Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ގާޑިއޯލާ ބޭނުން ވަނީ، ހާލަންޑު ވީހާ ވެސް ގިނަ ލަނޑު ތަކެއް ޖަހަން

ގާޑިއޯލާ ބުނީ އޭނާ ބޭނުން ވަނީ، ހާލަންޑް ވީހާ ވެސް ގިނަ ލަނޑު ތަކެއް ޖަހަން ކަމަށް. އެގޮތުން އިދިކޮޅު ޓީމުގެ ގޯލާ ހާލަންޑް ކައިރިވާ ކޮންމެ ވަގުތަކު، އޭނާ ލަނޑެއް ޖަހަން ބޭނުންވާ ކަމަށް ވެސް ގާޑިއޯލާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 07:34
މެންޗެސްޓަރ ސިޓީ އަށް އިރުޝާާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ އާއި، އެ ޓީމަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް

މެންޗެސްޓަރ ސިޓީ އަށް އިރުޝާާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ އާއި، އެ ޓީމަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް | ރޮއިޓާސް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް، ވީހާ ވެސް ގިނަ ލަނޑު ތަކެއް ޖަހަން ބޭނުންވާ ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނެފައި ވަނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އިން ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ލީޑްސްގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ.

ގާޑިއޯލާ ބުނީ، ސިޓީ އިން ކުޅެން ބޭނުން ވަނީ އެ ޓީމުގެ ވައްޓަފާޅީގައި ކަމަށާއި، އެކަމަށް ބަދަލެއް ނާންނަ ކަމަށެވެ. އެއާ އެކު، ސިޓީ އިން ބޭނުން ވަނީ މެޗުތަކުން މޮޅުވެ، ތިން ޕޮއިންޓު ޔަޤީން ކުރުމާ އެކު، ޓީމުގެ ކުޅުން އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުން ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ އޭނާ ބޭނުން ވަނީ، ހާލަންޑް ވީހާ ވެސް ގިނަ ލަނޑުތަކެއް ޖަހަން ކަމަށެވެ. އެގޮތުން އިދިކޮޅު ޓީމުގެ ގޯލާ ހާލަންޑް ކައިރިވާ ކޮންމެ ވަގުތަކު، އޭނާ ލަނޑެއް ޖަހަން ބޭނުންވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެއަށް ވުރެ ރަނގަޅު ޓެކްޓިކްސްއެއް ނެތްކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ހާލަންޑް ލަނޑު ޖަހަން ޓީމުން ފުރުސަތު ތަކެއް ދޭން ޖެހޭ ކަމަށެވެ. އަދި އެކަން ބަރޯސާވެފައި އޮންނަނީ މުޅި ޓީމުގެ މައްޗަށް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސިޓީ އަށް ލިބިފައި އޮތީ ފުރުސަތެއް ކަަމަށާއި، ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ މިއީ ސިޓީ އިން އެންމެ ކަމެއް ވެސް ދޫކޮށްލައިގެން ނުވާނެ ވަގުތެއް ކަމަށާއި، އެ ޓީމުގެ އެންމެ ފުރިހަމަ ކުޅުން ދައްކަން ޖެހޭ ދަނޑިވަޅަކީ މިއީ ކަމަށެވެ. ސިޓީގެ ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހިގެން ހުރިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ސީޒަންގެ ކުރީކޮޅާ އަޅައި  ބަލާއިރު، އެތައް ގުނައެއް ޓީމު ރަނގަޅުވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ލީޑްސްއާ ދެކޮޅަށް ނިކުންނައިރު، ލީގު ތާވަލްގެ ދެ ވަނައިގައި ސިޓީ އޮތީ 27 މެޗުން 56 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ އާސެނަލް އެއް ވަނައިގައި އޮތީ، 28 މެޗުން 61 ޕޮއިންޓާ އެކު އެވެ. މެޗުގެ އަދަދު ހަމަކޮށް، ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އެބަ އޮތެވެ. 

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާއާލިން ހާލަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

22 ފެބުރުއަރީ 2026
ފުލަމް ބަލިކޮށް، ސިޓީ އިން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

ފުލަމް ބަލިކޮށް، ސިޓީ އިން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

12 ފެބުރުއަރީ 2026
ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

09 ފެބުރުއަރީ 2026
ފަހު ވަގުތު ޓޮޓެންހަމާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

ފަހު ވަގުތު ޓޮޓެންހަމާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު