Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓޫޑެންޓް ލޯނު

ބަންދު ދުވަސްތަކަށްފަހު ހުޅުވޭ ފުރަތަމަ ހަފްތާގައި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ، މިއަހަރު ލޯނަށް އެދުމުގައި ޑެޑްލައިނެއް ނޯންނާނެ: މިނިސްޓަރު ހައިދަރު

4 މާރިޗު 2026 | ބުދަ 07:52

މިނިސްޓަރު ހައިދަރު ވިދާޅުވީ، މިއަހަރުގެ ސްޓޫޑެންޓް ލޯނު ސްކީމަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލުމަށް ނިންމާފައިވާއިރު، މީގެ ސަބަބުން ވަކި މުއްދަތެއްގެ ތެރޭގައި ފޯމު ހުށަހަޅަންޖެހުމުން، ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް. އަދި ލޯނަށް އެދޭ ދަރިވަރުން ކިޔަވަން ބޭނުންވާ ދާއިރާއަކުން ޕްލޭސްމަންޓާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކޮށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2026 | ބުދަ 07:52
ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން (ފައިލް ފޮޓޯ)

ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން (ފައިލް ފޮޓޯ) | ރައީސް އޮފީސް

ރަމާޟާން މަހުގެ ފަހު ދިހަައަކާ ގުޅިގެން އަންނަ ސަރުކާރުގެ ބަންދު ދުވަސްތަކަށް ފަހު، ހުޅުވޭ ފުރަތަމަ ހަފްތާގައި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، ފޯމް ހުށަހެޅުމުގައި ޑެޑްލައިނެއް ނޯންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، މިއަހަރު ތައާރަފް ކުރާ ލޯނު ސްކީމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ޕޯޓަލް ތައްޔާރު ކުރުމާއި، އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މިއަހަރުގެ ލޯނު ސްކީމަށް މުހިންމު ބަދަލުތަކެއް ގެންނާނެ ކަަމަށެވެ. 

އެގޮތުން ސްކީމުގެ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މިހާތަނަށް ދަރިވަރުން ލޯނު ހޯދުމަށް އެދި ހުށަހަޅަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮތުމުން އެ މުއްދަތުގައި ލޯނަށް ހުށަހެޅުމަށް ބައެއް ދަރިވަރުންނަށް ދަތިވާ ކަމަށާއި، ބައެއް ހާލަތްތަކުގައި ދަރިވަރުންނަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ގެންނަ ބަދަލުގެ ސަބަބުން ލޯނަށް އެދޭ ދަރިވަރުންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ލޯނަށް އެދެން ވާނީ ކިޔަވަން ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށާއި، މިފަހަރު ލޯނު ހޯދުމަށް ހުށަހަޅާ ލިޔުންތައް ތަފާތުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ކިޔެވުން ފެށޭގޮތަށް، ކިޔަވައިދޭ މަރުކަޒުން ދޫކޮށްފައި އޮންނަ ޕްލޭސްމަންޓް/ އޮފަރ ލެޓަރ، ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގެ ފީ ސްޓްރަކްޗަރ، އެމްކިޔުއޭ. އިން ދޫކުރާ އިންޓެންޑެޑް ޕްރޮގްރާމް ރެކޮގްނިޝަން ލެޓަރގެ އިތުރުން މަސައްކަތްކުރުމަށް ރެގިޔުލޭޓަރީ އޮތޯރިޓީއަކުން ހުއްދަދޭ ދާއިރާއަކުން ކިޔަވާނަމަ، އެ ފުރިހަމަކުރާ ޕްރޮގްރާމަކީ އެ އޮތޯރިޓީން ހުއްދަ ދޭ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރިއަށް އޮތީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށާއި، މިދުވަސްތަކަށް ފަހު ސަރުކާރު ހުޅުވޭ ހަފްތާގައި ލޯނަށް، ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.  

މިދަނީ ލޯނަށް އެދުމުގެ ދޮރު ހޮޅުވާލުމުގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މިފެށޭ ބަންދުތަކަށް ފަހު ފެށޭ ހަފްތާގައި ފުރުސަތު ހުޅުވާލެވޭނެ. އެހެންކަމުން ލޯނަށް އެދެން ބޭނުންވާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ އިސްވެ ދެންނެވުނު ލިޔުންތައް ފުރިހަމަކޮށް ތައްޔާރު ވެގެން ތިއްބެވުމަށް. ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅާ ދަރިވަރަކަށް ލޯނު ފައިސާ ހަމަޖެހިގެންދާނެ. އެހެން އަހަރުތަކާ އަޅާބަލާއިރު، ވަރަށް ބޮޑު ތަން އަވަސްވާނެ މިއަހަރު. 
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

މިސަރުކާރުގައި ސްޓޫޑެންޓް ލޯނު ވަނީ ޝަރީޢާ ކޮމްޕްލަޔަންޓް ލޯނަކަށް ބަދަލު ކޮށްފަ އެވެ. އެއާއެކު ލޯނުގެ ފައިސާ އަނބުރާ ދައްކާއިރު އެއްވެސް އިތުރު ސަރވިސް ޗާޖެއް ނުނަގާނެ އެވެ. 

މިއަހަރު ވެސް ސްޓޫޑެންޓް ލޯނަށް ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވެފައިވާއިރު، ލޯނުގެ ފައިސާ ނުލިބޭ މައްސަލައާއި، ސަރުކާރުގެ ހަރަދުގައި ކިޔަވަންދާ ދަރިވަރުންނަށް ކޮލެޖް/ޔުވަރިސިޓީގެ ފީ ނުދައްކާ މައްސަލަ ދޭތެރެދޭތެރެއިން ބޮޑުވެ އެވެ. 

ޢަލީ ޙައިދަރުސްޓޫޑެންޓް ލޯންހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ
24 ޖެނުއަރީ 2026

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

24 ޖެނުއަރީ 2026
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް
20 ޖެނުއަރީ 2026

ކުރިން ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެއް ލިބިފަ ނުވާކަމަށް، މިހާރު ވިދާޅުވަނީ ފައިސާ ނުލިބެނީ ދަރިވަރުންގެ ސަބަބުން ކަމަށް

20 ޖެނުއަރީ 2026
ކުރިން ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެއް ލިބިފަ ނުވާކަމަށް، މިހާރު ވިދާޅުވަނީ ފައިސާ ނުލިބެނީ ދަރިވަރުންގެ ސަބަބުން ކަމަށް
19 ޖެނުއަރީ 2026

8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

19 ޖެނުއަރީ 2026
8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ
30 ޑިސެމްބަރު 2025

ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނޭ: ޒުވާނުންގެ ވަޒީރު

30 ޑިސެމްބަރު 2025
ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނޭ: ޒުވާނުންގެ ވަޒީރު
24 ޖޫން 2025

މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!

24 ޖޫން 2025
މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!
30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
21 ސެޕްޓެމްބަރު 2024

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ

21 ސެޕްޓެމްބަރު 2024
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ
07 ޖުލައި 2024

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!
30 އެޕްރީލު 2024

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ

30 އެޕްރީލު 2024
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް