Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އޮރެންޖް

ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް

ސަރުކާރުން އަގުހެޔޮކޮށް ފޯރުކޮށްދޭ އަސާސީ ތަކެތީގެ ލިސްޓުގައި އޮރެންޖު ހިމެނުނު ނަމަވެސް، އެސްޓީއޯ އާއި އާންމު ފިހާރަތަކުން މި ބާވަތް ނުލިބޭތީ އާންމުންނާއި ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އާއްމު ގޮތެއްގައި އޮރެންޖެއްގެ އަގު އުޅެނީ، 3 ރުފިޔާ ނުވަތަ 6 ރުފިޔާ ދޭތެރޭގައި. ވިޔަފާރިވެރިއެއް ބުނީ، ރަމަޟާން މަސް އައުމުގެ 3 ހަފްތާ ކުރިން އޮރެންޖްގެ އަގު އުފުލެން ފަށާފައިވާ ކަމަށާއި، މިހާރު އޮރެންޖެއް ވިއްކަމުންދަނީ 12 ރުފިޔާ އާއި 14 ރުފިއާ ދެމެދުގައި ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 08:23
މާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ބަހައްޓާފައި ހުރި އޮރެންޖްތަކެއް.

މާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ބަހައްޓާފައި ހުރި އޮރެންޖްތަކެއް. | ރާއްޖެއެމްވީ

އޮރެންޖު ލިބުން ދަތިވެ، މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

އާއްމު ގޮތެއްގައި އޮރެންޖެއްގެ އަގު އުޅެނީ، 3 ރުފިޔާ ނުވަތަ 6 ރުފިޔާ ދޭތެރޭގަ އެވެ. 

Advertisement - businessAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ވިޔަފާރިވެރިއެއް ބުނީ، ރަމަޟާން މަސް އައުމުގެ 3 ހަފްތާ ކުރިން އޮރެންޖްގެ އަގު އުފުލެން ފަށާފައިވާ ކަމަށާއި، މިހާރު އޮރެންޖެއް ވިއްކަމުންދަނީ 12 ރުފިޔާ އާއި 14 ރުފިއާ ދެމެދުގައި ކަމަށެވެ.

މޭވާ އާއި ތަރުކާރީ އެތެރެކުރާ ފިހާރައެއްގެ މީހެއް ބުނީ، އޮރެންޖުގެ އަގު އުފުލުނީ ބޭރުން މޭވާ ގެންނަ ބޯޓު ފަހަރު އައުން ލަސްވުމާއި ގުޅިގެން ކަމަށާއި، މި ލިބޭނެ އިރެއް ނޭނގޭ ކަމަށެވެ. އަދި އޮރެންޖް ލިބުން ދަތިވާނަމަ ކުރިއަށް އޮތްތަނުގައި ވެސް އަގު އުފުލޭނެ ކަމަށާއި، ހޯލްސޭލަރުން އަތުން ވެސް ބޭނުންވާ ވަރަށް އޮރެންޖް ނުލިބޭ ކަމަށް އެމީހާ ބުންޏެވެ.

މީގެ ކުރިން އޮރެންޖް އަބަދުވެސް ބާޒާރުމަތީގައި ވަރަށް ތިޔާގިކޮށް ލިބެން ހުރެ އެވެ. ނަމަވެސް މިހާރު މާލޭ ލޯކަލް މާރުކޭޓުގައި އޮރެންޖު ހުރީ ނިސްބަތުން ވަރަށް މަދު ގޮޅިއެއްގަ އެވެ.

މީގެ އިތުރުން ކެފޭ ހިންގާ މީހެއް ބުނީ، ކެފޭ/ރެސްޓޯރެންޓްތަކަށް ވެސް އޮރެންޖު ނުލިބޭ ކަމަށާއި، ހޯލްސޭލްކޮށް ދޫނުކުރާ ކަމަށެވެ. 

އޮރެންޖު ލިބުން ދަތިވެފައިވާއިރު، އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރަމަޟާންމަހު ހެޔޮއަގުގައި ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ އިން ބުނީ، އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23 ބާވަތެއް އިތުރުކޮށް، އެބާވަތްތައް ބާޒާރަށް ނެރިފައިވާ ކަމަށެވެ. 

އޭގެތެރޭގައި ހިމެނެނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގާއި ބިސް އަދި އަލުވި އެވެ. އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ މޭވާގެ ބާވަތްތަކުގެ ތެރޭގައި އޮރެންޖު ހިމެނުނު ނަމަވެސް އެސްޓީއޯގައި ވެސް އޮރެންޖެއް ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. 

އެސްޓީއޯމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއޮރެންޖު

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި

މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި

17 ފެބުރުއަރީ 2026
ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

16 ފެބުރުއަރީ 2026
ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

12 ފެބުރުއަރީ 2026
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

09 ފެބުރުއަރީ 2026
ލުއި ގޭސް ހުސްވެފައިވާކަން އެނގޭ، ހުސްވި ސަބަބު ނޭނގޭ: އެމްޑީ އަބްދުﷲ

ލުއި ގޭސް ހުސްވެފައިވާކަން އެނގޭ، ހުސްވި ސަބަބު ނޭނގޭ: އެމްޑީ އަބްދުﷲ

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު