Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްްޑޫ ސިޓީ

އައްޑޫގައި ޑެންގީ ހުން ފެތުރެނީ، މިމަހުގެ މިހާތަނަށް 48 މީހުންނަށް ބަލި ޖެހިފައިވޭ

އައްޑޫގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައި. މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 100 އާ ގާތްކުރާ އަދަދަކަށް ކޭސް ރިޕޯޓުކޮށްފައިވާއިރު، ބަލިން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 06:02
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ކައުންޓަރުތަކުން މީހުން ޚިދުމަތް ހޯދަނީ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ކައުންޓަރުތަކުން މީހުން ޚިދުމަތް ހޯދަނީ.

އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ. 

 އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ، މިއަހަރު ފެށުނު ފަހުން ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، ބައްޔަށް ސަމާލުވާން ޖެހޭ ކަމަށެވެ. 

އެގޮތުން ޖެނުވަރީ މަހު ޑެންގީ ހުން ޖެހިގެން 51 ކޭސް ރިޕޯޓުވެފައިވާ އިރު، މި މަހުގެ މިހާތަނަށް 48 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އޭއީއެޗް އިން ބުނެ އެވެ. އަދި ޑެންގީގެ ކޭސްތައް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވަނީ ހިތަދޫ އާއި ފޭދޫ އިންނެވެ.

މީގެ އިތުރުން އޭއީއެޗް އިން ބުނީ، މި ބަލި ފެތުރެމުންދާއިރު، ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، 3 ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ އަދި ކުޑަ ކަމުދެވޭ މިންވަރު މަދުވެ، އާދަޔާ ހިލާފަށް ވަރުދެރަވެ، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދަން ޖެހޭ ކަމަށެވެ. 

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާއިރު، މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވެ އެވެ. އަދި ޑިސެންބަރު 2025 ގައި ޑެންގީ ހުމުގެ 424 ކޭސް ރެކޯޑުކުރެވިފައިވާ އިރު، ޖެނުއަރީ މަހު 647 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރިން ޖެހޭ ބައްޔެކެވެ. މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން، ސްޕްރޭ ބޭނުންކުރުމަށް އެޗްޕީއޭ. އިން ވަނީ އެދިފައެވެ. ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހުސްފުޅި، ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުމާއި، އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި، ތަންތަން ސާފުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

އައްްޑޫ ސިޓީޑެންގީ ހުންއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

25 ފެބުރުއަރީ 2026
ކަރަންޓުގެ މައްސަލަ ހައްލު ނުވެ ރޯދަ މަހުގެ ފުރަތަމަ ހުކުރުގައި ވެސް މުޅި އައްޑޫ ސިޓީ ކަރަންޓަށް ޖެހިފައި

ކަރަންޓުގެ މައްސަލަ ހައްލު ނުވެ ރޯދަ މަހުގެ ފުރަތަމަ ހުކުރުގައި ވެސް މުޅި އައްޑޫ ސިޓީ ކަރަންޓަށް ޖެހިފައި

20 ފެބުރުއަރީ 2026
މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑިއްޖެ

މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑިއްޖެ

11 ފެބުރުއަރީ 2026
އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

08 ފެބުރުއަރީ 2026
މިސަރުކާރުގެ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރައެއް: މޭޔަރު ނިޒާރު

މިސަރުކާރުގެ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރައެއް: މޭޔަރު ނިޒާރު

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު