Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭޔަރު އާތިފް

ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާ އެކު ފެންނަން އެބަހުރި: ކުޅުދުއްފުށީ މޭޔަރު އާތިފް

މޭޔަރު ވިދާޅުވީ ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް ވިދާޅުވި ސަބަބުތަކަކީ ޚުދު ރައީސަށް ވެސް އެމަނިކުފާނުގެ ބާރުތައް ނޭނގުން ނުވަތަ ވަޒީރުން ރައީސަށް ނުބައި މައުލޫމާތު އެރުވުން ނުވަތަ ހުރިހާ ހަގީގަތެއް އެނގިހުރެ ރައްޔިތުންނަށް އޮޅުވާލުން ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 17:53
ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފް

ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފް | ރާއްޖެއެމްވީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަށާފައިވާ އެހެން ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތަކަށް ހުރަސްއަޅައި ހުއްޓުވާފައިވާ މަޝްރޫއުތަކުގެ ލިސްޓެއް އެ ސިޓީ ގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. 

މިދިއަ ބުރާސްފަތި ދުވަހު ރައީސް ވަނީ ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

އެކަމަށް ރައްދުދެއްވައި ރާއްޖެއެމްވީ އާ ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ރައީސް އެހެން ވިދާޅުވާން ޖެހިވަޑައިގަންނަވާ އޮންނާނީ 3 ސަބަބު ކަމަށެވެ. އެއީ ޚުދު ރައީސަށް ވެސް އެމަނިކުފާނުގެ ބާރުތައް ނޭނގުން ނުވަތަ ވަޒީރުން ރައީސްއަށް ނުބައި މައުލޫމާތު އެރުވުން ނުވަތަ ހުރިހާ ހަގީގަތެއް އެނގިހުރެ ރައްޔިތުންނަށް އޮޅުވާލުން ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ. 

އާތިފް ވިދާޅުވީ ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ކައުންސިލަކުން އެރަށަކަށް އަންނަ ތަރައްގީ ހުއްޓުވާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. 

އޭގެ ބަދަލުގައި ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާއެކު ފެންނަން އެބަހުރި ކަމަށް މޭޔަރު ވިދާޅުވި އެވެ. 

މިސާލެއްގެ ގޮތުން ކުޅުދުއްފުށި ސިޓީގައި އެ ސިޓީ ކައުންސިލުން ރިއަލްއެސްޓޭޓް މޮޑެލްއަށް އަޅަން ނިންމި 150 ހައުސިން ޔުނިޓްގެ މަސައްކަތް މި ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން ބީލަމަށް ހުޅުވާނުލެވިފައިވާ ކަން މޭޔަރު އާތިފް ފާހަގަ ކުރެއްވި އެވެ. އަދި އޮޑި ހަރުގެ އެޅުމަށާއި އެހެނިހެން އިގްތިސާދީ މަސައްކަތަށް ބިން ދޫކުރުން ހުއްޓިފައިވާ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވީ ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް ބީލަންތައް ލިބިފައިވަނިކޮށް އެ މަސައްކަތް ވެސް ސަރުކާރުން ހުއްޓުވާފައިވާއިރު ކައުންސިލް ކުންފުނިން ޕްލޭ ސްކޫލް ގެ ޚިދުމަތް ފަށަން ތައްޔާރީތައް ވަމުންދަނިކޮށް ގާނޫނުން އެކަން ވެސް ހުއްޓުވާފައިވާ ކަމަށެވެ. އޭގެ އިތުރުން  ސިޓީ ކައުންސިލްގެ ސިޓިޒެން މޮނިޓަރިންގ ޔުނިޓް، މަނަސް ހަބް އަދި ސިޓީ ލޭންޑްސްކޭޕިންގ އަށް ބޭނުންވާ މުވައްޒަފުން ނެގުން މި ސަރުކާރުން ހުއްޓުވާފައިވާއިރު މިސްކިތު ޓްރަސްޓް ފަންޑެއް ހެދުމަށް ކުރި މަސައްކަތް ވެސް ހުއްޓުވާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ. 

މި ހުރިހާ ކަމަކީ ވެސް ކައުންސިލުން ކުރަން ހުރި އެހެން ނަމަވެސް މުއިއްޒު ސަރުކާރުން ހުއްޓުވާފައިވާ ކަންކަން ކަމަށާ އެހެން ނަމަވެސް ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކާ ހުރެ ކަމަށް ބުނުމުން އެ ވާހަކަ ހަމަ ނުޖެހޭ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ވަނީ ބަދަލު ވެސް ގެނަސްފަ އެވެ. 

ރައީސް މުއިއްޒުމޭޔަރު އާތިފްކުޅުދުއްފުށި ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

10 ޖެނުއަރީ 2026
ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026
ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު