Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫތު މިނިސްޓްރީ

ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނޭ: ޒުވާނުންގެ ވަޒީރު

މީގެ އިތުރުން ސޯޝަލް މީޑިއާ އަދި އެކި ގޮތް ގޮތުން އޭނާ އަށް ހަމައަށް އަންނަ މެސެޖާއި ކަންބޮޑުވުން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އަލީ ހައިދަރުއާ ހިއްސާ ކުރައްވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި. އަދި އެކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ގުޅައި، މަޝްވަރާ ކުރުން ވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 10:14
ޒުވާނުންގެ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑު)

ޒުވާނުންގެ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑު)

ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ޙާލު ސޯޝަލް މީޑިއާ އިން ފެނިވަޑައިގަންނަވާ ކަމަށް، ޒުވާނުންގެ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ކިޔަން ތިބޭ ޒުވާނުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ގިނަ ދުވަސް ތަކެއް ވެފައިވާ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ. އެގޮތުން ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ޒުވާނުންނަށް ކޯސް ކުރިއަށް ގެންދިޔުމުގައި ވެސް އެތައް ދަތި ތަކެއް ދިމާވަމުން އާދެ އެވެ. އެކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އިން ސުވާލު ކުރުމުން ޒުވާނުންގެ ވަޒީރު ވިދާޅުވީ، ކިޔަވާ ދަރިވަރުންނަށް ފައިސާ ނުލިބޭ މައްސަލައިގައި އޭނާ ގެ ކަންބޮޑުވުން އޮތް ކަމަށެވެ. އެގޮތުން ދިވެހި ކޮންމެ ޒުވާނަކަށް، ކޮންމެ ރައްޔިތަކަށް، ދިމާވާ ކޮންމެ ދައްޗަކީ އަދި ކޮންމެ އުނދަގުލަކީ، އެކަމުގައި ވަޒީރުގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަންކަން ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ އަދި އެކި ގޮތް ގޮތުން އޭނާ އަށް ހަމައަށް އަންނަ މެސެޖާއި ކަންބޮޑުވުން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އަލީ ހައިދަރުއާ ހިއްސާ ކުރައްވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ގުޅައި، މަޝްވަރާ ކުރުން ވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި އެވެ. 

އަޅުގަނޑު ފޯނުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ، ތި ދަންނަވާހެން ސޯޝަލް މީޑިއާ އާއި، އެކި ގޮތް ގޮތުން އަޅުގަނޑަށް ވެސް އަންނަ މެސެޖުތަކާ އެއްޗިސް އަޅުގަނޑު ހަޔަރ އެޑިއުކޭޝަން މިނިސްޓަރަށް ޕާސް ކުރަން. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ގުޅައި، މަޝްވަރާކޮށް، ދިވެހި ޒުވާނަކަށް، ހަރު މީހަކަށް، ރާއްޖެ އިން ބޭރުގައި ވިޔަސް، ރާއްޖޭގެ އެއްވެސް މީހަކު ޙާލުގައި ޖެހުމަކީ ދައުލަތަށް އެފޯޑު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު ޤަބޫލު ކުރަނީ މިވަގުތު ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މި ޕަޓިކިއުލާ ކޭސްގައި ކުރިއަށް އެބަ ގެންދަވާ އިނގޭތޯ. 
ޒުވާނުންގެ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑު)

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު ވިދާޅުވެފައި ވަނީ، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދިނުމުގައި މައްސަލައެއް ނޯންނާނެ ކަމަށެވެ. އެގޮތުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ވެސް މިނިސްޓްރީއާ ހަމައަށް އައިސްފައި ނުވާ ކަމަށް ވަޒީރު ވިދާޅުވެފައިވެ އެވެ. 

ނަމަވެސް، ރާއްޖެ އިން ބޭރުގައި ކިޔަވަމުން އަންނަ ގިނަ ޒުވާނުން ފާހަގަ ކޮށްފައިވާ ގޮތުގައި ފައިސާ ނުލިބޭ މައްސަލައިގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާ މުއާމަލާތް ކުރި ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެގޮތުން މިނިސްޓްރީ އިން ފޯނު ނުނަގާ ކަމަށާއި، މިނިސްޓްރީ އަށް ފޮނުވާ މެއިލް ތަކަށް ވެސް ޖަވާބު ނުލިބޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ދަރިވަރުންނަށް ފައިސާ ނުލިބި މައްސަލަ ބޮޑުވެފައިވާއިރު، ބައެއް ދަރިވަރުން ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ކުރިމަތީގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. 

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިބްރާހިމް ވަހީދު (އަސްވާޑު)ސްޓޫޑެންޓް ލޯންމަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

30 ޑިސެމްބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ޖުލައި 10 ގެ ކުރިން ފީ ދައްކަން ޖެހޭއިރު، މެލޭޝިޔާގައި ކިޔަވަން ތިބި ކުދިންނަށް ފައިސާ ނުފޮނުވިގެން އުޅެނީ ޕޮލިސީ މޭކަރުންގެ މަޝްވަރާތައް ނުނިމިގެން

ޖުލައި 10 ގެ ކުރިން ފީ ދައްކަން ޖެހޭއިރު، މެލޭޝިޔާގައި ކިޔަވަން ތިބި ކުދިންނަށް ފައިސާ ނުފޮނުވިގެން އުޅެނީ ޕޮލިސީ މޭކަރުންގެ މަޝްވަރާތައް ނުނިމިގެން

08 ޖުލައި 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު