ވަނީ: ހައްލު ނުލިބި ވަނީ ސްޕެއާ ޕާޓްސް ނުލިބިގެން ކަމަށް އެޗްޑީސީ އިން ބުނޭ

17 ފެބުރުއަރީ 2026
މާލޭ ގްރޭންޑްގެ އެއް ލިފްޓް ހަލާކުވެފައި ހުންނަތާ މަހެއް ވަނީ: ހައްލު ނުލިބި ވަނީ ސްޕެއާ ޕާޓްސް ނުލިބިގެން ކަމަށް އެޗްޑީސީ އިން ބުނޭ
11 ފެބުރުއަރީ 2026

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ރާއްޖެޓީވީން ސަމާލު ކަމަށް ގެނައުމުން އެތަކެތި ނަގައިފި

11 ފެބުރުއަރީ 2026
ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ރާއްޖެޓީވީން ސަމާލު ކަމަށް ގެނައުމުން އެތަކެތި ނަގައިފި
04 ފެބުރުއަރީ 2026

ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، އަލުން ޚިދުމަތް ދީފި

04 ފެބުރުއަރީ 2026
ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، އަލުން ޚިދުމަތް ދީފި
31 ޖެނުއަރީ 2026

ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

31 ޖެނުއަރީ 2026
ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ
31 ޖެނުއަރީ 2026

އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

31 ޖެނުއަރީ 2026
އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް