Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ ނިޒާމު

ރަމަޟާންމަހު ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތު ގަޑި ތަފާތު ކުރާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފި

ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ރައީސް އޮފީހުން ކަނޑައަޅާފައި ވަނިކޮށް، ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުން 6 ގަޑިއިރާއި 8 ގަޑިއިރާ ދެމެދު މަސައްކަތް ކުރަން ޖެހޭތީ އެމްއެޗްޕީޔޫ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެ ޔޫނިއަންއިން ބުނީ މިއީ ގާނޫނު އަސާސީއާއި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ގެންގުޅޭ ތަފާތުކުރުމެއް ކަމަށާއި، އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަށީގެންވާ އިނާޔަތެއް ދޭން ޖެހޭ ކަމަށް. އަދި ދައުލަތުގެ ޕޭ ފްރޭމްވޯކްގައި ތިބި ހުރިހާ މުވައްޒަފުންނަށް ވެސް އެއް ހަމައަކުން އަމަލުކުރުމަށް އެ ބަޔާނުގައި ވަނީ އެދިފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 05:15
ޕެރިއޮޕަރެޓިވް ނަރުހެއް މަސައްކަތުގައި.

ޕެރިއޮޕަރެޓިވް ނަރުހެއް މަސައްކަތުގައި. | ތިއޭޓަރ ނަރުހުން

ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައެޅުމުގައި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މެދުގައި ހޮސްޕިޓަލްތަކުން ތަފާތު ކުރުން ގެންގުޅެމުން ގެންދާތީ ސިއްހީ މަސައްކަތްތެރިންގެ ޖަމިއްޔާ (އެމްއެޗްޕީޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ، މީގެ ކުރީގެ އަހަރުތަކުގައި ވެސް ހަމަ ޖައްސާފައިވާ ގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00ން މެންދުރުފަހު 1:00ށް ކަމުގައި 15 ފެބްރުއަރީ 2026 ގައި ރައީސް އޮފީހުން ހާމަ ކޮށްފައިވާ ކަމަށެވެ. ރަމާޟާން މަހު ދައުލަތުގެ އެންމެހައި އިދާރާތަކުގެ ރަސްމީ މަސައްކަތުގެ ވަގުތަކީ 4 ގަޑިއިރު ކަމުގައި ރައީސް އޮފީހުން ކަނޑަޅާފައިވަނިކޮށް ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކޮށް އެކި މުވައްޒަފުންނަށް ތަފާތު ވަގުތުތަކެއް ރަސްމީ ގަޑީގެ ގޮތުގައި އެ އިދާރާތަކުން ކަނޑައަޅާފައިވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. 

ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުން 1 ނޮވެންބަރު 2025 ގައި ދިވެހި ދައުލަތުގެ އައު ވަޒީފާ އޮނިގަނޑުތަކަށް ހިޖުރަކޮށްފައިވާއިރު، އައު އޮނިގަނޑުތަކަށް ހިޖުރަކޮށްފައިވާ މުވައްޒަފުންގެ ވަޒީފާގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ''ނެޝަނަލް ޕޭ ސްޓޭންޑަރޑްސް'' ގެ ދަށުންކަން ފާހަގަކޮށް ބަޔާނުގައި ބުނީ، ނޭޝަނަލް ޕޭ ސްޓޭންޑަރޑްތަކުގައި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނަށް އެއް މިންގަނޑަކުން ވަޒީފާގެ ޝަރުތުތައް އަދި އުސޫލުތައް ބަޔާންކޮށްފައި ވަނިކޮށް މަސައްކަތްތެރިންގެ މެދުގައި މިފަދަ ތަފާތު ކުރުންތަކެއް ގެންގުޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި މަސައްކަތް ކުރުމުގެ ހައްގު ބަޔާންކޮށްފައިވާ  37 ވަަނަ މާއްދާ އާއި ވަޒީފާއާ ބެހޭ ގާނޫނުގައި ތަފާތު ނުކުރުމަށް ބަޔާންކޮށްފައިވާ 4 ވަނަ މާއްދާގެ (ހ)ގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ. 

ބަޔާނުގައި ބުނީ، 1 މެއި 2022 ގައި އަމަލު ކުރަން ފަށާފައިވާ ދިވެހި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގައި ވާ ގޮތުން މިއޮނިގަނޑަށް ހިޖުރަކޮށްފައިވާ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައިވަނީ ދުވާލަކު 8 ގަޑިއިރު އަދި ހަފުތާއަކު 6 ދުވަހުގެ މަސައްކަތު ގަޑިއަށް ކަމަށާއި، އެހެންކަމުން ނުސީދާ ގޮތެއްގައި ދައުލަތުގެ އައު ވަޒީފާގެ އޮނިގަނޑުތަކަށް ހިޖުރަކޮށްފައިވާ މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ ދުވާލަކު 8 ގަޑިއިރު އަދި ހަފްތާއަކު 6 ދުވަސް ކަމަށެވެ. ނަމަވެސް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ސަރުކާރުން ދީފައިވާ ލުއިގެ ތެރެއިން ބައެއް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ދުވާލަކު 6 ގަޑިއިރު އަދި ހަފުތާއަކު 5 ދުވަހު ކަމަށެވެ. ނަމަވެސް ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތެރެއިން ވަކި ގިންތިތަކަކަށް ނިސްބަތްވާ މަސައްކަތްތެރިން ދުވާލަކު 8 ގަޑިއިރު އަދި ހަފުތާއަކު 6 ދުވަހު މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ. މިއީ އެއްހަމައަކުން މުސާރައާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވަރަށް ބޮޑު ތަފާތު ކުރުމެއް ކަމަށް އެމްއެޗްޕީޔޫ އިން ބުނެ އެވެ. 

މީގެ އިތުރުން އެމްއެޗްޕީޔޫ ބުނީ، ރަމަޟާން މަހުގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ 4 ގަޑިއިރު ކަމަށް ރައީސް އޮފީހުގެ ދެންނެވުމަކުން ކަނޑައަޅާފައިވަނިކޮށް، ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިތަކަކަށް ނިސްބަތްވާ މުވައްޒަފުންތަކެއްގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ 6 އާއި 8 ގަޑިއިރާއި ދެމެދުގެ ވަގުތުތަކެއް ކަމުގައި މިހިނގާ 1447 އަހަރުގެ ރަމަޟާން މަހު އެކި ހޮސްޕިޓަލްތަކުން ކަނޑައަޅައިފައިވާ ކަމަށެވެ. އަދި މިފަދައިން ތަފާތުތައް ގެންގުޅޭއިރު، މިރަމަޟާން މަހު ރަސްމީގަޑީގެ ގޮތުގައު ރައީސް ކަނޑައަޅުއްވާފައިވާ 4 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމަށް ހޮސްޕިޓަލުތަކުން އަންގާފައިވާ މުވައްޒަފުންނަށް 4 ގަޑިއިރަށް ވުރެ އިތުރުވާ ވަގުތުތަކަށް އިތުރު އެއްވެސް އިނާއަތެއް ނުދީ މަސައްކަތް ކުރުމަކީ އެމަސައްކަތްތެރިންނާ މެދު ވެވޭ ނުހަނު ބޮޑު ބޭއިންސާފެއް ކަމަށެވެ. 

ރަމަޟާން މަހުގެ ރަސްމީ މަސައްކަތުގެ ވަގުތު ރައީސް އޮފީހުން 4 ގަޑިއިރަށް ކުރުކޮށްފައިވަނީ މި މާތް މައްސަރުގެ ސަވާބާއި ދަރުމަ ހޯދުމަށް އެދި މަސައްކަތް ކުރުމަށް ސަރުކާރުގެ މުވައްޒަފުންނަށް ވީހާވެސް ގިނަ ވަގުތު ދިނުމަށްކަން ފާހަގަކޮށް ބަޔާނުގައި ބުނީ، އެއް މިންގަނޑަކުން މުސާރައާއި ވަޒީފާގެ އުސޫލުތައް ކަނޑައަޅާފައިވާ މުވައްޒަފުންތަކެއް ތެރެއިން ބައެއް މުވައްޒަފުންނަށް ދުވާލަކު 6 އާއި 8 ގަޑިއިރާ ދެމެދުގެ ވަގުތުތަކެއްގައި ރަސްމީ ގަޑީގެ ގޮތުގައި ވަޒީފާ އަދާ ކުރުމަށް ހޮސްޕިޓަލުތަކުގެ ވެރިން މުވައްޒަފުންނަށް މުޖުބޫރު ކުރުމުން ގެންދިއުމަކީ އަދުލު އިންސާފަށް އެއްވެސް ވަރަކަށް ބެލުމެއްނެތި އަދި މުވައްޒަފުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ހޮސްޕިޓަލުތަކުގެ ވެރިން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

ސިއްހީ މަސައްކަތްތެރިންނަކީ އެ މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ އެތަކެއް ހިރާސްތަކެއް އެކުލެވޭ މާހައުލުތަކެއްގައި ރައްޔިތުންނަށް ބޭނުންވާ ނުހަނު ހައްސާސީ އަސާސީ ޚިދުމަތްތެއް ދިނުމުގައި މަސައްކަތް ކުރަމުން ގެންދާ ބަޔަކަށްވާއިރު، އެއް މިންގަނޑަކުން މުސަރައާއި ވަޒީފާގެ އުސޫލުތައް ކަނޑައަޅާފައިވާ މުވައްޒަފުންތަކެއް ދެމެދުގައި މިފަދަ ބޭއިންސާފީ ގޮތަކަށް ތަފާތު ކުރުން ގެންގުޅުމަކީ  އެމަސައްކަތްތެރިންނަށް ނަފުސާނީ ގޮތުން އިތުރު ބުރައަކަށްވެފައިވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އެހެންކަމުން މި ރަމަޟާން މަހުގެ ރަސްމީ މަސައްކަތުގެ ވަގުތުކަމުގައި ރައީސް އޮފީހުންް ކަނޑައަޅާފައިވާ 4 ގަޑިއިރަކީ ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތްދޭ އެންމެހައި އިދާރާތަކެއްގެ ހުރިހާ ގިންތިއެއްގެ މުވައްޒަފުން ވެސް ރަސްމީ ގަޑީގެ ގޮތުގައި ހަމަޖެއްސުމާއި، 4 ގަޑިއިރަށް ވުރެ އިތުރަށް މުވައްޒަފުން ލައްވާ ކުރުވާ މަސައްކަތަށް އެކަށީގެންވާ އިނާޔަތެއް ހަމަޖެއްސުމަށް ސަރުކާރަށް އަދި ނެޝަނަލް ޕޭ ކޮމިޝަނަށް އެ ޔޫނިއަންއިން ވަނީ ގޮވާލާފަ އެވެ.  މީގެ އިތުރުން ރަސްމީ މަސައްކަތުގެ ވަގުތު ކަނޑައެޅުމުގައި އަހަރުގެ އެހެނިހެން މަސްތަކުގައި ވެސް ދައުލަތުގެ ޕޭ ފްރޭމް ވަރކްގައި ތިބި ހުރިހާ މުވައްޒަފުންނަށް އެއް ހަމައަކުން އަމަލު ކުރުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ. 

އެމްއެޗްޕީޔޫރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޞިއްޙީ ނިޒާމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރަށް ލަފާދޭ  3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ

22 ފެބުރުއަރީ 2026
ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

15 ފެބުރުއަރީ 2026
ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

07 ފެބުރުއަރީ 2026
ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

04 ފެބުރުއަރީ 2026
ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު