Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. ހެނބަދޫ

2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް

ހެނބަދޫ ކައުންސިލް ރައީސް ވިދާޅުވީ ރައީސް މުއިއްޒު އެރަށުގައި ފައްޓަވާނެ ކަމަަށް ވިދާޅުވި އެހެން މަސައްކަތްތައް ވެސް ފެށިފައި ނުވާތީ ބިން ހިއްކުމުގެ މަސައްކަތް ވެސް ހަމަ އެގޮތަށް ކުރިޔަށް ނުގޮސް ދާނެތީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 18:21
21 ޖުލައި 2025 ގައި ރައީސް މުއިއްޒު ނ. ހެނބަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ހެނބަދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް 2025 ވަނަ އަހަރު ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފަ.

21 ޖުލައި 2025 ގައި ރައީސް މުއިއްޒު ނ. ހެނބަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ހެނބަދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް 2025 ވަނަ އަހަރު ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފަ. | ރައީސް އޮފީސް

ނ. ހެނބަދޫގެ ރައްޔިތުން އެދޭގޮތަށް 2025 ވަނަ އަހަރުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ނަމަވެސް، 2026 ވަނަ އަހަރު ފެށުނު އިރުވެސް ބިން ހިއްކުމުގެ މަސައްކަތް ފެށިފައި ނުވާކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު ހެނބަދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ހެނބަދޫ އަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، އެކަންކަން ފުރިހަމަކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެރަށަށް ވަޑައިގަތީ އެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް ކަމަށާއި، ހެނބަދޫ އަށް މިވަގުތު އެންމެ މުހިންމީ ރަށުގެ ފަޅުހިއްކުމުގެ މަޝްރޫޢު ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement
ނ. ހެނބަދޫ ކައުންސިލް ގެ ރައީސް ޙުސައިން އަބޫބަކުރު، އެ ރަށު ބިން ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަނީ.
ނ. ހެނބަދޫ ކައުންސިލް ގެ ރައީސް ޙުސައިން އަބޫބަކުރު، އެ ރަށު ބިން ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަނީ.

ހެނބަދޫ ބިންހިއްކުމުގެ މަޝްރޫޢު އާ ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް ޝަފީގް ވިދާޅުވީ 2025 ވަނަ އަހަރު ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަށުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާދޭނެ ކަމަށެވެ. ރަށަކީ މާބޮޑު ފަޅެއް އޮތް ރަށެއް ނޫން ނަމަވެސް ހަމަ ވަށައިގެން ހިލަ ޖައްސާފަ ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިފިއްޔާ 7 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު އެމްޓީސީސީ އިން ކުރަފާފަ އޮތް ކުރެހުމުގައި އޮތީ 3 ހެކްޓަރު ހިއްކާ ގޮތަށް ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް ވިދާޅުވީ 3 ހެކްޓަރު ހިއްކުނަސް އެއީ ވަރަށް ބޮޑު އެއްޗަކަށް ވާނެކަމަށެވެ. މިހާރު ރަށުގައި ނެތް ގޯއްޗެއް ދޫކުރާނެ އެއްވެސް ތަންކޮޅެއް، 15 ވަރަކަށް އަހަރު ވެދާނެ ބިމުގެ ދަތިކަމާ ހެދި މިރަށުން ބަންޑާރަ ގޯއްޗެއްވެސް ދޫނުކުރާތާކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ޖަނަވަރީ މަހު މަސައްކަތް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފަ. އެހެން ނަމަވެސް އެހާބޮޑު އުއްމީދެއް ނޯވޭ އަދި މަސައްކަތެއް ހަވާލުކުރިޔަސް. މީގެ ކުރިން މިސަރުކާރުން ހަވާލުކޮށްފައިވާ މަސައްކަތްތައް ވެސް އަދިވެސް ނުފެށި ހުރީ. އެހެން ކަމުން އެ މަސައްކަތް ވެސް ހަމަ އެގޮތަސް ކުރިޔަށް ނުގޮސް ދާނެތީ ރައްޔިތުން ވަރަށް ކަންބޮޑުވޭ.
ނ. ހެނބަދޫ ކައުންސިލް ގެ ރައީސް ޙުސައިން އަބޫބަކުރު

ކައުންސިލް ރައީސް ވިދާޅުވީ އެހެންކަމުން އެ މަސައްކަތް ވެސް ހަމަ އެގޮތަށް ކުރިޔަށް ނުގޮސް ދާނެތީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާފަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ގޮތެއް ރައީސް މުއިއްޒު ހައްދަވައިދެއްވުން އެދިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހެނބަދޫ ބިން ހިއްކުމުގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފެށުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ހެނބަދޫގައި ތަރައްގީގެ އެއްވެސް މަޝްރޫޢެއް އެކަށީގެންވާ ގޮތަށް ނުހިނގާކަމަށް އެރަށު ރައްޔިތުން ބުނެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެރަށުގައި ފަށާފައިވާ މަޝްރޫޢުތައް ވެސް މިހާރު މަޑުޖެހިފައިވާކަމަށް ރައްޔިތުން ފާހަގަކޮށްފައިވެ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ހެނބަދޫގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ނިންމާފަ އެވެ. އެގޮތުން އެރަށުގެ ފެނުގެ ނިޒާމާއި ބަނދަރު ހެދުމުގެ މަޝްރޫޢު އާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން ފެނަކަ އައު އޮފީސް އިމާރާތާއި އިންޖީނުގޭގެ މަސައްކަތް ހިމެނެ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ. އެހެން ނަމަވެސް، މި ސަރުކާރުން އެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ލަސްވެފައިވާކަން ރައްޔިތުން ފާހަގަކުރެ އެވެ.

ނ. ހެނބަދޫރައީސް ޑރ. މުހައްމަދު މުއިއްޒުޙުސައިން އަބޫބަކުރުއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

27 ޖެނުއަރީ 2026
ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

27 ޖެނުއަރީ 2026
ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!

ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!

26 ޖެނުއަރީ 2026
ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

25 ޖެނުއަރީ 2026
ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު