Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ލީގު

ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް އެއްވެސް ޓީމަކަށް އެ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2025 | އަންގާރަ 05:36
އެފްއޭއެމް ވެޓަރަންސް ލީގުގައި ހުއްރިއްޔާ އާއި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

އެފްއޭއެމް ވެޓަރަންސް ލީގުގައި ހުއްރިއްޔާ އާއި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެޓަރަންސް ލީގުގައި ހުއްރިއްޔާ އާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ހަވީރު މާފަންނު ޓާފު ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، ސުމެއް ސުމަކުން އެއްވަރު ވެގެންނެވެ.

މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް އެއްވެސް ޓީމަކަށް އެ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މިއީ މުބާރާތުގައި ސިފައިންގެ ކުލަބުން ކުޅުނު ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން ސިފައިންގެ ކުލަބުން ވަނީ ޒަލޮޓްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މީގެ އިތުރުން ހުޅުމާލެ ވެޓަރަންސް، ވިލިމާލެ ޔުނައިޓެޑު އަދި ހުއްރިއްޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ އެވެ.

އަނެއްކޮޅުން މިއީ މުބަރާތުގައި ހުއްރިއްޔާ އިން ކުޅުނު ތިން ވަނަ މެޗެވެ. އެ ޓީމުން ވަނީ ޒަލޮޓް އަތުން މޮޅުވެފަ އެވެ. ވިލިމާލެ އަދި ސިފައިންގެ ކުލަބު އަތުން ވަނީ އެއްވަރުވެފަ އެވެ.

މިއަހަރުގެ ވެޓަރަންސް ލީގު ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި އޮތީ ދިވެހި ސިފައިންގެ ކުލަބު، ވިލިމާލެ ޔުނައިޓެޑު، ހުޅުމާލޭ ވެޓަރަންސް ކުލަބު، ޒެލޮޓް އަދި ހުއްރިއްޔާ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ސްޓެލްކޯ، ކުލަބު އީގަލްސް، މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

އެފްއޭއެމް ވެޓަރަންސް ލީގު

އިތުރަށް ކިޔާލަން

20 މާރިޗު 2025

ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ

20 މާރިޗު 2025
ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ
19 މާރިޗު 2025

ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

19 މާރިޗު 2025
ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު