Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭއާރުއެޗުގެ ސިއްޚީ ޚިދުމަތް ދަށަށް

ކުޅުދުއްފުށި ސިޓީގައި އައިނު ފިހާރަ ހުޅުވި އިރު، އެ ސިޓީގެ ހޮސްޕިޓަލުން އަސާސީ ޚިދުމަތްތައް ނުލިބި، ރައްޔިތުން ހިތްދަތިކަމެއްގައި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަސާސީ ބޭހާއި އައްސިކުރާ އިންޖެކްޝަން ފަދަ ތަކެތި ހުސްވެ، ސިއްޙީ ޚިދުމަތުގެ ފެންވަރު އިންތިހާއަށް ދަށަށް ގޮސްފައިވާތީ އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ އަމާޒުވެފައެވެ

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 05:46
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް | ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

އުތުރުގެ އަތޮޅުތަކުގެ އެތައް ހާސް ރައްޔިތުންނެއް ސިއްޙީ ފަރުވާއަށް އެންމެ ބޮޑަށް ބަރޯސާވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި (ކޭއާރުއެޗް) ރަސްމިއްޔާތަކާއެކު އައު އައިނު ފިހާރައެއް ހުޅުވައި ރިބަން ކެނޑިއިރު، އެ ހޮސްޕިޓަލުގެ އަސާސީ ޚިދުމަތްތައް އިންތިހާއަށް ދަށަށް ގޮސް ރައްޔިތުން ތިބީ ބޮޑު ހިތްދަތިކަމެއްގެ ތެރޭގައެވެ.

މިގޮތުން ހަތާނެތި އުޅޭ ވައިކުޅަނދުރުތަކެއްގެ ބީދައިން، ކޭއާރުއެޗުގައި އައިނު ފިހާރަ ހުޅުވާފައިވަނީ, އިސްލާހުކުރަންޖެހޭ މުހިންމު ކަންކަން ދޫކޮށްލާފައި، ދެއްކުންތެރި މަޝްރޫޢުތަކަށް އިސްކަންދީގެން ކަމުގެ ޝަކުވާ މިއަދު މިވަނީ އާންމުވެފައެވެ. މީގެ ތެރޭގައި ރައްޔިތުންނަށް ބޭސް ނުލިބުމާއި ރަށްރަށުން ސިއްޙީ ޚިދުމަތް ހޯދަން ކުޅުދުއްފުއްޓަށް އަންނަ ފަރާތްތަކަށް އިހާނެތިކޮށް ކަންތައްތައް ކުރާކަމުގެ ޝަކުވާ މީސްމީޑިއާގައި އާންމުން ދަނީ ހިއްސާކުރަމުންނެވެ.

ދަތް ނަގަން އިންޖިކްޝަނެއް ނެތް: "މާލެއިންވެސް، އެސްޓީއޯއިންވެސް ލިބޭކަށް ނެތް"

އާންމު ފަރާތަކުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސިއްޙީ ހާލަތުގެ ފެންވަރު ދަށްވެފައި ހުރި މިންވަރު ހާމަކުރަމުން ބުނެފައިވަނީ, ކުޅުދުއްފުށީ ހޮސްޕިޓަލުން ދަތެއް ނެގުމަށްޓަކައި ވެއިޓްލިސްޓްކޮށްގެން އިންތިޒާރު ކުރަމުންދާތާ ގާތްގަނޑަކަށް ދެ މަހަށް ވުރެއް ގިނަ ދުވަސް ފަހުން ހޮސްޕިޓަލުން ގުޅާފައި، މި ފެބްރުއަރީ މަހުގެ 22 ވާ އާދިއްތަ ދުވަހަށް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމަށް އެންގުމަށްފަހު, ހޮސްޕިޓަލުން ގުޅާފައި އައްސި ކުރާ އިންޖެކްޝަން ނެތް ވާހަކަ ފަހުން ބުނެފައިވާކަމަށެވެ.

"މިއަދު ގުޅާފައި ބުނީ ވަރަށް ފުރިހަމަ ވާހަކައެއް. ދަތް އައްސިކުރާނެ އިންޖިކްޝަނެއް ނެތިގެން ދަތް ނެގެން ނެތް ވާހަކަ. އެ ލިބޭނެ ދުވަހެއްވެސް ނޭނގެޔޯ. މާލެއިންވެސް، އެސްޓީއޯއިންވެސް އެ ލިބެން ނެތް ކަމަށް މައުލޫމާތު ދޭން ގުޅި ކުއްޖާ ބުނީ،" މީސްމީޑިއާގައި އެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މުޅި ސަރަޙައްދުގެ މައި ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވައިގެން އުފާފާޅުކޮށް، ވެރިންނަށް ސަނާކިޔާއިރު, އާދައިގެ ދަތެއް ނަގަން ބޭނުންވާ އައްސިކުރާ އިންޖިކްޝަނާއި ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީއަށް ބޭސް ލިބޭނެ ފިހާރައެއްވެސް ނެތުމަކީ އެ ހޮސްޕިޓަލުގެ ސިއްޙީ ނިޒާމު އިނދަޖެހިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

އިހުމާލުގެ ސިލްސިލާ: ބަލިމީހެއްގެ ހާލަތު ދަށަށް

ހޮސްޕިޓަލުގެ އިހުމާލުގެ މައްސަލަ އެންމެ ބޮޑުވެފައިވަނީ ރަށްރަށުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ މެދުގައެވެ. އެގޮތުން، ކުޅުދުއްފުށީ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު، ބަލިމީހާއަށް ސިއްޙީ އެތައް އުނދަގުލެއް ކުރިމަތިވެފައި ވަނިކޮށް، އެކަށީގެންވާ ފަރުވާއެއް ނުދީ ވަނީ ރަށަށް ފޮނުވާލާފައިވާކަމުގެ މައްސަލައެއްވެސް ފަހުން ވަނީ ފެންމަތިވެފައެވެ.

ނަތީޖާއަކަށްވީ ކޭއާރުއެޗުން ބަލިމީހާ ރަށަށް ފޮނުވާލިތާ 10 ގަޑިއިރުވެސް ނުވަނީސް ބަލިމީހާގެ ހާލު ސީރިއަސްވެ، އެމެޖެންސީގައި އަލުން ކުޅުދުއްފުއްޓަށް ގެންނަން ޖެހުންކަމެވެ. އާއިލާއިން ބޭނުންވަނީ އިތުރު ފަރުވާއަށް މާލެ ދާށެވެ. ނަމަވެސް، އެމެޖެންސީގައި ބަލިމީހާ ގެނައިތާ 5 ދުވަސް ވެގެންދިޔައިރުވެސް އާސަންދަ ހަމަޖައްސައިދީފައިނުވާއިރު، އަމިއްލަ ޚަރަދުގައި މާލެ ދިއުމަށްޓަކައި ބަލިމީހާ ޑިސްޗާރޖް ކޮށްދޭންވެސް ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދާފައެވެ.

"ބަލިމީހާއަށް ލިބޭ އެއްވެސް ލުޔެއް ނެތް. ޑޮކްޓަރުން ދޭ ފަރުވާއަކުން ކުރިއެރުމެއް ނުފެނޭ. ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގައި ވީ އިހުމާލު ރަނގަޅުކުރުމަށް ދޭ އެއްވެސް ޚާއްސަ ސަމާލުކަމެއް ނެތް،" އާއިލާއިން ބުންޏެވެ.

އާންމު ވޯޑުގައި ގިލަންވެރިކަން: ތުއްތު ދަރިފުޅަށް ރައްކާތެރިކަމެއް ނެތް

ބަލިމީހާގެ ހާލު ސީރިއަސްވެފައިވާއިރު، އޭނާ ބާއްވާފައި އޮތީ އެހެނިހެން ބަލިމީހުންވެސް ތިބޭ އާންމު ވޯޑަކަށް "އެއްލާލާފައެވެ". އާއިލާއިން ބުނާ ގޮތުގައި، ބަލިމީހާއަށް ދޭންޖެހޭ ޚާއްސަ އަޅާލުމެއް ނުލިބޭތީ އާއިލާގެ މެދުގައި ވަނީ ބޮޑު ގިލަންވެރިކަމެއް އުފެދިފައެވެ. ވަކިން ޚާއްސަކޮށް، އަލަތު ދަރިފުޅު ގޮވައިގެން އެފަދަ ތަނެއްގައި އޮންނަން ޖެހުމުން، އެ ތުއްތު ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަމެއް އެފަދަ މާހައުލަކުން ނުލިބޭ ކަމަށް އާއިލާއިން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އައު އައިނު ފިހާރައެއް ހުޅުވައިގެން ކިތަންމެ ބޮޑު އިޝްތިހާރެއް ކުރި ނަމަވެސް، އެންމެ އަސާސީ ސިއްޙީ ޚިދުމަތްތައް މެދުކެނޑި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ އިހުމާލުތައް ހިނގަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުން ބޭނުންވަނީ ދެއްކުންތެރި ކުލަގަދަ ރަސްމިއްޔާތުތަކެއް ނޫނެވެ. ބޭނުންވަނީ އިތުބާރު ހުރި، ރައްކާތެރި ސިއްޙީ ނިޒާމެކެވެ.

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްކުޅުދުއްފުށި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

07 ފެބުރުއަރީ 2026
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު