Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ސޮސިއެޑާޑް ބަލިކޮށް، ރެއާލް އެއް ވަނަ އަށް

މޮޅާ އެކު ރެއާލް އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލާފައި. އެގޮތުން މިހާތަނަށް ލީގުގައި ކުޅެފައިވާ 24 މެޗުން ރެއާލް އަށް ލިބެނީ 60 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 04:53
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ. 

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ތިން ލަނޑު ޖެހިއިރު، ސޮސިއެޑާޑް އިން ވެސް ލަނޑެއް ޖެހި އެވެ. ރެއާލް އިން އަނެއް ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ގޮންޒާލޯ ގާސިއާ އެވެ. އެއީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ސޮސިއެޑާޑް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިކޭލް އޮޔާޒަބާލް އެވެ.

ސޮސިއެޑާޑް އިން ނަތީޖާ ހަމަހަމަ ކުރިތާ ހަތަރު މިނެޓު ފަހުން، ރެއާލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ފެޑެރިކޯ ވަލްވާޑޭ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހަތަރު ވަނަ ލަނޑު ޖެހީ ވިނީޝިއުސް އެވެ.

މޮޅާ އެކު ރެއާލް އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެގޮތުން މިހާތަނަށް ލީގުގައި ކުޅެފައިވާ 24 މެޗުން ރެއާލް އަށް ލިބެނީ 60 ޕޮއިންޓެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް 58 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ބާސެލޯނާ އަށް އެއް ވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްރެއާލް ސޮސިއެޑާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އާބެލޯ ހުރީ ހަމަޖެހިގެން، ކުރިއަށް ދާންވީ ގޮތް އިނގޭ

އާބެލޯ ހުރީ ހަމަޖެހިގެން، ކުރިއަށް ދާންވީ ގޮތް އިނގޭ

10 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި

09 ފެބުރުއަރީ 2026
މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

08 ފެބުރުއަރީ 2026
އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

02 ފެބުރުއަރީ 2026
އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު