Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ޓެކްސީ ޑްރައިވަރުން

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކަންބޮޑުވުންތަކަށް ހައްލު ނުލިބޭނަމަ ކޮންމެ ހޮނިހިރު ދުވަހެއްގައި ހިމޭން އިހުތިޖާޖު ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 07:52
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކުރަނީ

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކުރަނީ

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މި އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ރާއްޖެއެމްވީއަށް ބުނީ، މިއީ ސަރުކާރާ ދެކޮޅަށް ކުރި ހިމޭން އިހުތިޖާޖެއް ކަމަށާއި، ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. މި ކަންބޮޑުވުންތަކަށް ހައްލު ނާންނަ ކަމަށްވާނަމަ ކޮންމެ ހޮނިހިރު ދުވަހެއްގައި މި ހިމޭން އިހުތިޖާޖު ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

އެސިޓީގެ ޓެކްސީ ޑްރައިވަރުން ފާހަގަކުރާ ގޮތުގައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ވައުދުފުޅާ އެކުއެވެ. ނަމަވެސް މިސަރުކާރުގައި ޑްރައިވަރުންނަށް ވަރަށް ދަތިކޮށްފައިވާ ކަމަށާއި، ދަތި ކުރުމުގެ ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރިއެވެ.

އެގޮތުން ޓެކްސީ ލައިން އުފެއްދުމަށް ކުރާ މަސައްކަތް އެމީހުން ކުށްވެރިކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކުރުން
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކުރުން

މީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި، ސިޔާސީ ވަޒީފާތައް ވަރަށް ބޮޑަށް އިތުރު ކުރަމުންދާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެއްވެސް މަޝްރޫއެއް އަމަލީ މަސައްކަތް ނުފަށައި، ރައްޔިތުންނަށް މިނިވަންކަމާއެކު ލިބެން އޮންނަ އާމްދަނީއަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސްއަޅަމުންދާ ކަމަށް އެމީހުން ބުނެފައިވެއެވެ.

ރައީސް މުއިއްޒު އޯގަސްޓް މަހުގެ ތެރޭގައި އެސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު ވެސް ގާތްގަނޑަކަށް 15 މީހަކަށް ސިޔާސީ ވަޒީފާ ދީފައިވާ ކަމަށާއި، ޚާއްސަކޮށް ވަޒީފާތަކުގެ ފުރުސަތުތައް ލިބެނީ ސަރުކާރާ ދެކޮޅަށް ބަސްބުނެ އަޑު އުފުލާ މީހުންނަށް ކަމަށް ބުނެފައިވެއެވެ.

އެގޮތުން ގިނަ އަދަދެއްގެ އެމްޑީޕީއަށް ސަޕޯޓު ކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދޭ ކަމަށް އެމީހުން ބުނެފައިވެއެވެ.

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކުރުން
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކުރުން

ހުދު ގަމީހުގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ހިމޭން އިހުތިޖާޖަށް ނުކުތީ ސަރުކާރަށް ޚާއްސަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެފައިވެއެވެ. މިއީ ހަމައެކަނި ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށްވާތީ، މި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، އަދި ރައްޔިތުން އެދޭ ގޮތަށް ހާލަތު ބަދަލު ކުރުމަށް ހުރިހާ ރައްޔިތުން ނުކުތުމަށް ވެސް ގޮވާލާފައިވެއެވެ.

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފައިވާއިރު، އެސިޓީގައި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ގިނަ މީހުން އަދި ފުލުހުންގެ ވަޒީފާގައި އުޅޭ މީހުން ވެސް ޑިއުޓީން ބޭރުން ޓެކްސީ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކުޅުދުއްފުށި ސިޓީޓެކްސީ ޑްރައިވަރުންސުލްހަވެރި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" އެއްވުމުގައި ކުށްކުރާ ގްރޫޕްތައް ނެރެ މާލެތެރެ ހަލަބޮލި ކުރުމަށް ރާވާފައިވާ ކަމަށް ފުލުހުން ތުހުމަތުކޮށްފި

"ލޫޓުވައިފި ލޫޓުވައިފި" އެއްވުމުގައި ކުށްކުރާ ގްރޫޕްތައް ނެރެ މާލެތެރެ ހަލަބޮލި ކުރުމަށް ރާވާފައިވާ ކަމަށް ފުލުހުން ތުހުމަތުކޮށްފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު